ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 11 September 2008


އެފްސީ އޮކާޗީގެ ލޯގޯ ތަޢާރަފްކޮށްފި
ލިޔުނީ : ގޮމަ

މިދުވަސްކޮޅު ލަންދޫގެ ޒުވާނުން އަތުކުރި އޮޅައިލައިގެން އެންމެފޯރިއާއިއެކު ކުރެވެމުންދާ މަސައްކަތަކީ މިއަހަރުގެ ހޮލިޑޭ ކަޕަށްތައްޔާރުވުމުގެ މަސައްކަތެވެ.
މިގޮތުން މުބާރާތުގައި ވާދަކުރާޓީމްތަކުން މިހާރުކުރަމުން ގެންދާމަސައްކަތަކީ އެޓީމްތައް މިފަހަރު ގެ މުބާރާތުގައި ބޭނުންކުރާނެ ޖާރޒީތައް ހޯދުމާއި ތަފާތުކަންތައްތަކުގައި ބޭނުންކުރާނެ ލޯގޯތައްޔާރުކޮށް ތައާރަފުކުރުމުގެ މަސައްކަތެވެ. މިބްލޮގްގެ އަޙްލުވެރިންނަށް މީގެކުރީގެ ފަހަރެއްގައި ވާނީ ޕަސަންޓް ސްޕޯޓްސްގެ ލޯގޯ ހުށަހަޅައިދީފައެވެ.
މިފަހަރު މިގެނެސްދެނީ އެފްސީ އޮކާޗީގެ ލޯގޯއެވެ. މިލޯގޯއަކީ އެފްސީ އޮކާޗީ ހިންގުމުގައި އެންމެފުރިހަމައަށް ޙަރަކާތްތެރިވަމުން ގެންދަވާ ނ.ލަންދޫ ކަނޑުއޮޅި އަލްފާޟިލް ޢަބުދުﷲ ސާމީ ފަރުމާކޮށް އުފައްދާފައިވާ ލޯގޯއެކެވެ. މިލޯގޯ ފާސްކުރުން ދެންމެ އެންމެއަވަހަށް ބޭއްވޭ އެފްސީ އޮކާޗީގެ ބައްދަލުވުމެއްގައި އޮންނާނެ ކަމަށް އެފްސީ އޮކާޗީގެ ފަރާތުން ޢަބުދުﷲ ސާމީ ލަންދޫއިންފޯއަށް މަޢުލޫމާތުދެއްވިއެވެ.

0 ޚިޔާލު: