Tuesday, 9 September 2008
މާފަރުހުކުރުމިސްކިތުގޯތި ތެރެއަށް އަމިއްލަފަރާތްތަކަކުން ކަށިވެލިލައިފި
ލިޔުނީ : އަޙްމަދު ދާއޫދު
ނ.މާފަރު ކަތީބު އަލްފާޟިލް އަޙްމަދު ބަދީޢު އާއި ނ.މާފަރު ސްކޫލް ގެ ސްޕަވައިޒަރ އަލްފާޟިލް ޙަސަން އިބްރާހީމް އިސްނަންގަވައިގެން މާފަރުގެ ޒުވާނުންގެ ތެރެއިން 15 ވަރަކަށް މީހުންގެ އެހީއާއި އެކު އެރަށު ހުކުރުމިސްކިތުގޯތިތެރެއަށް ކަށިވެލިލައިފިއެވެ.
މިމަސައްކަތަކީ މާފަރުގައި ކޮންމެއަހަރެއްގެވެސް ރަމަޟާން މަހާއިގުޅިގެން ކޮންމެވެސް ބަޔަކުއިސްނަގައިގެން ވަރަށްކުރިއްސުރެވެސް ކުރެވެމުން އަންނަކަމެއްކަމަށް ލަންދޫއިންފޯއަށް މަޢުލޫމާތުލިބިފައިވެއެވެ. އެހެންއަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ވެލިނަގާފައިވަނީ މާފަރާއި އެއްފަޅުތެރޭގައި އޮންނަ ރާސްފިނޮޅުންނެވެ.
މިމަސައްކަތުގައި ބައިވެރިވެލެއްވި ބައެއްބޭފުޅުން ހާމަކުރެއްވިގޮތުގައި މިމަސައްކަތަކީ ރޯދަމަހަށް ބަލާއިރު ވަރަށްބުރަމަސައްކަތެކެވެ. ދޯންޏެއްގައި ފިނޮޅަށްގޮސް ގޯނިތަކަކަށް ވެލިއަޅައިގެން ރޯދައަށް ތިބެ މިފަދަމަސައްކަތެއް ނިންމާލުމަކީ މިޒަމާނަށްބަލާއިރު އިޖްތިމާއީގޮތުން ކުރެވުނު ވަރަށްބޮޑުމަސައްކަތެއްކަމުގައި އެފަރާތުން އިތުރަށްހާމަކުރެއްވިއެވެ.

Subscribe to:
Post Comments (Atom)

0 ޚިޔާލު:
Post a Comment