ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 14 September 2008

ނ.އަތޮޅުގައި އިތުރު ފަޅުރަށެއް ، ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ބީލަމަށް ލެއްވިއިރުވެސް ރަށްރަށުން ތައްޔާރެއްނުވޭ!؟



ލިޔުނީ : އަޙްމަދު ދާއޫދު
މިއަތޮޅުގެ ގިނަރަށްރަށުގެ ރައްޔިތުންނެކޭ އެއްފަދައިން ލަންދޫރައްޔިތުންވެސް ދާދިފަހަކާ ޖެހެންދެންވެސް އެއްއަޑަކުން ގޮވަމުން ، ޝަކުވާ ކުރަމުން ދިޔައީ ނ.އަތޮޅުގައި ރިޒޯޓެއް ނެތްވާހަކައެވެ. އަދި ޓޫރިސްޓުން ނެތީމާ ޓްވަރިޒަމް ދާއިރާއިން ލިބެންވާ އާމްދަނީ ލިބިގަތުމުގައި ފުރުޞަތު ނެތްވާހަކައެވެ. އަދާކުރާނެ ވަޒީފާއެއް ނެތްތާ ކުރާނެ އަމިއްލަ މަސައްކަތެއް ވެސް ނެތްވާހަކައެވެ. ފައިސާ ހުއްޓަސް އިންވެސްޓްކުރާނެ ރަގަޅުމާކެޓެއް ނެތްވާހަކައެވެ.
މިއީ ހުސްވާހަކަތަކެއްކަން އެނގިގެން މިދަނީ މިހާރުއެވެ. ރިސޯޓްތައް ތަރައްޤީ ކުރެވި ޓޫރިސްޓުން އައި އިރުވެސް ގިނަރަށްރަށުގެ ރައްޔިތުންނަކަށް ކުރިންދެއްކި ވާހަކަތަކާއި ޝަކުވާތަކުގެ ހަނދާނެއް ނުކުރެވެއެވެ. އެއްވެސް އޮޅުމެއް، އަދި ސުވާލެއްނެތި އަޅުގަނޑަށް އެނގެނީ ލަންދޫރައްޔިތުންގެ ކަންތައްތައް ހުރިގޮތެވެ. ޚުދު އަޅުގަނޑުވެސް ހިމެނޭ ގޮތުންނެވެ. ހަމަގައިމުވެސް ލަންދޫ އެއްވެސް ރައްޔިތަކު އަދި މިހާތަނަށް މިކަމަކަށް އެއްވެސް ތައްޔާރެއްވީ ވާހަކައެއް އަޅުގަނޑު ނުއަހަމެވެ. ފަހަރެއްގާ އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ގޯހީ ކަމަށް ވެސް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ.

0 ޚިޔާލު: