ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 13 January 2009

ކެނދިކުޅުދޫސްކޫލްގެ ޕްރިންސިޕަލް ޢަބުދުﷲ އަޙްމަދު ކެމްޕޭން ދަތުރުފުޅެއްގައި ލަންދޫއަށް ވަޑައިގެންފި


ކުރިއަށް އޮތް ޢާޢްމު އިންތިޚާބަށް ނ.އަތޮޅުގެ ތިންދާއިރާއިން ކުރެ ނ.ކެނދިކުޅުދޫ ހިމެނޭ އިރުމަތީ ބިތަށް ރައްޔިތުންގެ މަޖްލީހުގެ މެމްބަރުކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވާ ނ.ކެނދިކުޅުދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަބުދުﷲ އަޙްމަދު އިއްޔެ ލަންދުއަށް ކެމްޕެއިން ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
މިއިންތިޚާބުގައި މިހާތަނަށް މާޅެންދޫ އާއި ހެނބަދޫ ފިޔަވާ މިބިތުގައި ހިމެނޭ 5 ރަށުން ކޮންމެރަށަކުންވެސް މަދުވެގެން އެއްބޭޅަކު ކުރިމަތިލައްވާނެކަމަށް ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިފައިވެއެވެ. މިހާތަނަށް އެނގިފައިވާ ގޮތުން ލަންދޫއިން ވެސް ދެބޭފުޅަކު މިއިންތިޚާބުގައި ވާދަކުރައްވާނެކަމަށް އެންގިފައިވެއެވެ.

އަލްފާޟިލް ޢަބުދުﷲ އަޙްމަދަކީ މިހިސާބުގެ ވަރަށް ގިނަބަޔަކު ދަންނަ މަޝްހޫރު މޫނެކެވެ. އެބޭފުޅާގެ މަޝްހޫރުކަމާއި ހުނަރުވެރިކަން އިތުރަށް ހާމަވެގެން ގޮސްފައިވަނީ 2006 ވަނައަހަރު ކެނދިކުޅުދޫ ސްކޫލް ހިންގަވަން ވެރިއެއްގެ ގޮތުގައި އެބޭފުޅާ ހުންވައިގެން އެސްކޫލްގެ ދަރިވަރުން ޖީސީއީ އިމްތިޙާނު ތަކުން ހޯދި މަތިވެރި ކާމިޔާބީއެވެ. ޢަބުދުﷲ އަޙްމަދު ގެ ހީވާގި މަސައްކަތް ޕުޅާއި އެކު މިހާރު ކެނދިކުޅުދޫ ސްކޫލްގައި ވަނީ ގްރޭޑް 11 އަދި 12 ވެސް އުފައްދާފައެވެ.
އަދި މިހާތަނަށް އެނގިފައިވާ ގޮތުން ލަންދޫ މާޅެންދޫ ހެނބަދޫ ކެނދިކުޅުދޫ ކުޑަފަރި މިފަސްރަށުން ބޭފުޅުން ކުރިމަތިލައްވާ އިރު މިއިންތިޚާބު ޔަޤީންކަމާއި އެކު ކާމިޔާބުކުރެއްވޭ ވަރުގެ ޝަޚްޞިއްޔަތެއް ކުރިމަތިލައްވާނެކަމަކަށް ގިނަމީހުން ނުބުނެއެވެ. ކޮންމެ މީހަކުވެސް ބޮޑަށް ބުރަވަނީ އެމީހެއްގެ ރަށުމީހާއަށް ވޯޓުދިނުމަށެވެ. އަދި ރަށުން އެކަކަށްވުރެ ގިނަމީހުން ކުރިމަތިލައްވައިފިނަމަ މެމްބަރުކަމަށް އެންމެ ޤާބިލް ފަރާތަކަށް ވޯޓުދިނީމާ ހުންނާނީ ރަގަޅަށް ކަމަށް ބައެއްފަރާތްތަކުން މިހާރުވެސް ބުނަމުން ދެއެވެ.
އިންތިޚާބު ކާމިޔާބުކުރައްވާނީ ކޮން ކެނޑިޑޭޓެއްކަން އެނގިގެން ދަންނަވަން އެގެނީ އިންތިޚާބަށް ފަހުގައި ދޮގެއްތޯއެވެ.

0 ޚިޔާލު: