ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 10 September 2008

ދެ ޓީމެއްގެ ބައްދަލްވުން ބޭއްވިއްޖެ
ލިޔުނީ : ގޮމަ

މި އަހަރުގެ ހޮލިޑޭކަޕަށް ތައްޔާރުވަމުން އަންނަ ޓީމްތަކުގެ ތެރެއިން އެފް،ސީ އޮކާޗީ އާއި
އެފް،ސީ ޗެލެންޖު ޓީމުގެ ބައްދަލްވުމެއް ހޯމަ ދުވަހުގެރޭ ބޭއްވިއްޖެއެވެ.
ލަންދޫ އިންފޯ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެޓީމުގެ ބައްދަލްވުމުގެ ވެސް އެންމެ
މުހިއްމު ބޭނުމަކީ ހޮލިޑޭ ކަޕް ފެށެންވާ އިރަށް ޓީމްތަކުން ތައްޔާރުވާން ޖެހޭ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާ މަޝްވަރާކޮށް ކަންތައްތަކެއް ނިންމުމެވެ. މިގޮތުން މިދެޓީމުންވެސް ވަނީ މިބައްދަލްވުމުން އެޓީމްތަކަށް ގެންނާނެ ރަށުން ބޭރުގެ ކުޅުންތެރިންނާއި މެދު ވާހަކަ ދެކެވިފައެވެ. އަދި މީގެ އިތުރުން ޓީމަށް ގެންނާނެ ޖާރޒީ އަކާއި މެދު ވާހަކަ ދެކެވި ވަކި ގޮތަކަށް ނިމި ޓީމުގެ މެންބަރުންގެ އަޤުލަބިއްޔަތުން ފާސްކުރެވިފައެވެ.
ތަރާވީޙްގެ ފނިހިއްޕެވުމާއި އެކު ވަކި ވަކިން ކުރިޔަށް ދިޔަ މި ދެބައްދަލްވުމުންވެސް ދެޓީމުގެ
މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި މި ހިގާ މަހާއި ކުރިއަށް އޮތް ދެމަސް ދުވަހާއި އެކުގައި ކޮންމެ ކުޅުން ތެރިއެއްގެ އަތުން 100 ރ ޗަންދާއެއް ނަގާގޮތައްވެސް މިބައްދަލުވުމުން ނިންމުނު ކަމުގައި ލަންދޫ އިންފޯ އަށް މަޢުލޫމާތު ލިބިފައިވެއެވެ.މި މުބާރާތުގައި ބައިވެރި ވެފައިވާ އަނެއް ދެޓީމު ކަމުގައިވާ ޕަސެންޓް ސްޕޯރޓްސް އާއި ، އެފް،ސީ ވެލޯސިޓީގެ ބައްދަލްވުންތައްވެސް ކުރިޔަށް ރޭވިފައިވާ ކަމުގައި މަޢުލޫމާތު ލިބެއެވެ.

0 ޚިޔާލު: