ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 4 January 2009

ލިޔެސް ޖަމްއިއްޔާގެ މަޞްއޫލް މެންބަރުގެ އެނބުރި އައުން
ސ- އަހަރެންވެސް ރަށަށް ކަންތައްތަކެއް ކޮށްދޭން ޖެހޭނެކަމަށް ޤަބޫލުކުރަން - އިމާދު

ލިޔުނީ: ޙަފްޞީ ޢަބުދުﷲ


ލަންދޫގައި މިވަގުތު ހުރި އެންމެ ތައުލީމީ ޒުވާނަކީ ކާކުތޯ ސުވާލުކޮށްފިނަމަ އެމީހަކަށް ވާނީ ނ.ލަންދޫ އަލިމަސްގޭ އިމާދު އަބޫބަކުރެވެ. ލަންދޫގައި ފުރަތަމަ ފަހަރަށް މަތީ ޘާނަވީ ނިންމި އިމާދު އަބޫބަކުރު ރަށަށް އެންމެ ފަހުން ދިޔަ ދުވަހެއް އަޅުގަނޑު ހަނދާނެއް ނެތެވެ. ނަމަވެސް އޭނާ ރަށުގެ ޚަބަރުތައް ހޯދައެވެ. ރަށުގެ މައުލޫމާތުތައް އެއްކުރެއެވެ.

މިކަން އަޅުގަނޑަށް ކަށަވަރުވީ ލިޔެސް ޖަމްއިއްޔާއިން މާލޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ، ހުށައެޅި ހިޔާލުތަކުންނެވެ. އޭނާ ވިދާޅުވިއެވެ. ލަންދުއަކީ އޮންނަ ތަނެއްކަމެއް ރާއްޖޭގެ ގިނަ މީހުނަކަށް ނޭންގެއެވެ. ލަންދޫގައި މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު އުޅޭތީ ކަންބޮޑުވާކަން ފާޅުކޮށް ދާދިފަހުން އެފަދަ އަމަލެއް ބަޔަކު ކޮށްފައިވާކަމުގެ ޚަބަރު ލިބިފައިވާކަން ހާމަކުރިއެވެ. ރަށަށް ދަނޑުވެރިކަން ތަޢާރަފްކޮށް ހޭލުންތެރިކުރުވަން ވެއްޖެ ކަމުގެ ހިޔާލު ފާޅުކުރިއެވެ. މިފަދަ އެތައް ހިޔާލެއްދީ މެންބަރުންނަށް ހިތްވަރުދެއްމުން ވިދާޅުވީ އަހަރެންނަށްވެސް ރަށަށް ކަންތައްތަކެއް ކޮށްނުދެވޭތާ ދުވަސްތަކެއް ވެއްޖެކަމަށާ، ނަމަވެސް އަހަރެންނަކީވެސް ރަށުގެ ޒުވާނަކަށްވެފައި ކަންތައްތަކެއް ކޮށްދޭން ޖެހޭކަމަށް ޤަބޫލުކުރާކަމަށެވެ. އަދި އެކަމަށް މަސައްކަތްކުރަން ނިންމައިފިކަމަށް އިމާދު ވިދާޅުވިއެވެ. ޕޮލިސް ސަރވިސްގައި އިސް މަޤާމެއް އަދާކުރައްވަމުންދާ އިމާދު އަބޫބަކުރު ވިދާޅުވީ ކުރިން ޖަމްއިއްޔާގެ މަޞްއޫލް މެންބަރެއްގެ ގޮތުގައި ހުރެ ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތްކޮށް، ކަންތައްތަކެއް ކޮށްދެވިފައިވާނެކަމަށެވެ. ނަމަވެސް އެއީ ލިޔެސް ޖަމްއިއްޔާ އެހެން ނަމެއްގައި އޮތް އިރުއެވެ.
ލިޔެސް ޖަމްއިއްޔާއާއެކު ރަށަށް އިތުރު ޚިދުމަތްތަކެއް ކޮށްދެން ބޭނުންކަމަށާއި، އެކަމަށް މަސައްކަތްކޮށް އަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވާނެކަމަށް އިމާދު ވިދާޅުވިއެވެ. އެގޮތުން ޖަމްއިއްޔާއަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްކޮށްދޭނެކަމަށް ވިދާޅުވިއެވެ. ލިޔެސް ޖަމްއިއްޔާއިން މާލޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ، ޒުވާނުންގެ އަތްމައްޗަށް ޖަމްއިއްޔާ ދޫކޮށްލުމަށްވެސް މަސައްކަތްތަކެއް ކޮށްދީފައިވުމުން އިމާދު އެނބުރި އައީކަމަށް ޤަބޫލުކުރެވެއެވެ.ލިޔެސް ގެ ޒުވާން ތައުލީމީ މަޞްއޫލް މެންބަރުގެ އެހީތެރިކަމާއެކު މިޖަމްއިއްޔާ އިތުރު ހަރުފަތްތަކަކަށް އަރާނެކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.

0 ޚިޔާލު: