ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 13 November 2008

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވައިފި

ލިޔުނީ: ޙަފްޞީ ޢަބުދުﷲ



ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމާ ގުޅިގެން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މެންބަރު ކަމުގެ ހުވާ ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު، ދެއްވައިފިއެވެ
ހުވާކުރެއްވުމަށްފަހު، އެބޭފުޅުންގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު، ވަޒީރުންގެ މަގާމުތައް ހަމަޖެއްސެވިގޮތް ތިރީގައިއެވަނީއެވެ

މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޤާސިމް އިބްރާހީމް މ. މާފަންނުވިލާ
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަލީ ހާޝިމް މއ. ހިތިލާގެ
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު މއ. ރޯޒްވިލާ
މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލު މ. ވާގަލި
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އަމީން ފައިޞަލް ހ. ތަނޑިރަތްމާގެ
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ ސ. ހިތަދޫ ބަހާރުގެ
އެޓަރނީޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު ސ. ހުޅުދޫ ގޯރަންވިލާ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދު ހ.ކާނޭޝަންވިލާ


މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ހ.ސީސައިޑް
މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފް ހ. ސީވީޑް
މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމް ގދ. މާތޮޑާ ގުލްފާމުގެ
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހީމްދީދީ ގ. ދަތުގެ
މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ޏ. ފުވައްމުލަކު އީސްޓް ލައިޓް
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ހ. ލަންޓަން

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވުމުގެ މަސައްކަތް ގެންދެވީ، ގާނޫނުއަސާސީގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ވިދާޅުވިއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ގޮތަކަށް ޢަމަލު ކުރައްވައިފިނަމަ، އެބޭފުޅަކު މަގާމުން ދުރުކުރެއްވުމުގެ ބާރު، ރައްޔިތުންގެ މަޖިލީހަށް ލިބިވަޑައިގެންވާކަން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު ފާހަގަކުރެއްވިއެވެ

0 ޚިޔާލު: