Sunday, 4 January 2009
ފަންގިވިންނަފަރާތްތަކުގެ ފަން ވިއްކޭނެގޮތެއްނެތިގެން ތިބެންޖެހިފައި
ލިޔުނީ : އަޙްމަދު ދާއޫދު

ޢާއްމުކޮށް ލަންދޫއަންހެންވެރިން އާމްދަނީ ހޯދުމަށް ކުރާމަސައްކަތަކީ ފަންގިވިނުމޭ ބުންޏަކަސް މުޅިންދޮގަކަށް ނުވާނެއެވެ. މަސައްކަތް ކުރާޢުމުރުގެ އަންހެނުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ފަންގިވިދެގެން އާމްދަނީހޯދާ މީހުންނެވެ. ފަންބޮޑިއެއް -/15 ރ. އަށް ވިއްކީ މީގެ 15ވަރަކަށް އަހަރުކުރިންކަމުގައިވިޔަސް މިއަދު މިވަނީ-/45 ރ. އަށް ފަންބޮޑިއެއްގެ އަގު އަރާފައެވެ. އެހެންކަމުން އާމްދަނީ ހޯދުމުގެ ގޮތުން ކުރަންއެންމެރަގަޅު އެއްމަސައްކަތަކީ ފަންގިވިނުންކަމުގައި މިއަދު މިވަނީ ލަންދޫ އަންހެނުން ބަލައިގެންފައެވެ.
ފަންގިވިނުމޭ ބުންޏަކަސް މިއީވެސް ވަރަށްބުރަމަސައްކަތެކެވެ. މިކަމުގެ ބުރަކަން އެންމެރަގަޅަށް އިޙްސާސް ކުރެވޭނީ ހަމަ މިމަސައްކަތުގައި އުޅޭމީހުންނަށެވެ. ވަލަށްވަދެ ފަންހޮވައިގެން ، ބޮނބިފާކޮށް ރޯނުވަށައިގެން ކުރާމިމަސައްކަތުގައި އެންމެ ސްޕީޑް ހަލުވި މީހުންނަށްވެސް ޢާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް ވިދެވެނީ އެންމެގިނައިންވެސް 3 ބޮނޑިފަނެވެ. އެހެންކަމަށްވާއިރު މަހެއްގެ މައްޗަށް މިމަސައްކަތުން ލިބޭއާމްދަނީގެ ނިސްބަތް ސަރުކާރު ގެ އާދައިގެ ވަޒީފާއެއް އަދާކުރާމީހަކަށް ލިބޭއާމްދަނީ އާ އަޅާ ކިޔާލުމަކީ ގޯހެއްކަމުގައި ނުދެކެމެވެ.
ކަންމިހެން ހުރިނަމަވެސް ދެރަކަމަކީ މިފަދަބުރަމަސައްކަތުން އުފައްދާ ފަންކޮޅު ވިއްކޭނެގޮތެއް ނެތިފައި މިއަދުގިނަބަޔަކު ލަންދޫގައި ތިބެންޖެހިފައިވުމެވެ. އަދަކީ މިމަސައްކަތުން އާމްދަނީހޯދާ ބައެއްމީހުންގެ ޝަކުވާތަކުގެ އަޑުއިވުނު ފުރަތަމަދުވަހެއްވެސް ނުމެނޫންމެއެވެ. ފަންވިއްކަން ގޮސްފާ އައި އަންހެނަކު ބުންޏެވެ. " އަހަރެން ފަންހިފައިގެން ބަނދަރަށް ދިޔައީ ހެނދުނު 9 ޖެހިތަނާ . މިހާރު މިއޮއްގެން ޢަޞުރަށް ގޮވަނީ . މިވަރުންވެސް މިއައީ ނުވިކިގެން ފަންކޮޅުހިފައިގެން ގެއަށް " މިގޮތަށް ނުވިކިގެން ފަންކޮޅުހިފައިގެން ފުދޭވަރެއްގެ ގިނަބަޔަކު ގެއަށް އައި އިރު މިއަދު ފަންގަންނަން އައި ށ.ފީވަކު ދޯނީގެ ކެޕްޓަނާއި އަޅުގަނޑުސުވާލުކޮށްލީމެވެ. އޭނާ ބުނުއްވީ ހަމައެކަނީ ލަންދޫންވެސް މިއަދު 1100 އަށްވުރެ ގިނަބޮނޑިފަންގަނެފައި އެދޯނީގައިވާނެކަމުގައެވެ.
އެހެންކަމަށްވާއިރު ފަނުގެ ޑިމާންޑް އެއްދުވަހުން އަނެއްދުވަހަށް ދައްވިޔަނުދީ އެއްވަރެއްގްއި ހިފެހެއްޓޭތޯ ބެލުމަކީ އަޅުގަނޑުމެން ފަންއުފައްދާ މީހުން ވިސްނަންވެއްޖެކަމެއްކަން ކަށަވަރެވެ. ފަންގަންނަށް ބަޔަކު އަންނައިރަށް ކުރިއަށްނުކުމެ ފަނުގެ އަގުދައްކޮށްދޭނަމޭ މަށަށް ވާނޭ ކޮންމެބޮނޑިއަކުން 2 ރުފިޔާދޭން ކިޔައިގެން ޑީލްހެދުމުގެ ބަދަލުގައި ރަށުގެ އެންމެދެރަނިކަމެތި މީހާގެ މަތިން ވެސް ހަނދާންކުރުން މާބުއްދިވެރިވާނެއެވެ.
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment