ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 24 November 2008

ބެޑްމިންޓަން ރެކެޓާއި ނެޓެއް ލިބިއްޖެ

ލިޔުނީ: ޙަފްޞީ ޢަބުދުﷲ / ލަންދޫ

ލަންދޫ ޔޫތް އެންކަރޭޖިންގ ސޮަސައިޓީ ( ލިޔެސް ) ޖަމްއިއްޔާއަށް އިތުރު ބެޑްމިންޓަން ދެރެކެޓާއި، ނެޓެއް ލިބިއްޖެއެވެ. ބެޑްމިންޓަން ލަންދުއަށް ތަޢާރަފްކޮށް، ބެޑްމިންޓަން ކުޅުމުގެ ފުރުޞަތު ޖަމްއިއްޔާގެ މެންބަރުންނާ ރަށުގެ ޒުވާނުންނަށް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުން މިފަހަރު ލިބުނު ދެރެކެޓާއި ނެޓަކީ ބެޑްމިންޓަން އެސޯސިއޭޝަން މެދުވެރިވެގެން ލިބުން އެހީއެކެވެ. ނަމަވެސް ލިޔެސްއަށް ލިބުނު ބެޑްމިންޓަން ނެޓަކީ ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައިވާ ނެެޓެކެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ވިދާޅުވީ މިވަގުތު އާ ނެޓެއް ނެތީކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތާނގައިވެސް ބެޑްމިންޓަން ކުރިއެރުވުމަށް ލިޔެސް ޖަމްއިއްޔާއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިވެދޭނެކަމަށެވެ
މިލިބުނު ދެރެކެޓާއިއެކު ލިޔެސް ޖަމްއިއްޔާއަށް މިހާރުވަނީ ހަތަރު ރެކެޓް ލިބިފައެވެ. މީގެކުރިން ބޯޅައާއި ދެރެކެޓް ވަނީ ރަށަށް ގެންދެވިފައެވެ. މާލަސްތަކެއް ނުވެ، ރަށުގެ ޒުވާނުންނަށް ބެޑްމިންޓަން ކުޅުމުގެ ފުރުޞަތުލިބިގެންދާނެއެވެ

1 ޚިޔާލު:

Anonymous said...

thi dhen ehee libijje kiyaafaa liyaavaru vaahaka eh tha chi,chi