Saturday, 13 September 2008
ކުދިންތަރުބިއްޔަތުކުރުން - ހަމައެކަނި ސްކޫލްގެ ޒިންމާއެއްބާ؟
ސ
mail: moosa.goma@yahoo.com
ސްކޫލްގައި ކިޔެވުންނެތް ދުވަހެއްކަމުން އާދައިގެމަތިން އަޅުގަނޑު ދަރިފުޅުގޮވައިގެން ވަގުތުހޭދަކޮށްލުމުގެ މަގްޞަދުގައި ބައިސްކަލްގެ ފަހަތުގޮނޑިއަށް ދަރިފުޅުލައިގެން ބަނދަރުސަރަހައްދާއި ދިމާއަށް ދެވުނުދުވަހެކެވެ. ބަނދަރުސަރަޙައްދުގައިވާ ފިނިމައިޒާނާއި ހިސާބަށް ނުދެވެނީސް މެދުޢުމުރުފުރައިގެމީހަކު އަޅުގަނޑާއި މުޙާތަބުކޮށް ބުނެލިއަޑުއިވުނެވެ. މޫސަބަލާބަލަ މިތިބީ ސްކޫލްކުދިބައެއް ކޮންމެދުވަހަކުމިތާތިބެ ތާސްކުޅެސަކަރާތްޖަހާ ހަދާ ، އަޅުގަނޑު މަޑުކޮށްލައިފާ އެތަނަށް ރަގަޅަށް ބަލައިލީމެވެ. ތެދެކެވެ. ސްކޫލްގެ ހަތަރުވަރަކަށް ކުދިންތިއްބެވެ. ހިތާމައަކީ އަޅުގަނޑާއި މުޚާތަބުކޮށް އެހެންބުނިމީހައިގެ ދަރިފުޅުވެސް އެތާއިންކަމެވެ.
މީ މިހާރު އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައިވެސް ޢާއްމުކަމެކެވެ. ކުދިންގެ އަޚްލާގްގެ ކުޑަނަމަވެސް ކަމެއްދިމާވެއްޖެނަމަ އެކަމެއްގެ ޒިންމާ އަޅުވާނީ ސްކޫލްގައެވެ. ސްކޫލްގައި އިސްކޮށްތިބޭ ބައެއްގެ ބޮލުގައެވެ.

Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment