Monday, 8 September 2008
ސ ނ.އ.މ ގެ އިސްދަރިވަރުންގެ ޖަމްޢިއްޔާއަށް މަރުޙަބާ !ސ
Email: moosa.goma@yahoo.com
އިސްދަރިވަރުންގެ ޖަމްޢިއްޔާއަށް އެމަދަރުސާއިން ކިޔެވި އިސްދަރިވަރެއްގެ ހައިސިއްޔަތުން ވަރަށް ހޫނު މަރުޙަބާއެއް ކިއަމެވެ.
މި މަދަރުސާއަށް 30 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ކެތްތެރިވެތިބެ
ހީވާގި ކަމާއި، މުރާލިކަމާއި އަދި ނުހަނު ހިކުމަތްތެރިކަމާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއި އެކު ޝުކުރާއި މަރުޙަބާ ވެސް ދަންނަވަމެވެ.
އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ފާހަގަ ކުރުމާއި ގުޅިގެން
އުފެދިގެން މިދާ ނ.އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ޖަމްޢިއްޔާ އަކީ މިވަގުތައް އެ ސްކޫލަށް ވަރަށް މުޙިއްމު ޖަމްޢިއްޔާ އެކެވެ. ނަމަވެސް ރަނގަޅު މަޤްޞަދެއްގައި، ތެދުވެރި ނިޔަތެއްގައި މިކަން ކުރެވިއްޖެނަމައެވެ. މި ޖަމްޢިއްޔާ އުފެއްދެވުމުގައި މިހާތަނަށް މިކަމުގައި އުޅުއްވާ ބޭފުޅުން ޢަމަލްކުރައްވަމުން ގެންދަވާ ޙިކުމަތްތެރި ގޮތްތަކަށް ތަޢުރީފުކޮށް ޝުކުރު އަދާ ކުރަމެވެ.
މި ބޭފުޅުންގެ ބުރަ މަސައްކަތުން އެކަށައަޅުއްވާ ލައިފައިވާ އަސާސީ ޤަވާއިދުގައިވާ ގޮތުން މިޖަމްޢިއްޔާގެ
ފަރާތުން އަތޮޅަށް ދީފައިވާ އަހަމިއްޔަތު ކުޑަކަން އަޅުގަނޑު މިފާހަގަކުރަނީ މިކަންތައް އިސްލާޙްކޮށްދިނުން އެދޭ ހާލުގައެވެ.
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment