ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Sunday, 4 January 2009

ލިޔެސް ޖަމްއިއްޔާއިން ފުރަތަމަ ފަހަރަށް މާލޭގައި ބައްދަލުވުމެއް ބާއްވައިފި

ޚަބަރު: ޚަފްޞީ ޢަބުދުﷲ




ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީން ފުރަތަމަ ފަހަރަށް މާލޭގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން އޮތީ ރޭ އެފް،އޭ،އެމް ހައުސްގެ މީޓިންގ ރޫމްގައެވެ. މާލޭގައި މިވަގުތު ތިބި ޖަމްއިއްޔާގެ މެންބަރުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވެވެން ތިބި ހުރިހާ މެންބަރުންވެސް މިބައްދަލުވުމުގައި ބައިވެރިވިއެވެ.

މީގެއިތުރުން ޖަމްއިއްޔާއަށް ހެޔޮއެދޭ ބައެއް ފަރާތްތައްވެސް ބައިވެރިވިއެވެ. އިއްޔެ މެންދުރުފަހު ކުއްލިގޮތަކަށް އިންތިޒާމްކުރި މިބައްދަލުވުމުގެ ބޭނުމަކީ ޖަމްއިއްޔާގެ ގިނަ މެމްބަރުންނަކީ މާލެއާއި މާލެކައިރި ރިސޯރޓްތަކުގައި ހަރަކާތްތެރިވާ ބަޔަކަށްވާތީ އެމީހުންނަށް ކޮށްދެވޭނީ ކޮންކަންތައްތަކެއްތޯ މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ރަށުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، ދަނޑުވެރިކަން ރަށަށް ތަޢާރަފްކުރުމާއި، ޕްރީ ސްކޫލާއި، ޤުރުއާން ކްލާހެއްގެ މުޙިންމުކަން ހިމެނެއެވެ. މީގެއިތުރުން ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގުމާއި، ވެވް ނުވަތަ ކުޅި ހިމާޔަތްކުރުމާއި، ފަންޑެއް ހުޅުވުމާގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. މީގެތެރެއިން ބައެއް ކަންތައްތައް މިހާރުން މިހާރަށް ފެށުމަށް މެންބަރުން ވަނީ ނިންމާފައެވެ.
ކޮންމެ މަހަކުވެސް ހުރިހާ މެންބަރުންނާ، ޖަމްއިއްޔާއަށް ހެޔޮއެދޭ ފަރާތްތަކަށް ހުޅުވާލައިގެން މިފަދަ ބައްދަލުވުމެއް މާލޭގައި ބޭއްވުމަށާއި، މީގެއިތުރުން މާލޭގައި ހަރަކާތްތެރިވާ ހިންގާ ކޮމިޓީގެ އިތުރު ބައްދަލުވުމެއް މަހަކު އެއްފަހަރު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސަތާރަ މެންބަރުން ބައިވެރިވި މިބައްދަލުވުމަށްފަހު، ހާބަރު ކަޑާގައި ރެފްރެޝްމަންޓެއްވެސް ވަނީ ބާއްވާފައެވެ.

0 ޚިޔާލު: