Saturday, 6 September 2008

ޖޯކަރަކު ބުންޏެވެ. " ނަދުރު އިސް ނަދުރު؛ ކަދުރު އިސް ކަދުރު
ނަދުރު ގޮވުމަކީ ދިވެހިންގެ ޒަމާންވީ އާދަކާދައެކެވެ. އެބޯދާ ހިޔާލް ދިވެހިންގެ ތެރެއިން ނެތި ދާންފެށުމަކީ އަޅުގަޑުމެން އެހާކަންބޮޑުވާ މައްސަލައެތް ނޫނެވެ. ސަބަބަކީ އެގޮތަށް ހުރި ބައެތް މިޒަމާނާ ނުގުޅޭ ހިޔާލްތަށް ޒަމާނާއެކު ފޮރުވެ ފަސްލެވެމުން ދަނީ އެ ހިޔާލްތަށް އެކުލަތަށް ހަމަ ހަގީގަތުގަވެސް ބޭނުންހިފަން މިޒަމާން ތަންނުދޭތީއެވެ. ވިސްނާލަމާތޯއެވެ. އެބޯދާހުރިހާކަންތައްތަކެތް އަޅުގަޑުމެން ގަބޫލް ކޮށް ހިފެހެއްޓިނަމަ މިއަދުވެސް އަޅުގަޑުމެން ތިބީހީ މަހާކާއްޓާކަމުން އޮރިޔާން ނިވާނުވާހާލު ދެވިދިޔޯއަށް އަޅުކަން ކުރާށެވެ.
އަޅުގަޑުވެސް ގަބޫލްކުރަމެވެ. އެފަދަ ކަންތަށްތަށް މިތާ މިހާރު ނުކުރިޔަސް އެފަދަތަންތަނަށް ހިމާޔަތް ލިބިދޭންޖެހޭނެއެވެ. އެފަދަ ތަންތަން ތާރީހަށްޓަކާވެސް ހިމާޔަތް ކުރަންޖެހޭނެއެވެ. ލަންދޫގެ ވެވުވިސް ބައެތްގެ ވިޔާނުދާ އަމަލުތަކަކާ ހުރެ ގެއްލިދިޔަތީ މުޅިލަންދޫ މޮޅީގެ ސާލެއްލައިގެން ބެޑަށް އަރާ ދެފައިދަމަދަމާފައި ނިދޭކަށް ނެތެވެ. އެފަދަ އަނެތްތަން އެހެރަގެން ވީރާނާވަމުން ދަނީއެވެ. ހިމާޔަތްލިބުނީ ހަމައެކަނި ހަވިއްތަ އަށެވެ. ޒިޔާރަތް މަގުގައި ހުރި ޒިޔާރަތަށް ލަންދޫގެ އެއްވެސް ރައްޔިތަކު ހިމާޔަތް ނުދިނީ އަޅެފަހެ ކީއްވެބާއެވެ. މީވީރާނާވަމުން ދާއަނެތްތަނެވެ.
0 ޚިޔާލު:
Post a Comment