Monday, 24 November 2008
ޙައްޖުގެ މަދަރުސާއިން ލިބޭބައެއްފިލާވަޅު
އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޅުކަމުގެ މުހިންމުކަންތައްތަކުގެ ތެރެއިން ޙައްޖުގެމަތިވެރި އަޅުކަމަކީއޭގައި ގިނަގުނަ މަންފާތަކެއްއެކުލެވިގެންވާ އަޅުކަމެކެވެ. ޖުމްލަގޮތެއްގާ ދަންނަވާނަމަ، ޙައްޖަކީއަޅުކަމުގެ ގޮތުން މުސްލިމުންކުރާހުރިހާ ކަމެއްގެރޫޙުއެކަމުގައި ހިމެނޭއަޅުކަމެކެވެ. މީގެހެއްކެއްގެ ގޮތުން މީހުންއަޅުކަން އަދާކުރުން ކެރިކުޅަދާނަވެގެންވާ މީހެއްގެ މައްޗައް ޢުމުރުން އެއްފަހަރު ވާޖިބުވެފައި އޮތުންހިމެނެއެވެ. އަދިޙައްޖުގެ އަޅުކަމަށް މީސްތަކުން ޝަޢުޤުވެރިކުރުވާ لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ މާނައީ" އެއީއެބައިމީހުންނަށް ހުރިދީނީ އަދި ދުންޔަވީ މަންފާތަކެއް ލިބިގަތުމަށްޓަކައެވެ."(ޙައްޖު:28) މިފަދައިންވަޙީކުރެއްވިކަން އެއީޙައްޖުގެމަންފާތައް ގިނަގުނަ ކަމުގެއޮޅުމެއްނެތް ހެތްކެކެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމައްޓަކައި އިޙްރާމްގައިތިބޭ ތިބުމަކީ، ދަރިކޮޅުތަކާއި ޤަޢުމްތަކުގެތަފާތުއެއީ އިންސާނުންގެމެދުގައި އެއްބައިވަންތަކަމަށް ހުރަސްއަޅާކަމެއްނޫންކަމުގެ ހެތްކެކެވެ. މުއްސަނދިކަމާއި ފަޤީރުކަން، މަގާމްގެމަތިވެރިކަމާއި އާދައިގެމީހަކަށްވުމަކީ އިސްލާމުންގެމެދުގައިތަފާތު ކުރެވެންނެތް ކަމެއްކަމެވެ. ކަންދެއްކުމާއި ބޮޑާކަމާއި ކިބުރުވެރިކަމުގެ އަގެއްނެތްކަމުގެ ރަމްޒެކެވެ. އިންސާނުންނަކީއެކެއްގެ ދަރީންކަމަށްވީހިނދު ދެންނެވިދިޔަފަދަ ތަފާތުތަކަކީއެބައިމީހުންގެމެދުގައި ތަފާތުއުފެދެންވީ ކަމެއްނޫންކަމެވެ. މާތްމީހަކީ އަދިމަތިވެރިމީހަކީ ﷲ އަށް އެންމެބިރުވެތިވާ މީހެއްކަމުގެ އަލިގަނދަހެތްކެކެވެ.
އިޙްރާމްގައި ހުންނަހިނދު މަނާވެފައިވާކަންތަށްތައް ރަމްޒްކޮށްދެނީ ކެތްތެރިވުމަށާއި އަމުރަށްކިޔަމަން ވުމަށް ތިމާގެ ނަފްސުހޭނުމާއި ތައްޔާރުވުމުގެ ފިލާވަޅުތަކެވެ. މުޖްތަމައެއްގައި އަޚްލާގީ ގޮތުންކަންތަށް ތައް ހުންނަންވީގޮތެވެ. އެކަކުއަނެކަކަށް ގުޅުންބަދަހިކޮށް އަޚްވަތްތެރިވުމަށް ދީންޢަމްރުކުރާކަމުގެ ހެކިތަކެވެ. ބަދްއަޚްލާގީއެއްވެސް ކަމަކީ އިސްލާމީ މުޖުތަމަޢުއެއްގައި ތަރުޙީބުދެވިގެންވާނެ ކަމެއްނޫން ކަމެވެ.
ޢަރަފާތުގައިތިބުން އެއީވެސްމަތިވެރި ޢިބްރަތްތަކެއްލިއްބައިދޭ ކަމެކެވެ. އެބައިމީހުންގެކަލާންގެއަކީ އެއްކަލާންގެއެއްކަމެވެ. ދީނުގެވަޙްދަތް މިއަށްވުރެވަކީން ފުރިހަމައަށް ހާމަވާ އެހެންކަމެއްނެތްފަދައިން ޙައްޖުގެއަޅުކަމުގެތެރެއިން މިހުރެިހާކަމެއްގެ ތަމްރީނުލިބިދެއެވެ.
ޖަމްރާއަށްހިލައުކުން ރަމްޒްކޮށްދެނީ، ޝައިތޯނީބާރުތަކާ ޚިލާފައްމުސްލިމްއުންމަތް، އެއްބައިވެ މުއްތަހިދުވެގެން މަސައްކަތްކުރަންޖެހޭނެކަމެވެ. ޙައްޤުފާޅުވުމަށްފަހު ބާތިލްއަށް އެބައިމީހުން ތަރުޙީބުނުދޭނެ ކަމެވެ.
ކަތިލުންދޭހަކޮށްދެނީ މުސްލިމުންނަކީ ﷲގެ މަގުގައި އެބައިމީހުންއެންމެލޯބިވާ އެއްޗެއްހޭދަކުރަން ފަސްނުޖެހޭނެކަމާއި، މިސްކީނުންނާއި ފަޤީރުންނަށްވެސް މުސްލިމުންގެ މުދަލުގައި ޙިއްސާއެއްވާކަމެވެ.
ކުޑަވެސްޝައްކެތްނެތެވެ. ޙައްޖަކީއޭގެ ރޫޙާއި މެދުވިސްނައިގެން އަޅުކަން އަދާކުރާމީހާގިނަގުނަ މަންފާ ޙާސިލްވާނެއަޅުކަމެކެވެ. ރޫޙީ، އަޚްލާޤީ ޢިޖްތިމާއީއަދި އިޤްތިޞާދީ މަންފާތަކަކެވެ.ޙައްޖުގެމަދަރުސާއިން ލިބޭފިލާވަޅުތަކަށް މުސްލިމުންޢަމަލްކުރާނަމަ އެބައިމީހުންގެ މުޖްތަމަޢުއަކީ ހަމަޖެހޭބައްޖަވެރި މުޖްތަމަޢުއަކަށް ވާނެކަމީޝައްކެއް ނެތްކަމެކެވެ.

ޝާއިޢުކުރެވުނީ ދީން
Subscribe to:
Post Comments (Atom)
1 ޚިޔާލު:
v . good mihaaru dheenves eba liyey dho
Post a Comment