ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 4 January 2009

ލިޔެސްޖަމްއިއްޔާއިންލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ހަމަޖައްސައިފި.

ޚަބަރު: ޙަފްޞީ ޢަބުދުﷲ



ލންދޫޔޫތް އެންކަރޭޖިންގ ސޮސައިޓީން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖައްސައި، އެމަސައްކަތް ފަށައިފިއެވެ. ރޭ މާލޭގައި ބޭއްވި އެޖަމްއިއްޔާގެ ފުރަތަމަ ބައްދަލުވުމުގައި މެންބަރަކު މިހިޔާލު ހުށައެޅުމުން ހުރިހާ މެންބަރުންގެ އިއްތިފާޤުން މިކަން ކުރިއަށް ގެންދަން ވަނީ ފާސްވެފައެވެ.

އެގޮތުން މިކަމަށް ކޮމިޓީއެއް ނަގައި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް ތައްޔާރުކުރުމަށް އެއްހަފްތާގެ މުއްދަތެއް ވަނީ ދީފައެވެ. އެއަށްފަހު ތެލެސީމިއާ ސެންޓަރާއި ރަސްމީކޮށް ވާހަކަ ދެއްކުމަށްފަހު ވަކި ދުވަހެއް ކަނޑައަޅާގޮތަށް ޖަމްއިއްޔާގެ މާލޭ ދާއިރާއިން ވަނީ ހަމަޖައްސާފައެވެ.
މެންބަރުންގެ ވިސްނުން ބޮޑަށް ހުރީ ދިގު މުއްދަތަކަށް މިޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށެވެ. އެއީ އެއްދުވަހެއްގަ ގިނަ މެމްބަރުންނަށް ލޭދިނުމަށް ނާދެވޭނީތީއެވެ. މުއްދަތެއް ކަނޑައަޅާނީ ލޭ ހަދިޔާ ކުރަން ތިބި މީހުންގެ ލިސްޓެއް އެކުލަވާލެވުމުންނެވެ.
މިއީ ޖަމްއިއްޔާގެ މަޤްޞަދުތައް ފުރިހަމައަށް ހާޞިލްކުރުމަށާއި، ކުޅިވަރުގެ އިތުރުންވެސް ޤައުމީ ފެންވަރުގައި ޖަމްއިއްޔާއަށް ކޮށްދެވޭނެ ކަންތައްތައް ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

0 ޚިޔާލު: