Wednesday, 29 October 2008
ދެވަނަބުރުގައިވެސްލަންދޫންއަންނިކުރިހޯއްދަވައިފި.
ޙަފްޞީޢަބުދުﷲ/ލަންދޫ
މިއަދު ނެގި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ލަންދޫގެ ވަގުތީ ނަތީޖާއިން އެމް،ޑީ،ޕީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ. ލަންދޫގައި ބެހެއްޓި ވޯޓްފޮށީގެ ނަތީޖާއަށް ބަލާއިރު މުޙަންމަދު ނަޝީދު ކުރި ހޯއްދަވާފައިވަނީ 112 ވޯޓްގެ ތަފާތަކުންނެވެ. ދެވަނަ ބުރުގައި ލަންދޫގައި ބެހެއްޓިފައިވާ ފޮށިން މުޙަންމަދު ނަޝީދުއަށް ލިބިވަޑައިގަތީ 235 ވޯޓެވެ. އެއީ ވޯޓް ދިން މީހުންގެ 65.64 އިންސައްތައެވެ. ދިވެހިރައްޔިތުންގެ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޛު މައުމޫން އަބުދުލްޤައްޔޫމަށް ލިބިވަޑައިގަތީ 123 ވޯޓެވެ. އެއީ ވޯޓް ދިންމީހުންގެ 34.36 އިންސައްތައެވެ. ލަންދޫން ވޯޓްދިން މީހުންގެ ތެރެއިން އެއް ވޯޓް ވަނީ ބާޠިލްވެފައެވެ. ޞައްޙަ ވޯޓްގެ ޖުމްލައަކީ 356އެވެ.

މިއިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ލަންދޫން ކުރި ހޯއްދެވީ މުޙަންމަދު ނަޝީދެވެ. އިންތިޚާބުގެ ވަގުތީނަތީޖާ ނިމުމަކާކައިރިވެފައިވާއިރު، ކުރި ހޯއްދަވަމުން ގެންދަވަނީވެސް އެމް،ޑީ،ޕީގެ ކެންޑިޑޭޓް މުޙަންމަދު ނަޝީދެވެ.
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment