ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Saturday, 13 September 2008

" ލަންދޫގެ ކަށިނޫޒުވާނުން ބިރުން ރޫރޫއަޅަނީ "
ސ
ލިޔުނީ : މުހައްމަދު އިބުރާހިމް ކެރެޓް/ ލަންދޫ





ތާކުމީހަކު ހުއްޓަކަސް ނުކިޔާނެޔޭ އަދި ސސސމޮޔައެކޭ މާކުރިން އެގިދަސްވެގެން ކިޔާނީ މޮޔައެކޭ
އަޅުގަޑު މިދެންނެވީ ހަމަފެންނަހާ މީހަކީ މޮޔައެކޭ ނުބުނާށެވެ. އެއީ މޮޔައެތްކަން ހަމަރަގަޅަށްވިސް ޔަގީންކުރާށެވެ. ދެންއެއަށްފަހު މޮޔައެކޭ ބުނާށެވެ. މަސައްކަތެއްވިސް ނުކުރެޔޭ ދަންނަވާނީ މަސައްކަތް ކުރޭތޯ ނުކުރޭތޯ ބަލާ ދިރާސާ ކުރުމަށް ފަހުގައެވެ. ސިޔާސީ ޕާޓީއެތް ބޭނުންވާ ހިދުގައި ބޭނުމީ ފުޓްބޯޅަ ކުލަބެކޭވިސް ދަންނަވާނީ ބޮޑަށް ރަށުތެރޭގައި ހިގަނީ ސިޔާސީ ކުޅިގަޑުތޯ ފުޓްބޯޅަތޯ ބެލުމަށް ފަހުގައެވެ.
އަޅުގަޑު މިއުޅެނީ މޮޔަވެގެންނެތް ނޫނެވެ. އެކަމަކު މި ބުލޮގުން ފެނުނު ރިޕޯޓެއް ހަޖަމް ނުކުރެވިގެންނެވެ. ޖަމިއްޔާއެތްގެ ރައީސްގެ މަގާމުގައި ހުރެމެ އެފަދަ ވާހަކައަކަށް ޖަވާބު ނުދެވޭނަމަ މައްސޫލިއްޔަތު ރަގަޅަށް ނުއުފުލެނީ ކަމަށް އަޅުގަޑުގެ ޒަމީރު ބުނާތީއެވެ. މައުލޫމާތު ނެތަމެ އެފަދަ ވާހަކައެތް މާސިންގާ ކަޑަށް ބޭރުކުރީތީ ހިތާމަކުރާ ހާލުއެވެ.
ނ. ލަންދޫ ސުކޫލް އިސްދަރިވަރުންގެ ޖަމިއްޔާ އާއި ރަށުގެ ޒުވާން ކުދިންކޮޅެއް ހަވާލުވީ މިއަހަރު ފެނުނުތަނާއެވެ. އޭރު އެޖަމިއްޔާ އެތްވެސް ވަރަކަށް ހަރަކާތްތެރި ނުވާތާ އަހަރުތަކެތް ވެއްޖެއެވެ. ބައެތްފަރާތްތަކުން ކިޔަމުންދަނީވެސް އެޖަމިއްޔާ އުވިއްޖެއެވެ.

0 ޚިޔާލު: