Saturday, 2 August 2008
ޤާނާ އަށް ޝަރަފްވެރި ކަމުގެ ލިޔުން ހަވާލްކޮށް ދެއްވަނީ
ކުޅިވަރުގެ ސަޙުސިއްޔަތު – 01
ކުޅިވަރަށް ޚާއްޞަކޮށް ފުޓްބޯޅައަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ފަރާތުން ޤާނާ އަށް ޝަރަފްވެރި
ކަމުގެ ލިޔުން ހަވާލްކޮށް ދެއްވަނީ
މިއަހަރުގެ އުފާވެރި މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވުނު އެކުވެރިކަމުގެ ފުޓްބޯޅަމެޗު ފެށުމުގެ ކުރިން ލަންދޫގެ ކުޅިވަރަށް ޙާއްޞަކޮށް ފުޓްބޯޅައަށް ޚިދުމަތް ކުރުމުގެ ރޮގުން ޝަރަފުވެރިކަމުގެ ހަނދާނީ ލިޔުން އެރުވުނު މިރަށު ހުދުވެލި އަލްފާޟިލް އަބްދުލް ޤަނީ އުމަރު (ގާނާ) އަކީ މިފަހަކަށް އައިސް ލަންދޫގައި އުފެދުނު ކުޅިވަރުގެ ޞަހުސިއްޔަތެއް ކަމުގައި ދެންނެވި ދާނެއެވެ.
އުމުރުން ވަރަށް ޅައުމުރުގައި ކުޅިވަރުގެ ތެރެއަށް ވެންނެވި ގާާނާ އަކީ ކުޅިވަރާއި މިއުޒިކަށް ވަރަށް ޝައުޤުވެރިކަން ދެއްވާ އިސްވެ މިއުޒިކާއި ކުޅިވަރު ކުރިއެރުވުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދާ ފަރާތެކެވެ.
ލަންދޫގައި މިއުޒިކް ޝޯއެއްް ނުވަތަ ފުޓްބޯޅަ މެޗެއް ކުޅެވޭނަމަ އެކަމުގައި އެންމެ އިސްކޮށް ހަރަކާތް ތެރިވަނީ ގާނާއެވެ.
ލަންދޫގައި މިއުޒިކް ކުޅޭނެ އެއްޗެއް ނެތިފައި ވަނިކޮށް މިއުޒިކް ކުޅޭނޭ ޒަމާނީ ސާމާނު ހޯދާފައި ވަނީ ގާނާގެ އިސްނެގުމުގެ މަތިން ގާނާ އާއި އެކު ޒުވާނުން ތަކެއް އެކުވެގެން ކުރި ބުރަ މަސައްކަތުންނެވެ.
ފުއްޕާހަމުގަައި ފޮތި އޮޅައިގެން ބޯޅަ ކުޅުނު ޒަމާނުގައި ފުޓްބޯޅާއިގެ ތެރެއަށް ވެންނެވި ގާނާ އަކީ މިއަދުވެސް އޭނާގެ ދަރިންނާއި އެކު ރަސްމީ މެޗްތަކުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. އަދި މިހާރު ގާނާ އެންމެ ދެކެން ބޭނުންވަނީ ގާނާގެ ދެދަރިންކަމުގައިވާ ހުނަރުވެރި ޑިފެންޑަރ ހަސަން ޒަރީރު އާއި ކުޅަދާނާ ފޯރވާޑް ޝިނާނު އަބްދުލް ޤަނީ އާއި އެކު ޒޯން ފުޓްބޯޅަ މުބާރާތެއްގައި ކުޅެލުމެވެ.
އަޅުގަނޑު ޤަބޫލް ކުރާގޮތުގައި ގާނާގެ މިހުވަފެން މާދުރުނޫން މުސްތަޤުބަލެއްގައި ހަގީގަތަކަށް ވެގެންދާނެއެވެ. އަޅުގަނޑުމެންގެ އެދުމަކީ އިއްޔެއެކޭ މިއަދޭކޭ އެއްފަދައިން މާދަމާވެސް ކުޅިވަރަށް ޙާއްޞަކޮށް ފުޓްބޯޅައަށް ޙިދުމަތް ކުރެއްވުމުގައި ގާނާ ދެމިހުންނެވުމެވެ.
ގާނާގެ ވަނަވަރު
* ފުރިހަމަ ނަން : ޢަބުދުލް ޤަނީ ޢުމަރު
* ޢުމުރު : 40 އަހަރު
* އެޑްރެސް: ހުނދުވެލި / ނ. ލަންދޫ
* ޢާއިލާގައި ތިބި މެމްބަރުންގެ ޢަދަދު : އަންބަކާއި 5 ދަރިން
* އެންމެ ކާހިތްވާ ކެއުން : ގަރުދިޔަ އާއި ބަތް
* އެންމެ ކުޅޭހިތްވާ ކުޅިވަރު : ފުޓްބޯޅަ
* އެންމެ ގާތް އެކުވެރިޔާ : މޫސާ ހުސެއިން
* އެންމެ ދާހިތްވާ ރަށް : ށ. ފުނަދޫ
* އެންމެ ދެރަވި ދުވަސް : މައްސަލައެއްގައި ޖަލަށް ލީ ދުވަސް
* އެންމެ އުފާވި ދުވަސް : ބ. އަތޮޅު އޭދަފުށީގައި އަތޮޅު މުބާރާތުގެ ތަށި މިލަދޫ އާޢި އެކު ކުޅެ ލިބުނު ދުވަސް
* މިހާރު ކުރިއަރަމުން އަންނަ ކަމަށް ފާހަގަ ކުރެވޭ އެންެމެ މޮޅު 3 ކުޅުންތެރިން
1. އަޙްމަދު ސުޖާދު / ކަރަންކާ ލައިޓް – ނ. ލަންދޫ
2. ޢަލީ ޝިމާޢު / ނިރު - ނ. ލަންދޫ
3. އަޙްމަދު ޝާތިޢު / ސަމާ - ނ. ލަންދޫ
* ޤާނާ އަށް އެންމެ ފަހުން ދެވުނު ޝަރަފްވެރި ކަމުގެ ލިޢުމާއި މެދު ދެކެނީ : އަޅުގަނޑުމެން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރާ ބަޔަކުވެސް ތިބި ކަމުގެ އިޚްސާސް ކުރެވުން.
* އެންމެ ފޫހިވަނީ : ގަޑިއަށް ފަރުވާތެރިކަން ނުބަހައްޓާތީވެ
* މިއަހަރުގެ ހޮލިޑޭކަޕާއި މެދު ކުރާ ޢުއްމީދު : މިފަހަރުގެ މުބާރާތް ވަރަށް ފެންވަރު ރަނގަޅުވާނެ ކަމަށް އުއް މީދު ކުރަން.
* ދެޖަމްޢިއްޔާ އުފެއްދުމާއި މެދު ދެކެނީ : ވާހަކަ ދެކެވޭ ނަމަ އެއްވެސް މައްސަލައެއް ނޫން.
* ނިންމާލަމުން ބުނެލާނީ : ލަންދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުރިހާ ކުދިން ގުޅިގެން އިތުރަށް މަސައްކަތް ކުރާށޭ.
ޝުކުރިއްޔާ !

Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment