Thursday, 13 November 2008

މިއަދަކީ މިއަހަރުގެ ދިރާސީ އަހަރުގެ އެންމެ ފަހުދުވަހެވެ. މިއަދަކީ މުރާލިކަމާއި، ޖޯޝާ ، ފޯރިއާއި، ޢަޒުމާއި އެކު މަސައްކަތްކުރި ބެލެނިވެރިންނަށް އުފަލާއި ހިތްހަމަޖެހުމެއް ލިބިގެންދާ ދުވަހެވެ. ހަމައެހެންމެ ކިޔެވުމުގައި ފަރުވާކުޑަކޮށް ކަންނެތް ކަންމަތީ ގައި ކިޔަވަމުން ދިޔަކުދިންނަށް މާޔޫސްކަމާއި، ހިތްދަތިކަން ލިބިގެންދާ ދުވަސްވެސް މެއެވެ.
ލަންދޫ ސްކޫލްގައި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމުން ފާހަގަކުރަމުން މިދަނީ ތަފާތު ތަޖްރިބާ ތަކަކާއި އެކުގައެވެ.
ވޭތުވެދިޔަ އަހަރަށްވުރެ ރަގަޅަށް އެތައްކަންތައްތަކެއް ކުރެވި އަދި ހަމައެހެންމެ އަންނައަހަރުގެ ދިރާސީ އަހަރަށް އައު އުންމީދުތަކެއްކުރަމުންނެވެ.
މިއަހަރު ލަންދޫސްކޫލްގެ އެންމެބޮޑުއަމާޒަކަށްވީ ވޭތުވެދިޔައަހަރު ހަދަންފެށުނު ޖީސީ އޯލެވެލް އައިޖީސީ އެސްއީ އަދި އެސްއެސްސީ އިމްތިހާންގެ ނަތީޖާ އިތުރަށް ރަނގަޅުކޮށް ސްކޫލްގެ އިންފުރާ ސްޓަރަކްޗަރ ރަނގަޅުކުރުމެވެ. މިގޮތުން އަޅުގަނޑު އުންމީދުކުރަނީ މިއަހަރަކީ މިކަންތައް ތައް ވަރަށް ރަގަޅަށް ޙާޞިލް ވެގެންދިޔައަހަރަކަށް މިއަހަރު ވާނެކަމެވެ.
މާތްﷲ ގެ ވާގިފުޅާއި ، ހެޔޮރަޙްމަތްފުޅާއިއެކު ، ލަންދޫސްކޫލް މިއަންނަ އަހަރާއި ކުރިމަތިލާނީ އެކަޑަމިކުގެ ރޮގުންއިތުރުއުސްމިންތަކަކަށް ދިޔުމާއިއެކު ކުދިންގެ އަޚްލާޤާއި ސްލޫކް ރަގަނޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިކަންތައް ކުރިއަށް ގެންދިޔުމުގައި ފުރިހަމަ ޢަޒުމާއި އެކުގައެވެ.
މިކަމުގައި އަޅުގަނޑުމެން ސްކޫލުން ބޭނުންވަނީ ބެލެނިވެރިންނާއި ދަރިވަރުންގެ އެއްބާރުލުމެވެ. ރަށުގެ މުޖްތަމަޢުގެ ބައިވެރި ވުމާއި އެހީތެރިކަމެވެ.

ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment