Wednesday, 14 January 2009
ގިނަބަޔަކު ހީކުރިގޮތާއި ޚިލާފަށް
ލަންދޫ ކައުންސިލަރގެ މަޤާމަށް މަޖޫ ހަމަޖައްސަވައިފި

ލަންދޫ ކައުންސިލަރުގެ މަޤާމަށް ލަންދޫ ރަސްފަރު މަޖުދުﷲ ޢަބުދުއްރައްޒާޤު ސަރުކާރުން މިއަދު ހަމަޖައްސަވައިފިއެވެ. ކައުންސިލަރުގެ މަޤާމަށް ކުރިން ހަމަޖެހޭނެކަމަށް ގިނަޔަކު ޤަބޫލުކުރަމުން އައީ ސީދާ ތިމަންނަ ރަށުގެ ކައުންސަލަރކަށް ދާނަމޭ ފާޅުގައި ބުނަމުން އައި ލަންދޫ ބުލޫކިޔާގެ އަލްފާޟިލް ޖައުފަރު ރަޝީދެވެ. ނަމަވެސް އެކި ގޮތްގޮތަށް ތަފާތު ބަހުސް ތައް ރަށުތެރޭގައި މިކަމާއިމެދު ކުރެވެމުން މިދާ ދަޑިވަޅުގައި ކުއްލިއަަކަށް އިވިގެންދިޔަ ޚަބަރަކީ މަޖޫ މިމަޤާމަށް ހަމަޖެހިގެން ދިޔަ ޚަބަރެވެ. އެހެންކަމާއި އެކު ލަންދޫއިންފޯއިން އޭނާއަށް އިސްވެ މަރުޙަބާކިޔަމެވެ.
ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ނ.އަތޮޅުތަޢުލީމީމަރުކަޒުން ޙާސިލްކުރެއްވި އަލްފާޟިލް މަޖްދުﷲ ޢަބުދުއްރައްޒާޤަކީ މާލޭއިންގްލިޝް ސްކޫލުންވެސް ތަޢުލީމު ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ލަންދޫ މިއަދު މިދެކޭ ތަރައްޤީގެ ބާނީ ކަމުގައިބެލެވޭ މުޅިއަތޮޅަށާއި، ރާއްޖެއަށް ޤައްޒާފީ ގެ ނަމުން މަޝްހޫރުވެފައިވާ ލަންދޫގެ ކުރީގެ ކަތީބު އަލްމަރުޙޫމް ޢަބުދުއްރައްޒާޤު މޫސާގެ ދެވަނަ ދަރިފުޅު މަޖުދުﷲ ފާހަގަ ކުރެވިފައިވަނީ އެމްޑީޕީ އަށް ވެންނެވީންސުރެން މިއަދާއި ހިސާބަށް އެމްޑީޕީ އަށް ޓަކައި ވަރަށް އިޙްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
ރަށުގެ އެކިކަންކަން އިސްލާޙްކުރެއްވުމަށް ކުރެއްވެން ހުރި ކަންތައް ތަކަކީ ކޮބައިތޯ ބައްލަވާ އެފަދަމަސައްކަތްތަކުގައި އުޅުއްވާ އަދި އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރައްވާ ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައިވެސް ރައީސް ނަޝީދަށް ވޯޓްހޯއްދެވުމަށް ރަށުގައިވެސް އަދި މާލޭގައިވެސް ވަރަށްބުރަމަސައްކަތް ތަކެއްކުރައްވާފައިވާ މަޖުދުﷲ އަކީ މިހާރު މާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިދިޔަ އަލްޙާ ޢީދުބަންދުގައި ޢާއިލާއާއި އެކު އީދުޗުއްޓީ ހޭދަކޮށްލެއްވުމަށް ރަށަށް ވަޑައިގަތެވެ.
ލަންދޫ ބޮޑުކަތީބު އަލްފާޟިލް ޙަސަންނަޞީރު އާއި ދެބެންގެ ދެދަރި ލަންދޫ ރަސްފަރު އަލްފާޟިލް މަޖްދުﷲ ޢަބުދުއްރައްޒާގު ފަހަކަށްއައިސް ފާހަގަކުރެވިފައިވަނީ ދީންވެރި މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. އަދި މަޖޫއަކީ ކުޑައިރުއްސުރެވެސް މިއަދާހަމައަށް ވެސް ރައްޓެހިންނަށް ހެޔޮ ގާތްތިމާގެ މީހުން ނާއިގުޅޭ އޯގާތެރި ބޭފުޅެކެވެ.
ރަށުކައުސިލަރުގެ މަޤާމަށް އަލަށް މަޖޫހަމަޖެހިގެންދިޔުމުން ލަންދޫއިންފޯގެ ފަރާތުން މަޖޫއަށް ތަހްނިޔާއާއި މުބާރަކުބާދީ އަރިސްކުރަމެވެ. އަދި މަޖޫގެ ދުރުވިސްނުމާއި، ހިންގުތެރި ވެރިކަމުގެ ދަށުން ލަންދޫގެ އެންމެހައިކަންތައްތައް މިހާރަށް ވުރެ ފުރިހަމަ ވެގެންދާނެކަމަށް ލަންދޫއިންފޯއިން އުންމީދުކުރަމެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment