Friday, 31 October 2008
ބަލިވުމުން ބަލިޤަބޫލު ކުރުމަށްވުރެ މޮޅުގޮތެއްނެތް.......
ލިޔުނީ: އަޙްމަދު ދާއޫދު
ސިޔާސީ ޕާޓީތައް އުފެދުނު ދުވަހުން ފެށިގެން ވަކިޕާޓީއެއްގައި ރަޖިސްޓްރީވެގެން މެމްބަރޝިޕްކާޑް ހައްދާ ޢަމަލާއި ބަހުން ޕާޓީއަށް ތާއީދު ކުރަމުން ރަށުގައި ހަޅޭފަޅޭޖަހަމުން ދުވެ ދުވެފައިއުޅެ، ކުއްލިއަކަށް އިންތިޚާބެއްބޭއްވި ފުރަތަމަބުރުން ނަތީޖާއަކާއި ހަމައަށް ނުދެވުމުންވެސް ޕާޓީއަށް ކެމްޕޭން ކުރުން އިހުނަށް ވުރެއިތުރުކޮށްފައިމެ، ތާއީދުކުރި ޕާޓީގެ ކެނޑިޑޭޓް ދެވަނަބުރުން ބަލިވުމުން ، އަހަރެން ވޯޓްދިނީ އަންނިއަށޭ ކިޔާފާ ހުވާކުރިއަސް ޚަތިމުގައި އަތްޖެހިއަސް އެކަން ޤަބޫލުކުރާނީ ފަހެކާކުހެއްޔެވެ؟ ހަމަގައިމުވެސް އޭނައިގެ ބަސްމަގާއި ޢަމަލުތައް ދެނެހުރި ހަމައެކަކުވެސް ޤަބޫލުނުކުރާނެކަން ޔަޤީނެވެ.
މިނިވަންކަން ރައްކާތެރިވުންއޮތީ عقيد ة ހިފެހެއްޓުމުގައެވެ.
ދިވެހިރާއްޖެއަކީ ކުޑަޤައުމެކެވެ. މީސްކޮޅުމަދު ޤައުމެކެވެ. ޤުދުރަތީ މުއްސަދިކަންވެސް މަދު ޤައުމުކެވެ.މާއްދީ ނަޒަރަކުން ބަލާއިރު ބާރުދެރަ ޤައުމެކެވެ.
ރާއްޖޭގެ ހުރިހާވެސް މުއްސަނދިކަމަކީ، ރާއްޖޭގެ ރައްޔިތުންގެ ޢަޤީދާގެ މުއްސަނދިކަމެވެ. ރާއްޖޭގެ ހުރިހާވެސްބާރަކީ އީމާންކަމުގެ ބާރެވެ. ޢަޤީދާގެ މުއްސަނދިކަމަކީ ކުޑަމުއްސަނދިކަމެއްނޫނެވެ. އީމާންކަމުގެ ބާރަކީވެސެ ކުޑަބާރެއްނޫނެވެ.
ލިޔުނީ : މޫސާ ޙުސެއިން / މިހާސް
ދިވެހިރާއްޖޭގެ ތާރީޚުގައި ބޭއްވުނު ފުރަތަމަ މަލްޓިޕާރޓީ އިންތިހާބުގެ ވޯޓުލުމުގެކަންތަށް މިރަށުގައިވެސް ނިމިގެންގޮސްފައިމިވަނީ ވަރަށް އަމާން އާމާންކަމާއެކު ވަރަށް އެކުވެރި ޖަައްވެއްގައެވެ.
މިދެބުރުގައިވެސް މިރަސުގެ ގިނަރައްޔިތުންތަކެއް ތާއިދުކޮށް ވޯޓުދީފައިވަނީ އަލްފާޟިލް މުޙަންމަދު ނަޝީދު(އަންނި) ދިވެހިޖުމްހޫރިއްޔާގެ 3 ވަނަރައީސްގެ ގޮތުގައި ދިވެހިދައުލަތާއި ހަވާލުވުމަށް ފެންނަކަމަށެވެ.
މިއަދުދިވެހިރާއްޖޭގެ ވަރަށް ގިނަރައްޔިތުންތަކެއްގެ އަޣުލަބިއްޔަތުން އަލްފާޟިލް މުޙަންމަދު ނަޝީދު(އަންނި) ރާއްޖޭގައިބޭއްވުނު މިތާރީޚީ އިންތިހާބުކާމިޔާބު ކުރަށްވާފައިވާތީ މިބޭފުޅާޔަށް ވަރަށްހޫނު މަރުހަބާއަކާއި މުބާރިކްބާދީއެއް ރައްދުކުރުމަށެވެ.
Thursday, 30 October 2008
ޙަފްޞީ ޢަބުދުﷲ / ލަންދޫ
ވަޠަންއެދެނީ ޤައުމަށް ފައިދާހުރި ކަންތައްތަކަށެވެ. ކުރިއެރުމާއި ތަރައްޤީއަށެވެ. ހެޔޮބަދަލުތަކަށެވެ. ހަމައެހެންމެ އާއުސްމިންތަކަށްވެސް ޤައުމު އެދޭކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އެހެނީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ކޮންމެ ގޮތަކަށް ޢިބާރާތްކުރި ނަމަވެސް މިކިޔަނީ އެއްވާހަކައެކެވެ. އިތުރުކުރިއެރުމާއި، ތަރައްޤީއާއި، ހެޔޮބަދަލުގެ ވާހަކައެވެ. ކަންކަން މިއަންނަނީ ބަދަލުވަމުންނެވެ. އަންނާނެކަމަށް އެންމެ ހީކުރަން ދަތި، ނުވަތަ ޤަބޫލުކުރަން ދަތި ބަދަލުވެސް މިއައީއެވެ. ތިރީސްއަހަރަށްފަހު އެހެން ޒަޢާމަތެއް ދެކުމުގެ ހުވަފެން ހަޤީޤަތަކަށް ވަނީއެވެ. ސަރުކާރު ބަދަލުވުމަށްފަހު، މިހާރު އެދެވެނީ ކަންކަން މިހާރަށްވުރެ ހެޔޮގޮތްތަކަކަށް ބަދަލުވެގެން ދިއުމަށެވެ. އެޔަޤީންކަން އަންނަމަހުގެ އެގާރަޗަނަ ދުވަހުން ފެށިގެން މިޤައުމުގެ ރައީސްކަމުގެ ޒިންމާއާ މަޞްއޫލިއްޔާތާ ހަވާލުވާ މުޙަންމަދު ނަޝީދާއި، އެމަނިކުފާންގުގެ ފަހަތުގައި ތިއްބެވި ޓީމުން އެދަނީ ދެމުންނެވެ.
ޙަފްޞީ ޢަބުދުﷲ / ލަންދޫ
ކުރިއަށް އޮތް ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށްފިއެވެ. މިއަހަރުގެ ޖުލައިމަހުން ފެށިގެން މާލޭ ފޯކަލް ޕޮއިންޓުން ކުރި މިމަސައްކަތުގެ ނަތީޖާ މިއަދު ވަނީ ލިބިފައެވެ. ރާއްޖޭގެ ބޮޑަތި ކުޅިވަރު މުބާރާތްތައްވެސް ސްޕޮންސަރކުރަމުން އަންނަ ދިރާގުން މުބާރާތް ސްޕޮންސަރ ކުރީ ކިހާވަރަކަށް ކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ދިރާގަށް އަޅުގަނޑުމެން ހުށައަޅާފައިވާނީ ކުރީ އަހަރުތަކަށްވުރެ ބޮޑު އެއްޗެށް ލިބޭގޮތަށް ސްޕޮންސަރ ކުރާށެވެ. ހަމައެހެންމެ ފުޓްބޯޅައިގެ އިތުރުން އަންހެން ފިރިހެން ވޮލީބޯޅަ މުބާރާތެއްވެސް، ހޮލިޑޭކަޕްގެ ނަމުގައި ބާއްވާނެކަމަށާއި، އެމުބާރާތަށްވެސް ސްޕޮންސަރއަށް އެދިފައިވާނެއެވެ. އެހެންކަމުން އަޅުގަނޑުމެން އުއްމީދުކުރަނީ ސްޕޮންސަރ ހަމަޖެހިގެންދާނީ މުޅި ފެސްޓިވަލަށް ނުވަތަ ހޮލިޑޭކަޕްގެ ހުރިހާ މުބާރާތަކަށް ކަމަށެވެ. މިކަމުގެ ތަފްޞީލް ލިބުނުހާ އަވަހަކަށް ޢާންމުކުރާނަމެވެ. ޔަޤީންވާކަމަކީ މިއަހަރުގެ މުބާރާތް ކުރިއަށްދާއިރު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ އިސްތިހާރުތައް ދަނޑުގެ ވަށައިގެން ހުންނާނެކަމެވެ. މިއީ މިހާތަނަށް ލަންދޫގައި ސްޕޮންސަރއެއް ހޯދައިެގެން ބޭއްވޭ ފުރަތަމަ މުބާރާތެވެ. ލެކިއުޓުންވެސް ވަނީ މިމުބާރާތް ސްޕޮންސަރ ކޮށްފައެވެ. މިއީ ލިޔެސް ޖަމްއިއްޔާއަށާއި އަޅުގަނޑަށްވެސް ލިބުނު ވަރަށްބޮޑު އުފަލަކާއި ޝަރަފަކެވެ. އިރާދަކުރެއްވިއްޔާ ޖަމްއިއްޔާއަށާއި، ރަށަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑު މަސައްކަތްކުރާނަމެވެ
Wednesday, 29 October 2008
ވަގުތީ ނަތީޖާއިން، އަންނި ކުރި ހޯއްދަވައިފި
ޙަފްޞީ ޢަބުދުﷲ/ ލަންދޫ
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއް ކެންޑިޑޭޓުންނަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާގޮތަށް ބޭއްވެވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ކުރި ހޯއްދަވައި، ކުރިއަށްއޮތް ފަސްއަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނެކަމުގެ ޔަޤީންކަން މުޙަންމަދު ނަޝީދު ހޯއްދަވައިފިއެވެ. އިއްޔެ ( 28 އޮކްޓޯބަރ 2008 ގައި) ދިވެހިރައްޔިތުންގެ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެވެސް ރައީސް އަލްއުސްތާޛު މައުމޫން އަބުދުލްޤައްޔޫމާ ވާދަކޮށް އަންނި ކުރި ހޯއްދެވީ ވޯޓް ދިން މީހުންގެ 54.27 އިންސައްތަ ވޯޓް ކާމިޔާބުކުރައްވައިގެންނެވެ. ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރެއްވުމުގެ ހަރަކާތްތައް އެމް،ޑީ،ޕީއާއި އެޕާރޓީއާ ގުޅިފައިވާ ފަރާތްތައް އަދި ތާއީދުކުރައްވާ ފަރާތްތަކުން މިހާރު ކުރިއަށްއެބަގެންދެއެވެ
އިންތިޚާބުގެ ވަގުތީ ނަތީޖާ
މައުމޫން އަބުދުލްޤައްޔޫމްއަށް ލިބުނު ވޯޓް 82121
މައުމޫނަށް ލިބުނު އިންސައްތައަކީ 45.79 އިންސައްތަ
މުޙަންމަދު ނަޝީދަށް ލިބުނު ވޯޓް 97222
ނަޝީދަށް ލިބުނު އިންސައްތައަކީ 54.21 އިންސައްތަ
ވޯޓްދިން މީހުންގެ އިންސައްތައަކީ %86.58
ޙަފްޞީޢަބުދުﷲ/ލަންދޫ
މިއަދު ނެގި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ލަންދޫގެ ވަގުތީ ނަތީޖާއިން އެމް،ޑީ،ޕީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ. ލަންދޫގައި ބެހެއްޓި ވޯޓްފޮށީގެ ނަތީޖާއަށް ބަލާއިރު މުޙަންމަދު ނަޝީދު ކުރި ހޯއްދަވާފައިވަނީ 112 ވޯޓްގެ ތަފާތަކުންނެވެ. ދެވަނަ ބުރުގައި ލަންދޫގައި ބެހެއްޓިފައިވާ ފޮށިން މުޙަންމަދު ނަޝީދުއަށް ލިބިވަޑައިގަތީ 235 ވޯޓެވެ. އެއީ ވޯޓް ދިން މީހުންގެ 65.64 އިންސައްތައެވެ. ދިވެހިރައްޔިތުންގެ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫން އަބުދުލްޤައްޔޫމަށް ލިބިވަޑައިގަތީ 123 ވޯޓެވެ. އެއީ ވޯޓް ދިންމީހުންގެ 34.36 އިންސައްތައެވެ. ލަންދޫން ވޯޓްދިން މީހުންގެ ތެރެއިން އެއް ވޯޓް ވަނީ ބާޠިލްވެފައެވެ. ޞައްޙަ ވޯޓްގެ ޖުމްލައަކީ 356އެވެ.
Tuesday, 28 October 2008
މިފަހަރުވެސް ރަޖިސްޓްރޭޝަންގެ މައްސަލަތަކެއް
ލިޔުނީ: އަހުމަދު ދާއޫދު
މި ތާރީޚީ ވޯޓުލުމުގައި މިރަށުގައި 200 އެއްހާ މީހުން މިހާތަނަށް ވޯޓުލާފާއިވާއިރު ރަޖިސްޓްރޭޝަންގެ މައްސަލާގައާއި އައިޑީ ކާޑުގެ ބައެއްމީހުން ވޯޓުނުލައި ގޮސްފައިވާކަން ވަރަށް ހިތާމަޔާއެކު ފާހަގަކުރަމެވެ.
ރަޖިސްޓްރޭޝަންގެ މައްސަލާގައި ގިނައިން ގޮސްފައިވަނި ރަށަށް އަރުވާލާފައިވާ މީހުންނެވެ. ނަމަވެސް މިރަށުގައި މިހާރު ދިރިއުޅެމުންދާތާ އެތައްދުވަހެއްވެފައިވާ ބައެއްފަރާތްތަކަށްވެސް ރަޖިސްޓްރޭޝަންގެ މައްސަލަ ކުރިމަތިވެފައިވާކަން މިފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ.
މިއަދު ހެދުނު 9:00 ޖަހާއިރު ވޯޓުލާންފެށުނީއްސުރެ ފުރަތަމަ ބުރެކޭ އެއްފަދައިން މިބުރުގައިވެސް ވޯޓުލާ މަރުކަޒުގެ ބޭރުގައި މޭޒު ބަހައްޓައިގެން ވޯޓުލަމުންދާ މިހުންގެ މަޢުލޫމާތު ބަލާ ހެދުމުގެ މަސައްކަތް ކުރިއަށް ދެއެވެ.
ވޯޓުލުމުގައި އަދި މިހާތަނަށް އެއްވެސްކަހަލަ ހަމަނުޖެހުމެއް ހިނގާފައިނުވާކަންވެސް ވަރަށް އުފަލާއެކު ފާހަގަކޮށްލަންޖެހެއެވެ.
ކުއްލިޚަބަރު
ގަދަކަމުން ބަދުއަޚްލާޤީ ޢަމަލުހިންގަންއުޅެނިކޮށް އަތުލައިގެންފި
ޚަބަރު: މޫސާ ޙުސެއިން / މިހާސް
މިދުވަސްވަރަކީ ލަންދުއަށް ވަރަށްގަނަޢަދަދެއްގެ ބަޔަކު ކުށްވެރިންގެ ގޮތުގައި އަރުވާލަމުން އަންނަދުވަސްވަރެކެވެ. މިކަމުގެ ސަބަބުން ރަށުގެ މުޖުތަމަޢުގައި ވަރަށް ގިނަނޭދެވޭ ކަންތައްތައް އަންނަނީ ފެންމަތިވަމުންނެވެ.
މިގޮތުން ވައްކަމުގެ މައްސަލައެއްގައި މިރަށަށް ދާދިފަހުން ފޮނުވާލައިފައިވާ ކ.ގުޅި / ނޫވިލާގެ މުޙައްމަދު ޢަޒުމީލް ވަނީ ދާދި ދެންމެއަކު އޭނާ ހުރި ގެކަމުގައިވާ ލަންދޫ ބަރާބަރުގެ ގައި އުޅޭ އެގޭ އަޒީމާއާއި ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގަންއުޅެނިކޮށް ބަޔަކަށް ފެނިގެން އެގެއިން އޭނާ ބޭރުކޮށްލައިފައެވެ.
މީގެ އިތުރުންވެސް ރަށުތެރޭގައި ނޭދެވޭ އެތައްއެތައް ކަންތައްތަކެއް ރަށަށް ފޮނުވާލައިފައިވާ ކުއްވެރިންގެ ސަބަބުން ޢާއްމުވަމުންދާކަން ވަރަށްހިތާމައާއި އެކު ފާހަގަކުރަމެވެ. އެގޮތުން މަސްތުވާ ތަކެތި ގެންގުޅުމާއި ބޭނުން ކުރުންފަދަ ކަންކަން މިދަނީ ގިނަވަމުންނެވެ.
މިކަންކަމާއި މެދު ރަށުގެ ކަމާބެހޭ ބޭފުޅުން ވިސްނާވަޑައިގެން އަވަސްފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ.
ޚަބަރު : މޫސާ ޙުސެއިން / މިހާސް
ލަންދޫގައި ކުރިއަށްދާ ވޯޓުލުމުގައި މިހާތަނަށް 50 ށްވުރެ ގިނަމީހުން ވޯޓުލައިފިކަމަށް ވޯޓްލާ މަރުކަޒުން މަޢުލޫމާތު ދެއްވައިފިއެވެ.
ވޯޓްލާ މަރުކަޒުގައި ވޯޓުލުމަށް ގޮސް އުޅެނިކޮށް ނ.ލަންދޫ ކެއްތެރި އަލްފާޟިލާ ޙަލީމާ މުޙައްމަދު ( ޑޭވިޑްގެ މަންމަ ) ވަރަށް ބަޮޑަށް ހާލުދެރަވެގެން ދާދިދެންމެއަކު ހެލްތްސެންޓަރަށް ގެންދެވިއްޖެއެވެ. މިއީ ހަލީމާދައިތައަށް ކުރިންވެސް ވާގޮތެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނޭވާއަށް އުދަގޫކޮށްފާ ކުއްލިއަކަށް މުޅިހަށިގަނޑުތެރެއަށް ވައިގަޑެއް އަރައިގަންނަނީކަމަށް ވެއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓްލުމުގެ ދެވަނަ ބުރު ކުރިއަށް.
ޙަފްޞީ ޢަބުދުﷲ
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުން މުޅިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްއެބަދެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއްކެންޑިޑޭޓުންނަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތީޚާބު ކާމިޔާބުކުރެއްވުމަށް ބޭނުންވާ ފަންސާސް އިންސައްތަ ނުލުބުމުން ދެވަނަ ބުރުގައި ވާދަކުރައްވަމުން ދަނީ ފުރަތަމަ ބުރުން ކުރި ހޯއްދެވި ދެކެންޑިޑޭޓުންނެވެ. އެއީ ޑީ،އާރު،ޕީގެ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫން އަބުދުލްޤައްޔޫމާއި، އެމް،ޑީ،ޕީގެ ކެންޑިޑޭޓް މުޙަންމަދު ނަޝީދެވެ.
ދެކެންޑިޑޭޓުން ދެވަނަ ބުރުގައި ވާދަކުރަމުންދާއިރު، ދެލައްކަ ނުވަހާސް ދުއިސައްތަ ހަތަރު މީހުންނަށް ވަނީ ވޯޓްލުމުގެ ހައްޤުލިބިދީފައެވެ. ފުރަތަމަ ބުރުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވަނީ ދެލައްކަ އަށްހާސް ދުއިސައްތަ ފަންސާސް ދެމީހުންނަށެވެ.
ދެވަނަ ބުރުގައި ވޯޓްލުން ހެނދުނު ނުވައެއްޖެހި އިރު ގިނަ ރަށްރަށާއި، ގިނަ ފޮށިތައް ކައިރީގައި ފެށިނަމަވެސް ތަފާތު ސަބަބުތަކާހުރެ، ބައެއް ފޮށިތަކުގައި ވޯޓލުން އެކި މިންވަރަށް ލަސްވެފައިވެއެވެ. ލަންދޫގައިވެސް ވޯޓްލުން ކުރިއަށް އެބަދެއެވެ. ބަރާބަރު ގަޑިއަށް ލަންދޫގައި ވޯޓްލުން ފެށި، ވަރަށް ޞްލްޙަވެރިކަމާއެކު، ވޯޓްލުން ކުރިއަށްދާކަމަށާއި، ގިނަ އަދަދެއްގެ މީހުން ވޯޓލަމުންދާކަމަށް ލަންދޫ ވޯޓްފޮށި ކައިރީގައި ހަރަކާތްތެރިވަމުންދާ އޮފިޝަލު މައުލޫމާތުދެއްވައެވެ. ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ދިވެހިން ދިރިއުޅޭ ފަސް ޤައުމެއްގައިވެސް އެޤައުމުތަކުގެ ގަޑިން ނުވައެއްޖަހާއިރު ވޯޓްލުން ވަނީ ފަށާފައެވެ
ޚަބަރު: މޫސާ ހުސެއިން / މިހާސް
ދިވެހި ރާއްޖޭގައި މިއަދު މިބޭއްވޭ ތާރީޙީ ވޯޓްލުމުގައި ކަންތައް ލަންދޫގައިވެސް މިއަދު 9:00ގައި ވަރަށް އަމަން އޮމާންކަމާއިއެކު ކުރިޔަށް އެބަދެއެވެ.
ލަންދޫގައި ވޯޓްލުމުގެ މަސައްކަތް ކުރިޔަށްދާ މާލަން ކަމުގައިވާ ލަންދޫ ސުކޫލުގައި މިވަގުތުވެސް ވޯޓްލުމަށްޓަކައި ފުދޭވަރެއްގެ ގިނަ މީހުން ޖަމާވެފައި އެބަތިއްބެވެ.
ފުރަތަމަ ބުރާ ހިލާފަށް މިބުރުގައި ވޯޓްލުމުގެ ކަންތައް ކުރިޔަށްދާގޮތް ބެލިމަށްޓަކައި ތަފާތު ޕާޓީތަކުން ކަނޑައަޅާފައިވާ 7 އޮބްޒާވަރުންނާއި 1 ރިޕޯޓަރަކު ވޯޓްލާ މާލަމްގައި ހަރަކާތްތެރިވެލައްވަމުން އެބަގެންދަވައެވެ.
ނ.ލަންދޫ ބުލޫހެވަން ޙުސެއިން ޢަލީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފި
ޚަބަރު: އަޙްމަދު ދާއޫދު
ނ.ލަންދޫ ބުލޫހެވަން ޙުސެއިން ޢަލީ 27/10/2008 ދުވަހުގެރޭ ފަތިޙު ގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ވަރަށްގިނަދުވަހު ބަލިވެ އުޅުއްވުމަށްފަހު ޙުސެއިން ޢަލީ ނިޔާވިއިރު އަންބަކާއި 9 ކުދިން ދުނިޔޭގައި އެބަތިއްބެވެ. ޙުސެއިން ޢަލީގެ ޖަނާޒާގެ ކަންތައް ނިނުމުނީ ހެނދުނު 7:00 ހާއިރުއެވެ.
ޤައުމަށް އިޚްލާސްތެރި ލީޑަރުންނަކީ...........
ލިޔުނީ : ނުހިގާގަލަމުން
އިންސާނީ ދަރިފަސްކޮޅު ބިންމަތީގައި ފެތުރިގަތުމާއި ހަމައިންފެށިގެން ﷲ ތަޢާލާ މިބިން ލައްވާފައިވަނީ ހައްގާއި ބާތިލާއިދެމެދު ކުރެވޭ ބޮޑުހަނގުރާމައެއްގެ މައިދާންކަމުގައެވެ. އެހެންކަމުން އިންސާނާ މިބިންމަތީގައި ލެއްވުމަށްފަހު މިވީކަމަށްބެލެވޭ 80’000 އަހަރުގެތެރޭގައި ދޭދޭފަރުދުންނާއި ޖަމާއަތްތަކާއި ބާގަތަކުގެމެދުގައި ވަރުގަދަ ލޭއޮހޮރުވުންތައް ހިނގާފައިވެއެވެ. އަޅުވެތިކަމާއި މިނިވަންކަމާއި،އަނިޔާވެރިކަމާއި ސުލްޙަ މަސަލަސްކަމާއި ހައިހޫނުކަމާއި ތަނަވަސްކަމާއި މިއިން ކޮންމެ މުނާޒިރާއަކީ އިސްވެދެންނެވި ގަދަ ދެބާރުގެމެދުގައި ކުރެވޭ ގަދަފަދަ ހަނގުރާމައިގެ ބައިތަކެވެ.މިހަނގުރާމައިގައި މިހާތަނަށްވަނީ ނަމްރޫދާއި ފިރްއައުނާއި އެލެގްޒެންޑްރާއާއި އާދުބާގަޔާއި ތަމޫދުބާގައާއި އައުޖޫޖު ވަމައުޖޫޖުބާގައިގެމީހުންފަދަ އެތައް އަނިޔާވެރިންނެއް ދައްކަވާފައެވެ. ހަމައެހެންމެ ހައްގުގައިތިބި ޒުލްގަރުނައިންއާއި، ކަހުފުބާގައިގެމީހުންނާއި ވަޅުގަނޑުތަކުގެ އަހުލުވެރިންނާއި މިފަދަ އެތައް ޣާޒީންނަކާއި ޝަހީދުންނަކާއި އިބްރަތެއް މިބިމުގެ ފަސްގަނޑުގެ ދާނުގައި ވަނީ ވަޅުލެވިފައެވެ.
Monday, 27 October 2008
ލިޔުނީ : އަހްމަދު ދާއޫދު
ލަންދޫގައި އުޅޭ ޑީއާރުޕީއަށް ނިސްބަތްވާ މީހުންނާއި އެޕާޓީއަށް ތާއީދުކުރަށްވާ އެންމެހައި ބޭފުޅުން އިސްނަގައިގެން އެޕާޓީގެ ރިޔާސީ ކެނޑިޓޭޓް އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމަށް އިތުރަށްތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް ކެމްޕެއިން ޖަގަހައެއް ލަންދޫސަފާރީގޭގައި މިއަދު ގާތްގަޑަކަށް 14:00 ހާއިރު ހުޅުވައިފިއެވެ. މިރަސްމިއްޔާތުގައި ޑީއާރުޕީއަށް ތާއީދުކުރާ ލަންދޫ ރައްޔިތުންގެ ބަޔަކު ބައިވެރިވިއެވެ. އަދި މިވަގުތު މާލޭގައި ވަޒީފާ އަދާކުރާ މިރަށުމީހުންގެ ތެރެއިން ބައެއްމީހުން މިރަސްމިއްޔާތުގައި ބައިވެރިވުމަށް މިއަދު ލަންދުއަށް އައިކަމަށް ވެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައިވެސް ޑީއާރުޕީގެ ޖަގަހައެއް ލަންދޫގައި ހުޅުވާފައިވެއެވެ. އެފަހަރުގެ ޖަގަހަ ހުޅުވީ މިރަށު އަޅިވިލާގޭ ގައެވެ. ނަމަވެސް މިފަހަރުގެ ޖަގަހަ މިހުޅުވީ ސަފާރީގޭގައެވެ.
އަލްފާޟިލް މަހަމޫދު މުޙައްމަދު ( މަހަމޫދުބެ ) އަކީ މީގެކުރިން ޖުމުހޫރީޕާޓީއަށްތާއީދުކޮށް މުޅިރަށުގައި ޤާސިމް ގެ ފޮޓޯފުޅު ހިއްޕުމުގަިއ ވަރަށް އިސްދައުރެއްއަދާކޮށްފައިވާ ބޭފުޅަކަށްވާއިރު މިފަހަރުގެ ޑީއާރުޕީގެ ޖަގަހަ އެބޭފުޅާގެ އަމިއްލަގޭގައި ހުޅުވަން މިދިމާވި މައްސަލައަކީ ކޮބަކަމާއިމެދު ގިނަބަޔަކު ދަނީ ސުވާލުކުރަމުން ނެވެ. ގިނަމީހުން ތުހުމަތު ކުރާގޮތުގައި މަހަމޫދު ބެއަކީ އަބަދުވެސް އެކަހަލަ ގޮތަކަށް އުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެބޭފުޅާގެ އޮޑިދުއްވާނީ އެފަހަރަކު ވައި އައިގޮތަކަށޯލައެވެ.
ބްލޮގް ޓީމް ވޯޓް ފޮށި ކައިރީގައި...
ޙަފްޞީ ޢަބުދުﷲ/ ލަންދޫ
އިތުރަށްވިދާޅުވުމަށްް
Sunday, 26 October 2008
ލިޔުނީ : އަޙްމަދު ދާއޫދު
ލަންދޫ ނޫތަރިގޭ ( ބޮޑުޔޫސުންބެގޯތި ) ގައި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަލްފާޟިލް މުޙައްމަދު ނަޝީދު ( އަންނި ) އަށް އިތުރު ތާއީދު ހޯދުމުގެ ގޮތުން ކެމްޕެއިން ޖަގަހައެއް ހުޅުވައިފިއެވެ. މިޖަގަހައިން އަބަދާއަބަދު އެމްޑީޕީގެ ލަވަތައް އަޑުގަދަކޮށް ޖަހަމުން އެބަގެންދެއެވެ.
އެއްބަޔަކު އަނެއްބަޔަކަށް ތާއީދު އިތުރުކުރުމަށް ދަނީ މިދުވަސް ކޮޅުރަށުތެރޭގައި ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެމްޑީޕީއަށް ތާއީދުކުރާ ލަންދޫ ގެ ބަޔަކު ވަނީ މިއަދު ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވާފައެވެ. މިހިނގާލުމުގައި އެމްޑީޕީއަށް ތާއީދުކުރާ ރަށުގެ ބަޔަކުބައިވެރިވިއެވެ. އަދި މިހިގާލުމުގައި އަދުގެ ސަރުކާރާއި އިދިކޮޅު ޝުޢޫރުތައް ފާޅުކޮށް ގޮވާހަދާފާވެއެވެ.
އޮބްޒާވަރުންނާއި ، ރިޕޯޓަރުން އިތުރުވެއްޖެ
ލިޔުނީ : އަޙްމަދު ދާއަޫދު
ރިޔާސީއިންތިޚާބުގެ ފުރަތަމަ ބުރުގައި ލަންދޫ ވޯޓްފޮށި ކައިރީގައި ޙަރަކާތްތެރި ވެލެއްވި އޮބްޒާވަރުންނާއި ރިޕޯޓަރުންގެ އިތުރުން ދެވަނަބުރުގައި ވޯޓްފޮށިކައިރީގައި ޙަރަކާތްތެރި ވެލައްވާ ބޭފުޅުން އިތުރުވެއްޖެކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެގޮތުން މިފަހަރު ވޯޓްފޮށި ކައިރީގައި ޙަރަކާތްތެރިވެލައްވާނެކަމަށް އެނގިފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ ހައިސިއްޔަތު ތިރީގައި އެވަނީއެވެ.
ނުކުރެވޭވަރުގެކަމެއްނޫން.....!
މިރަށަކީ އަތޮޅުގެނިސްބަތުން ވަރަށްކެރޭ ހީވާގި މުރާލި ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ.
ރަށުގެ ނިސްބަރުން އާމްދަނީ ހޯދުމަށްޓަކައި ކޮންމެވެސް މަަސައްކަތެއްނުކުރާ މީހަކުނެތެވެ. އަންހެނެއް، ފިރިހިހެނެއް، މުސްކުޅިއެއް ޒުވާނެއް ވަކިތަފާތެއްނެތެވެ.
ރަށުގައިތިބެގެން އާމްދަނީ ހޯދުމަށްކުރާނެ މާގިނަމަސައްކަތްތަކެއްނެތްނަމަވެސް އާމްދަނީ ހޯދުަމަށްޓަކައި ކުރަންހުރި މަދު މަސައްކަތްތަކެއް ލަންދޫގެ ރައްޔިތުން އަންނަނީ އެންމެ ކުރީޒަމާނުއް ސުރެ ކުރަމުންނެވެ.
ފަންގިވިނުމާއި، ރޯނުވެށުމާއި، ދަނޑުވެރިކަމަކީ ރަށުގެ އަންހެނުންގެ ޚާއްޞަ މަސައްކަތަކަށް ވެފައިވާއިރު މަސްވެރިކަމާއި، ފަތުރުވެރިކަމާއި ގެދޮރުހެދުމުގެ މަސައްކަތް ވެފައިވަނީ ފިރިހެން ވެރިންގެ ޚާއްޞަ މަސައްކަތް ތަކަކަށެވެ.
Saturday, 25 October 2008
ވަޠަން އެދޭ ގޮތަކީ ކޮބައިކަމާއިމެދު އޮޅިއްޖެ .......!
ލިޔުނީ : އަހްމަދު ދާއޫދު
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާދެއްކި ގޮތުން ވާދަކުރެއްވި އެއްވެސް ކެނޑިޓޭޓަކަށް %50 ށް ވުރެ މަތިން ސްކޯނުކުރެއްވުމުން ދެވަނަބުރަކަށް އިންތިޚާބީ ރޭސް ދިގުވެފައިވާކަމީ ހަމަކޮންމެ ދިވެހިރައްޔިތަކުވެސް ދަންނަ އަދި ފަސޭހަކަމާއިއެކު ޤަބޫލްކުރާ ޙަޤީޤަތެކޭ ދަންނަވަން ޖެހެއެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި ދެބަސްވެ ޒުވާބުއުފެދިގެން މިއުޅެނީ ހަމަ ވަރަށް ކުޑަކުޑަ ސާދާ މައްސަލައެއްގައޭ ދެންނެވިދާނެއެވެ. އެއީ އަލްއުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ރިޔާސީ ރޭހުގެ ފުރަތަމަބުރުން %40 ށްވުރެ މަތިން ވޯޓްހޯއްދަވާފާ ވާއިރު އެމަނިކުފާނާ ދެކޮޅަށް މިރޭހުގައި ވާދަކުރެއްވި އެހެނިހެން ކެނޑިޑޭޓުން ގެެ މައްޗަށް %60 ވޯޓް ބެހިގެންގޮސްފާވާތީ އުފެދިގެން އުޅޭ ދެބަސްވުމެކެވެ.
އެއްބަޔަކު ކެނޑިނޭޅި ރައްޔިތުންނަށް ވިސްނައިދެވޭތޯ ބަލަމުންގެންދަނީ މުޅިވޯޓްގެ %40 ވޯޓް އެއްބޭފުޅަކަށް ލިބުމުން އޭގެމާނައަކީ ވާދަކުރެއްވި އެހެނިހެން ކެނޑިޓޭޓުންގެ ތެރެއިން ރައްޔިތުންގެ އެންމެބޮޑުމަޤުބޫލްކަމެއް ހޯއްދަވާ ފައިވާ ބޭފުޅަކީ އެ ޢަދަދަށް ވޯޓްހޯއްދެވި ބޭފުޅާކަމުގައެވެ. އަދި އެހެންއެއްވެސް ބޭފުޅަކަށް އެއަދަދަށް ސްކޯނުކުރެއްވުމުން އެހެން ހުރިހާ ބޭފުޅުން ވެސް އެވަނީ ފޭލްވެފައިކަމުގައި މިމީހުން ބުނަމުންގެންދެއެވެ. އަދި ވަޠަންއެދޭ ގޮތަކީ އެއީކަމުގައިވެސް އެމީހުން ރައްޔިތުންނަށް ހާމަކޮށްދެވޭތޯ މަސައްކަތް ކުރަމުން އެބަގެންދެއެވެ.
Friday, 24 October 2008
ކުއްޅަވައް ލަންދޫ
ލިޔުނީ : މޫސާ ޙުސެއިން / މިހާސް
އަޅުގަނޑަކީ ކުއްޅަވައްލަންދޫއަށް އުފަންވީ ދަރިއަކަށްވީތީ މިއަދު އުފާކޮށް މިކަމަށް ފަޚުރުވެރި ވަމެވެ. ރާއްޖޭގެ އެހެން އެއްވެސް ބަޔަކަށް ލިބިފައިނުވާ ނިޢުމަތެއް އަޅުގަނޑުމެންނަށް ލިބިފައިވާތީއެވެ. މިފަސްގަނޑަކީ ދިވެހިތާރީޚްގެ އެތައް ޞަފްހާތަކެއް ލިޔެވިފައިވާ ފަސްގަނޑަކަށްވީތީއެވެ. ދިވެހިރަދީފުގައި އަޅުގަނޑުމެންގެ މިރަށަށް ވަކިބަހެއް އިނީތީއެވެ. ދިވެހިރާއްޖެއިން މިހާތަނަށް ފެނުނުއެންމެދުވަސްވީ ލިޔުން ފެނުނު ތަނަކަށް މިފަސްގަނޑު ވީތީއެވެ. އަދިވެސް އަދިވެސް މިނޫންއެތަައް ސަބަބުތައް އެބަހުއްޓެވެ.
ޙަޤީޤަތުގައި ކުއްޅަވަކަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑު މެންނަށް ދެއްވާފައިވާ ވަރަށް އަގުބޮޑުނިޢުމަތެކެވެ. ކުއްޅަވަކަކީ އެތައްބައެއްގެ ޝިފާއެކެވެ. މީރުކެއުމެކެވެ. މީރު ބުއިމެކެވެ. ރަނގަޅުއާމްދަނީ އެއްލިއްބައިދޭ އެއްޗެކެވެ. އަދިހަމަ އެހެންމެ މީސްތަކުންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެއްޗެއްވެސް މެއެވެ.
Thursday, 23 October 2008
އަލްމަރުޙޫމް ހާބުބެގެ ހަނދާނުގައި
ލިޔުނީ : މޫސާ ޙުސެއިން ( މިހާސް ) / ނ.ލަންދޫ
އިއްޔެއަކީ އަޅުގަނޑުގެ ޙަޔާތުގައި އައި ހިތާމަވެރި ދުވަސްތަކުގެ ތެރެއިން އެއްދުވަހެވެ. އަޅުގަނޑުގެ ޙަޔާތް މިހިސާބަށް ގެނެސްދިނުމުގެ ، އަޅުގަނޑުގެ ކުޑައިރުގެ އުސްތާޛެއްގެ ގޮތުގައި އަޅުގަނޑު ނުހަނު އިޙްތިރާމްކުރާ ބޭފުޅެއްކަމުގައިވާ ނ.މަނަދޫ ހަވޭލި އަލްފާޟިލް ޢަބުދުލް ވައްހާބު ޢަބުދުލްޤާދިރު މިދުނިޔެދޫކުރައްވާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ހިތާމަވެރި ދުވަހެވެ. މާތް ﷲ ސުބުހާނަހޫ ވަތާޢާލާ މިމާތް މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން
އަޅުގަނޑަށް އަލްމަރުޙޫމް ހާބުބެ ސިފަކުރެވިފައިވަނީ ވަރަށްމަޖާ ސާދާ މިޒާޖެއް އުޅުއްވި ވަރަށްހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ.
އިތުރަށްވިދާޅުވުމަށް
ލިޔުނީ : މޫސާ ޙުސެއިން / މިހާސް
މިއަހަރުގެ އުފާވެރި ބޮޑުޢީދުގެ މުނާސަބަތުގައި މިރަށަށް ހެޔޮއެދޭ ފަރާތެއްކަމުގައިވާ މުޙައްމަދު ވަސީމް ( ވައްސޭ ) ޚަރަދު ކުރައްވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ އަގުބޮޑުފުޓްބޯޅަ މުބާރާތުގެ ތައްޔާރީތައް ވަރަށްބާރަށް ކުރިއަށްދާކަމުގައި އެފަރާތުން ހާމަކުރައްވައިފިއެވެ.
އިތުރަށްވިދާޅުވުމަށް
Wednesday, 22 October 2008
ބޯޑު ޖެހުމަށް ތައްޔާރުވަނީ
ލަންދޫގެ ތާރީޚްގައި ބޭއްވޭ އެންމެވަރުގަދަފުޓްބޯޅަމުބާރާތުގައި އިޝްތިހާރު ކުރުމަށްޓަކައި ބޭނުންކުރާނެ ބޯޑުތައް ބެހެއްޓުމުގެ ތައްޔާރީތައް ކުރުމުގެ ވާންފަށައިފިއެވެ. މިގޮތުން ދަނޑުގެ ހަތަރުފަރާތުން ވަށައިގެން ގާތްގަނޑަކަށް 10 ފޫޓްގެ ހުސްޖާގައެއްވަނީ ކޮށާސާފުކޮށްފައެވެ.
މިހާރުކުރެވެމުންދާ ބައެއްމަސައްކަތަކީ ބޯޑުތައް ހަރުކުރުމަށްޓަކައި ބޭނުންވާނެ ސްޓޭންޑްތައް ހެދުމުގެ މަސައްކަތެވެ. ހަމަމިއާއި ގުޅުވައިގެން މިމުބާރާތް އިންތިޒާމްކުރައްވާފަރާތްކަމުގައިވާ ލަންދޫޔޫތު އެންކަރޭޖިން ސޮސައިޓީން ވަނީ މުބާރާތުގައި އިޝްތިހާރު ކުރަންބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލައިފައެވެ.
Tuesday, 21 October 2008
ލިޔުނީަ: އަޙްމަދު ދާއޫދު
ލަންދޫ ރައްޔިތުންގެ އިންޖީނުގެ އަށް އިތުރުމުުވައްޒަފަކު ހޯދުމަށް ކުރިއިޢުލާނާއި ގުޅިގެން އެވަޒީފާ ހޯދުމަށް ސިޓީ ލީ މީހުންގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވަނީ މިރަށު ޖައްވު އަލްފާޟިލް އިބްރާހީމް ޒަކަރައްޔާ ކަމުގައި ބައްލަވާ ރކ. ކޮމިޓީއިން އެވަޒީފާ އޭނާއަށް ހަމަޖައްސައި ދެއްވައިފިއެވެ.
އަލްފާޟިލް އިބްރާހީމް ޒަކަރިއްޔާ މިވަޒީފާއަށް ހަމަޖެއްސެވީ މަހަކު -/2500 ރ.އަށް ކަމުގައި ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ. މީގެކުރިން އިންޖީނުގޭގެ މުވައްޒަފުންގެ މުސާރައަކީ މަހަކު -/1500 ރ.އެވެ. މިހާދަށް މުސާރައަކަށް މިވަޒީފާ އަދާކުރާނެ މީހަކު ނުވެގެން މުސާރަ ދެހާސް ރުފިޔާ އަށް ބޮޑުކުރުމުންވެސް އެއްވެސް މީހަކު ވަންނާނެ ނުވެން އަނެއްކާވެސް މުސާރަ ބޮޑުކުރަންޖެހުނީ ކަމުގައި ރކ. ކޮމިޓީގެ ބޭފުޅަކު ވިދާޅުވިއެވެ.
ނަންބަދަލު ކުރަންޖެހޭބާ؟
ލިޔުނީ : މޫސާ ޙުސެއިން
އަޅުގަނޑުމެންމިއަދު ދިރިއުޅެމުން މިދަނީ ވަރަށްބޮޑަށް ހުޅުވާލެވިފައިވާ މާހައުލެއްގައެވެ. އެމީހަކުބޭނުންވާ ޚިޔާލެއް ފާޅުކުރަމުން ކަމަކަށް ފާޑުކިޔަންޖެހިއްޖެ ޙާލަތެއްގައި ފާޑުވެސް ކިޔަމުންނެވެ.
ދުނިޔޭގައި ދިރިއުޅޭ ކޮންމެމީހެއްގައިވެސް އުނިސިފަތަކެއް ހުންނާނެއެވެ. މީހެއްގެ ކިބައިގާ ނުވަތަ ބައެއްގެކިބައިގާ އުނިސިފައަކަށް ބިނާކުރުވަނިވި ގޮތެއްގައި ފާޑުކިޔައިފިނަމަ އެކަމެއް އެމީހަކަށް ނުވަތަ ބަޔަކަށް ބަލައިގަނެވެންޖެހޭނެއެވެ. ޤަބޫލުކުރެވެންޖެހޭނެއެވެ.
ލަންދޫގައި މިހާތަނަށް ކޮންމެއަހަރެއްގެ ބޮޑުބަންދާ ދިމާކޮށް ބާއްވަމުންއަންނަ ފުޓްބޯޅަމުބާރާތުގެ ނަންބަދަލުކުރަން އުޅޭވާހަކައަކީ މިހާރު އަޅުގަނޑަށް އިވެމުންދާ އަޑެކެވެ.
Sunday, 19 October 2008
ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް ލެކިއުޓުން ސްޕޮންސަރ ކޮށްފި.
- މުބާރާތަށް ރެފްރީން ހަމަޖެހެނީ!!
ޙަފްޞީ ޢަބުދުﷲ
ލަންދޫގެ ދެކުއްޖަކާއި، ބައެއް ޒުވާނުންގެ އެހީއާއެކު ބާއްވަމުން އައިސް، މިހާރު ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީން ބާއްވާގޮތަށް ހަމަޖައްސާފައިވާ ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް ލެކިއުޓުން ސްޕޮންސަރކޮށްފިއެވެ. މިމުބާރާތް ލެކިއުޓުން ސްޕޮންސަރކުރީ ޗެމްޕިއަންޓީމާއި، ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމް އެފަރާތުން ދޭގޮތަށެވެ. އެގޮތުން ޗެމްޕިއަންޓީމަށް ކަނޑައެޅިފައިވާ ދެހާސް ރުފިޔާއާއި، ދެވަނަ ޓީމަށް ކަނޑައެޅިފައިވާ އެއްހާސް ރުފިޔާ ލެއިކުޓުން ދޭނެކަމަށް އިސްމާއީލް ވަހީދު މިއަދު ވިދާޅުވިއެވެ. ފައިސާގެ އަދަދު ކަނޑައެޅީ މިދިޔަ އަހަރު ދިން އަދަދަށްވުރެ ފަސްސަތޭކަ ރުފިޔާގެ އިތުރުކުރުމަކާއެކުއެ، އެއުޞޫލުންނެވެ. މިމުބާރާތް ސްޕޮންސަރ ކުރުމާއެކު އަންނަ އަހަރުގެ މުބާރާތް ރަނގަޅު އަގަކާއެކު ސްޕޮންސަރ ކުރުމަށް ލެކިއުޓްގެ ހެޑް އޮފީހާ ވާހަކަދައްކައިގެން މަސައްކަތްކޮށްދެއްވާނެކަމަށްވެސް އިސްމާއީލް ވަހީދު ވިދާޅުވިއެވެ.
ޓެސްޓް ބޯމަތިވިއިރު!!
ޙަފްޞީ ޢަބުދުﷲ
ކުރިއަށްދަނީ ފަހު އިމްތިހާނުގެ ޓެސްޓެވެ. އިމްތިހާނެއްގެ ޓެސްޓް އަންނަ ކޮންމެ ފަހަރަކު، އަޅުގަނޑު ފަހްރުވެރިވާ، އަދި ލޯބިވާ މަދަރުސާ މަތިން ހަނދާންވެއެވެ. ލަންދޫ މަދަރުސާ ނުވަތަ ލަންދޫ ސްކޫލަކީ އަޅުގަނޑުގެ ކާމިޔާބީގެ ފެށުމެވެ. އަޞްލެވެ. މިއަދު މިބްލޮގުން އެމަދަރުސާގެ ވާހަކަތައް އެނގި، މަންޒަރުތައް ފެންނަމުން ދާހިނދު، އެމަދަރުސާގައި އަޅުގަނޑު އުޅުނު ދުވަސްތައް އިތުރަށް ހަނދާންވެގެންދެއެވެ. އެމަދަރުސާއިން ތައުލީމީ ހަޔާތް ފަށައި، ނިންމުމުގެ ނަސީބުވެސް ލިބުނު ނަމައޭ ހިތަށް އަރައެވެ. މައިނަބަފައިން ކައިރީގައި ތިބެގެން ތައުލީމީ ހަޔާތް ނިންމައި، ރަނގަޅު ނަތީޖާއެއް ހޯދުނު ނަމައޭ ހިތަށް އަރައެވެ. ނަމަވެސް އެފުރުޞަތެއް ދެން އަޅުގަނޑަކަށް ނުލިބޭނެއެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށްބޭއްވުނު މަލްޓިޕާޓީ އިންތިޚާބަށްފަހު ދެވަނަބުރު މިމަހުގެ 28 ވަނަދުވަހު ބޭއްވުމަށްހަމަޖެހިފައިވާ އިރު މިބުރަށްޓަކައި ކެމްޕެއިންކުރުމުގެ މަސައްކަތް ރަށުތެރޭގައި ވަރަށްހަލުވިކަމާއި އެކު ކުރިއަށް އެބަދެއެވެ.
ފުރަތަމަ ބުރުގެ 6 ކެނޑިޑޭޓަކު ވާދަކުރިއިރު ކުރެވުނު ކެމްޕެއިނާއި ދެވަނަބުރަށް ހޮވިފައިވާ ދެ ބޭފުޅުންގެ މެދުގައި ބޭއްވޭ އިންތިޚާބަށް ކުރެވޭ ކެމްޕެއިން ވަރަށްބޮޑުތަން ތަފާތެވެ.
މިތާރީޚީ ފުރަތަމަ ބުރުގައި ކެމްޕެއިން ކުރުމުގައި ޕޯސްޓަރާއި އިސްޓިކާއާއި ބެނާ މުޅިރަށުގައި ދޫލައެއް ލެވިފައިވީނަމަވެސް ދެވަނަބުރުގެ ކެމްޕެއިންކުރުމުގައި ފެނިގެންދަނީ ފިކުރި ކެމްޕެއިންނެއްގެ ގޮތުގައެވެ.
ދުވާލާއި ރޭގަނޑު ގޯތިގޯއްޗަށް ހިނގައި އެބޭފުޅަކު ތާޢީދު ކުރައްވާ ކެނޑިޑޭޓަކަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންދާ މަންޒަރެވެ.
ލަންދޫ ކުރިމަގުގައި އަތޮޅުގެ ވިޔަފާރީގެ މަރުކަޒީ ރަށް!
ޙަފްޞީ ޢަބުދުﷲ
އަޅުގަނޑުގެ ހަނދާނުގައި ފަތަހަ އަކީ ލަންދޫގެ ވިޔަފާރީގެ ފެށުމެވެ. ލަންދޫ ރައްޔިތުންގެ ވިޔަފާރިއަކުން، ވިޔަފާރި ފެށުނު ނަމަވެސް، މިއަދު މުޅި ލަންދޫގައި ވިޔަފާރިވަނީ ތަރައްޤީވެ ފުޅާވެފައެވެ. އަށްސަތޭކަ ކޮންމެވެސް ވަރެއްވާ އާބާދީގަ މިއަދު ހަތް ފިހާރަ ހުރުމީ ހަޤީޤަތުގައިވެސް ބޮޑުކުރިއެރުމެކެވެ. ލަންދޫގެ ރައްޔިތުންގެ ކާމިޔާބީ ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. އެއަށްވުރެވެސް ބޮޑުކުރިއެރުމަކީ އަދި ހިތްހަމަ ޖެހުމަކީ މުދަލުގެ އަގެވެ. އަޅުގަނޑަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މާލޭގެ އެއްގަމު ފިހާރަތަކުން ލިބޭ އަގަށްވުރެ ލަންދޫގެ ފިހާރަތަކުން މުދާ ލިބޭ އަގު މިއަދު ވަނީ ހެޔޮވެފައެވެ. ނަތީޖާއަކީ މުދަލުގެ އަގަށް، ނާލުގެ އަގު އެއްކުރީމާ ޖެހޭ އަގަށް މުދާ ގެންދާކަށް މިއަދު ލަންދޫ ރައްޔިތުންނަކަށް ނުޖެހެއެވެ.މީގެ ސަބަބަކީ މިއަދު ލަންދޫގެ ވިޔަފާރިވެރިންގެ ތެރޭގައި ނާލާއި ނުލައި މުދާ ގެންގޮސް ވިއްކޭފަދަ ތަނަވަސް ވިޔަފާރިވެރިން ތިބުމެވެ. އެމީހުންނަށް ނާލުގެ އަގުއެއްކޮށްގެން މުދާވިއްކުމުގެ ފުރުޞަތު އޮވެމެ، ހެޔޮއަގުގައި ތަކެތި ވިއްކަމުން ދިއުމެވެ.
މިވަނީ ކިހިނެއްބާ؟
ލިޔުނީ : ނުލިޔެވޭގަލަމުން
އަޅުގަނޑަކީ މިސައިޓް " ލަންދޫއިންފޯ " އުފެދުނީއްސުރެން މިއަދާ ހަމައަށްވެސް ވަރަށް ޝައުޤުވެރިކަމާއިއެކު، ކެއްތެރި ކަމެއްނެތި ވަރަށްފަރުވާތެރިކަމާއި އެކު ކިޔާ އަދި ބަލާ ހަދަމުން އަންނަ މީހަކީމެވެ. ރަށާއި ބެހޭ ތަފާތު ޚަބަރުތަކާއި މަޢުލޫމާތު ހޯދުމުގެ ބޭނުމުގައެވެ.
އިތުރަށްވިދާޅުވުމަށް
ް