ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 11 September 2008


ރޯދަމަހުގެ ފުރަތަމަ 10 ނިމިގެންދިޔައިރު
ލިޔުނީ : ގޮމަ

މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ 10 ނިމިގެންދިޔައިރު މިރޯދަމަސް ފާހަގަކުރެވިގެން މިދަނީ ހުރިހާގޮތަކުންވެސް ވަރަށް ތިޔާގި ތަނަވަސް މަހެއްގެ ގޮތުގައެވެ.
ރަމަޟާން މަސް އައުމުގެ ކުރިން އެއްގޮތަކަށްވެސް މަސްނުބޭނި ކަމުގައިވިޔަސް ރަމަޟާން މަސްފެށުމާއިއެކުއެކީގައި ކަހަލަގޮތަކަށް މަސްވެރިކަންވެސް ވަނީ ތިޔާގިވެފައެވެ.
ކުރީގެ ރޯދަމަސް ތަކާއެއްގޮތަކަށް ފިނިމައިޒާން ތަކަށްދާމީހުންގެ ޢަމަލުތައް ހަމަކުރިއެކޭވެސް އެއްގޮތަށް ހުރިނަމަވެސް އެންމެފަހުން ލަންދޫގައި ތައްޔާރު ކުރެވުނު ފިނިމައިޒާނަށްލިބޭ ކުޑަކަމުން މިތަންހެދުމުގައި އިސްކޮށް އުޅުނު މީހުންގެ ފަރާތުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މިރަމަޟާންމަހު އެންމެއުފަލާއި ހިތްހަމަޖެހުމާއިއެކު ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ ވޭތުވެދިޔަ އަހަރުތަކަށްވުރެ ގިނައިން މިސްކިތްތަކުން ފެންނަ މީހުންގެ ޢަދަދު ގިނަވެ ކީރިތި ޤުރުއާން ކިޔެވުމުގައި މީހުންހޭދަކުރާ ވަގުތު ގިނަވެފައިވާކަމެވެ.
ހަމައެއާއި އެކު މިބަރަކާތްތެރި މަހުގެ 10 ފާއިތުވެގެންދިޔައިރު ރަށުގެ އެއްވެސް ބައެއްގެ ތެރޭގައި ހަމަނުޖެހުމެއް ހިނގާ ދެބަސްވުމެއް އުފެދިފައި ނެތުމީ މިބަރަކާތްތެރި މަހަށްޓަކައި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޝައުގުވެރިކަމަކާއި މިމަހަށްޓަކައި އެންމެންގެ ހިތްތައް ސާފްޠާހިރު ވެފައިވާ ކަމުގެ ހެއްކެކެވެ.
މިފަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ނިމިގެންދިޔައިރު އާދަޔާއި ޚިލާފުކަމަކަށް ފާހަގަވެގެން ގޮސްފައިވަނީ ގިނަޢަދަދެއްގެ ބަޔަކު ތުއްތު ކުދިންގޮވައިގެން ޒިޔާރަތް ކުރުމާއި ސައިކަލް ބުރުޖެހުންތަކާއި ބައިސްކަލް ބުރުޖެހުންތައް އިތުރުވެފައިވާ ކަމެވެ.އަޅުގަނޑުމެން އުންމީދު ކުރަނީ މިމަހުގެ ކުރިއަށް އޮތްދުވަސް ތަކަކީވެސް ހުރިހައިގޮތަކުންވެސް ތިޔާގި ތަނަވަސް އަދި ކާމިޔާބު ދުވަސްތަކެއްގެ ގޮތުގަިއ ވެގެންދިއުމެވެ.

0 ޚިޔާލު: