Wednesday, 12 November 2008
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަންކުރެއްވުމުގެ މައްސަލަ ސްޕްރީމް
ކޯޓަށް
ޚަބަރު: ޙަފްޞީ ޢަބުދުﷲ
ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސް އައްޔަން ކުރެއްވި މެންބަރުން ތިއްބަވަނިކޮށް، މެންބަރުކަމަށް އެހެން ބޭފުޅުން އައްޔަން ނުކުރެވޭނެކަމަށް ބުނެ، ސްޕްރީމް ކޯޓަށް މިއަދު މައްސަލަ ހުށައަޅުއްވައިފިއެވެ. މިމައްސަލަ ސްޕްރީމް ކޯޓަށް ހުށައެޅުއްވީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބުދުލް ޤައްޔޫމް އައްޔަން ކުރެއްވި މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. މައްސަލަ ހުށައެޅުއްވުމަށްފަަހު އެބޭފުޅުން ވިދާޅުވީ ހަތެއް އޮގަސްޓްގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކޮށް އައްޔަން ކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިގެން ނުވާކަމަށެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާޞީ އެކަމަށް ތަން ނުދޭކަމަށް އެބޭފުޅުން ވިދާޅުވިއެވެ
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ހަތް މެންބަރުން ޤާނޫނީ ހުވާގެ މަތީގައި ތިއްބަވަނިކޮށް، އެއްވެސް ނޯޓިސްއެއް ނުދެއްވާ، އެހެން ހަތްމެންބަރުންނަށް ޤާނޫނީ ގޮތުން ހުވާލާދެއްވޭނެގޮތެއް ނޯންނާނެކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ
މައްސަލަ ހުށައެޅުއްވުމަށްފަހު މިކަމާގުޅޭގޮތުން މައުލޫމާތުދެއްވީ އަޙްމަދު މަޙްލޫފާއި، އަބުދުއްރަޝީދު ނާފިޒާއި، ލުބުނާ މުޙަންމަދު ޒާހިރު ހުސައިންއާ، އެބޭފުޅުންގެ ޤާނޫނީ ވަކީލުންނެވެ

Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment