ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 8 September 2008

ސަރުކާރުންހަމަޖައްސަވާފައިވާބޮޑުމިނުގައި ފަޅުކޮނެނިންމާލުމަށްލަންދޫރައްޔިތުންއެއްބަސްވެއްޖެ!ސ
ލިޔުނީ : އަޙްމަދު ދާއޫދު

ލަންދޫގައި ސަރުކާރުން މިހާރުހައްދަވައިދެމުންގެންދަވާ 200 ފޫޓް 300 ފޫޓް ބޮޑުމިނުގެ ފަޅު މިހާރުވެސް ހައްދަވައިދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ބޮޑުމިނުގައި ކޮނމާއި މެދު ރައްޔިތުންގެ އެއްވެސް އިޢުތިރާޒެއްނެތް ކަމަށް މިދިޔަ އާދިއްތަދުވަހުގެރޭ 8:45 ގައި ލަންދޫ ރަށުއޮފީހު ގޯތިތެރޭގައި ބޭއްވި ލަންދޫރައްޔިތުންގެ ބައްދަލުވުމަކުން ވަރަށްތަނަވަސް އަޣުލަބިއްޔަތަކުންފާސްކޮށްފިއެވެ.
ރައްޔިތުންބައްދަލުކޮށް ވާހަކަދައްކަވަމުން ލަންދޫކަތީބު ނަޞީރު ވިދާޅުވީ ލަފާފުރުމުގެ ދަތިކަން ފިލުވައިދިނުމުގެ ގޮތުން ކޮނެއްދެއްވާ މިފަޅު ބޮޑުކޮށްދެއްވާތޯ ސަރުކާރުގެ ވަރަށްގިނަ ފަރާތްތަކުގައި ދެންނެވިފައިވާއިރު އެއިންއެއްވެސް ފަރާތަކުން ފަޅުބޮޑުކޮށްދެއްވާނެކަމުގެއެއްވެސް ސިގުނަލެއް ލިބިފައިނުވާކަމަށެވެ.

0 ޚިޔާލު: