Wednesday, 10 September 2008
ލިޔުނީ : ގޮމަ
ބަރަކާތްތެރި ރަމަޟާންމަހާއި ގުޅުވާލައިގެން ކުދިންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އުފައްދައި،
ދީނީ ރޫޙް އާލާކުރުވައި، ކުރިއަށް އޮތް އެސް، އެސް، ސީ އިމްތިޙާނަށް ކުދިން ތައްޔާރު ކުރުވުމުގެ މަޤްޞަދުގައި މި އަހަރު ލަންދޫ ސްކޫލުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކުވިޒް މުބާރާތުގެ ރިހާސަލް މިރޭ އެސްކޫލުގައި އޮންނާނެއެވެ. މިގޮތުން އެސްކޫލުގެ ގްރޭޑް 9 އާއި 10 ގެ ދަރިވަރުން ނަށް އަމާޒު ކުރެވިގެން މި ބޭއްވޭ ކުވިޒް
މުބާރާތުގެ ސުވާލްތަކާއި ޖަވާބުތައްވަނީ ކުދިންނާއި ހަވާލުކުރެވިފައެވެ. މިހެން ކަމުން މި މުބާރާތައްޓަކައި ވަރަށް ގިނަކުދިބަޔަކު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސްކޫލުގެރަމަޟާން ޤުރުއާން މުބާރާތައްވެސް ބެލެނިވެރިންނާއި، ދަރިވަރުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމުގައި އެސްކޫލުން މަޢުލޫމާތު ދެއްވައެވެ.
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment