Sunday, 7 September 2008
!ފަޅާބެހޭގޮތުންގޮތެއްނިންމުމަށްލަންދޫރައްޔިތުންއެއްކޮށްފި
މިރޭ ލަންދޫ ރައްޔިތުން ، ލަންދޫގައި ކޮންނަމުންދާ ފަޅު ބޮޑުނުކޮށް ދިނުމުގެ ސަބަބުން އެކަމަށް ގޮތެއް ނިންމުމަށް ޓަކައި ލަންދޫ އޮފީހުގެފަރާތުގެފަރާތުން ލަންދޫރައްޔތުންނާއި ބައްދަލުކުރައްވައިފއެވެ. މިބައްދަލުވުމުގައި އިއްތިފާގުން ފާސްވީ މިހާރުވެސް ސަރުކާރުން ކޮނެދެއްވުމަށް ހަމަޖެހިފައިވާ މިންގަނޑަށް 200 ފޫޓް 300 ފޫޓް ފަޅެއް ކޮނުމަށް އެއްބަސްވުމަށެވެ.

މީގެ ދުވަސްކޮޅެއްކުރިން ލަންދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެ އޮފީހަށް ޕްރެޝަރ ކޮށްގެން ފަޅުގެ މަސައްކަތް ހުއްޓާލުމަށް އޮފީހުގެ ފަރާތުން ވަނީ މަސައްކަތް ކުރަމުންދާ ފަރާތަށް އަންގާފައެވެ.
މިބައްދަލުވުމުގައި ކަތީބު ނަޞީރު ވިދާޅުވީ މާދަމާއިން ފެށިގެން އަނެއްކާވެސް ފަޅުގެމަސައްކތް ކުރިއެކޭ އެއްގޮތަށް ހިނގަމުންދާނެކަމަށެވެ.
ގާތް ގަޑަކަށް ރައްޔތުފިރިހެނުންގެ 88 މީހުން ޙާޟިރުވެލެއްވި މިބައްދަލުވުމުގައި އިތުރުއެހެންކަންކަންވެސް ފާސްކުރެވިގެންދިޔަކަމުގެ މަޢުލޫމާތު ވަނީ ލަންދޫއިންފޯއަށް ލިބިފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްޞީލް ލިބެމުންދާ ވަރަކަށް ގެނެސްދެވޭތޯ މަސައްކަތް ކުރާނެވާހަކަ ލަންދޫއިންފޯ ބައްލަވާ އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment