Sunday, 23 November 2008
ދަނޑިޕާރޓީ ވެލިދޫ އަށް ދަނީ
ލިޔުނީ : ގޮމަ
ލިޔުނީ : ގޮމަ
މިއަހަރުގެ ޢަޟްޙާ ޢީދަކީ އުފާވެރި ކުލަގަދަ ޢީދަކަށް ހެދުމަށްޓަކައި ލަންދޫގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުން މިރަށު ރަންކޮކާގޭ އަލްފާޟިލް ޖަމާލު އައްޔޫބު އިސްނެގުމުގެ މަތިން ފަރިތަކުރުން ކުރިއަށް ގެންދެވޭ ދަނޑިޕާރޓީ ޢީދުގައި ވެލިދުއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.
މީގެ ގާތްގަޑަކަށް މަހެއްހާ ދުވަސްކުރިން ވަކި ތާވަލްއެއްގެދަށުން ފަރިތަކުރަން ފެށުނު މިދަނޑި ޕާރޓީގެ ފަރިތަ ކުރުންތައް މިހާރުވެސް ވަރަށް ކާމިޔާބު ކަމާއި ފުރިހަމަ ކަމާއި އެކު ކުރިއަށް އެބަދެއެވެ. އަދި ވެލިދޫ އަށް ދާން ހަމަޖެހުމާއި ގުޅިގެން މިހާރުމިގްރޫޕުން ދަނީ " ބޮޑު ބެރާއި " ،" ހިއްޗަށް ވަޑައިގަތުން " ވެސް ފަރިތަކުރަމުންނެވެ.
މިފަހަރުގެ ބޮޑު ޢީދަކީ ސަޤާފީ ކުޅިވަރުތަކާއި އަދި ކުރީގެ " ލެޒާޖް " ބޭންޑުގެ ސޯވ އެއް ލަންދޫގެ ސްޓޭޖުން ފެނިގެންދާނެ ޢީދެއްކަމަށް ވެގެންދާނެ ކަމަށް އަޅުގަނޑުމެނަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ކުޅިވަރުތަކެކޭ ހަމަ އެއްފަދައިން " ލިޔެސް " ޖަމްޢިއްޔާއިންވެސް އަންނަނީ ބޮޑު ޢީދުގައި ސްޓޭޖު ސޯވ އެއް ދިނުމަށް ތައްޔާރު ވަމުންނެވެ. މި ސޯވ އަށް ޓަކައި ދެ ޖިންސްގެ ޒުވާނުން މިހާރު އަންނަނީ ނެށުންތަކާއި ތަމްސީލްތައް ފަރިތަކުރަމުންނެވެ.
ލަންދުއަށް މިހުރިހާކަމަކާއި ގުޅިގެން މިހާރު މިވަނީ ކުޑަވަރެއްގެ ޢީދެއް އައިސްފައެވެ. ހުރިހާ ޢުމުރު ފުރައެއްގެ އެންމެންގެ މޫނުމަތިން ފެނިގެން ދަނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމުގެ ޝުޢޫރުތަކެވެ. މުޅި ރަށްކަހަލަ ގޮތަކަށް މިއަދު މިވަނީ އެކަތި ގަޑަކަށް ވެފައެވެ.

ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment