ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Friday, 12 September 2008

އެބޭބެ ކާފައަށްވުރެވެސް 15އަހަރު ހަރެވެ.ސ
ލިޔުނ: ނުހިގާ ގަލަމުން
ސސސ
ސ(އެއްޗެއްގެ ފުންމިންއެނގޭނީ ފީނާބެލީމައި، ވިސްނޭނީ ސިކުނޑިން ތެޔޮހޭނީމައި، ރައްދުވާނީ ކަމެއްކުރީމައި، ވަގުންއުޅޭހެންހީވާނީ ވައްކަމެއްކުރީމައި)ސ
މަގުގެ އަޑިގުޑަންކަމާއިއެކުވެސް އެބޭބެ ޅިނދުކަށިންބާރުލައި ބާރަށްހިނގޭތޯބެލިއޭ. ޒުވާންދައުރުގައި އޭރުހުރި ޖޯޝާއިފޯރީގައި ހަލަބޮލިމަގުތައް ހުރަސްކުރަން ބިރެއް ޖެހިލުމެއްނެތި ކަލާކީ މުންޑުން ދެދަރު ނީސްތާށިގަމީހުން ތިންދަރުބަނދެ އުތީމުތިންބެއިން ނޫންނަމަވެސް އަޙްރާމްކަރައިން ތަމްރީނުހަދާ މާމަކުނުދުއާއި ދޫނިދޫބެރުން ބޮޑުގާނަގާ އެއްނޭވައިން ދެކަޅުއޮށްހިފާހަދާލެވުނު ބުންވަރު އަދިވެސް މަދުކަށިން ނިކުމެގެން އަތުވެދާނެކަމަށް އަނދިރި މަހެއްގެ ތިންވަނަދުވަހުންފެށިގެން ކުރާއުންމީދަކީވެސްތޯޗެކޭ، ބަދަލެއްނުގެނެސް ބާރުބާރަށް ފިޔަވަޅުއެޅޭތޯ ބަލައޭ. ދާދި މިދާކަށްދުވަހަކު ހިތާވި ޒުވާންއަންހެނަކާ ކަމުގެހައްގުވެރީން ވަލީހޯދަންއުޅެއުޅެ ވަލީނުލިބެނީސް އަމިއްލައަށް ގަރާރުވެ އެވެރިންވެސް ވަލީނުދެނީސް ނުވިތާކަށް ހޯހޯގޮވަގޮވާއޮއްވާ ކައިވެނީގެ ވަލީމާބަހާ ބަލިވެއިނދެ ދުވަސްނުފުރާ ވިހައި ފޫޅުކެނޑި ނުކުޅެދޭ އައިބުދަރީގެ އުމުރުން ދެއަހަރުގައި އެދަރި ކުރީގައިހުރެ އެބޭބެގެ އަތުހިފާ އަތުލަފިކޮށްގެން ކުޑަކޮށް ކޮރުކޮށް ހިނގާފައިދާއިރު މަގުގެ އަޑިގުޑަންކަމާއި ބޭބެގެ ސްޕީޑްގެހުރި އޮޅަލިކަމުންކަމެއް އެސޮރުގެ ހަލަބޮލިކަމުންކަމެއްނޭންގި، އަޑިގަނޑުތަކަށް ބަނޑުވަތަށް ވެއްޓެމުން އުސްމިންތަކަށް ބަނޑުލައި އުޅެއުޅެ އެރެމުން ނޭރެމުންދާއިރު އެދަރީގެ ތުންގަނޑު ދިގުވެ ރުންކުރުވެ ރަތައްއަރަންކައިރިވީއިރުވެސް ކުރާގަދަރެއްގެ ބޮޑުކަމުން ނޫނީ ބަފައިގެމައްޗައްހުރި ލޯތްބެއްގެ ބޮޑުކަމުންކަމެއް ނުވަތަ ބަފާ އެސޮރު ބެލިކަމާއި އެސޮރުގެ މަންމަ ވަލީނުދެނީސް ހަލާލުކުރިކަމާއި އަދި މިނޫންވެސް

0 ޚިޔާލު: