ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 5 January 2009

މުރިނގު ޚާލިދުގެ ދެވަނދޯނި ބަނދެ ނިމިއްޖެ


މިވަގުތު ލަންދޫގައި ތިބި އެންމެ މުއްސަނދި މީހުންގެ ލިސްޓް ނަގާނަމަ ، ލަންދޫގެ މަޝްހޫރު ވިޔަފާރިވެރިޔާ ނ.ލަންދޫ މުރިނގު އަލްފާޟިލް ޚާލިދު އަބޫބަކުރު ގެ ނަން އެލިސްޓްގެ އެންމެމަތީގައި ޖަހާލުމަކުން މިހާރު ޚާލިދު ދަންނަ މީހުންގެ ހިތުގައި ސުވާލުތަކެއް އުފެދިގެނެއް ނުދާނެއެވެ. ޚާލިދުގެ އަންހެނުންގެ ބައްޕަގެ މާލެދަތުރުކުރާ އުޅަދެއްގައި ފަޅުވެރިއަކަށް ފުރަތަމަވެސް ނިކުތް ޚާލިދު މިހާރުމިވަނީ އަމިއްލަވިޔާފާރިއެއް ރަށުގައި ޤާއިމްކޮށް އެވިޔާފާރި ފުޅާކޮށް ، ޑައިވިންދޯންޏަކާއި ، މަސްދޯންޏެއް އަމިއްލައަށް ރަށުގައި ބަނދެ އެތަކެތީގެ ނަފާ އެންމެއެދެވޭގޮތުގައި ހޯދަންފަށާފައެވެ.

އަދިވެސް ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ލަންދޫގެ ވިޔާފާރި ސެކްޓަރ ކޮންޓްރޯލް ކުރަނީ ޚާލިދެވެ. ޚާލިދުގެ މުރިނގު 1 ، މުރިނގު 2 ، އަދި މުރިނގު 3 ން ( ތިންފިހާރައިން ) ގަންނަން ނުލިބިއްޖެ އެއްޗެއް ލަންދޫ ގެ އެހެންފިހާރައަކުން ގަންނަން ލިބޭނެއެކޭ ނުދެންނެވޭނެއެވެ.
ވިޔާފާރީގައި މިހާބޮޑުކުރިއެރުމެއް ހޯދާފައިވާ ޚާލިދު އަބޫބަކުރު ކުއްލިއަކަށް ދޯނިބަނެދެގެން އޮޑިދޯނިފަހަރު ދުއްވުމުގެ ޚިޔާލު ގެނެސް މިމަސައްކަތް ފެށުމާއިގުޅިގެން ޚާލިދުގެ ޢާއިލާގެ ތެރޭގައި ވަނީ ވަރަށްބޮޑެތި މައްސަލަތަކެއް ޖެހި އެއްބަޔަކު އަނެއްބަޔަކާއި ހިތްހަމަނުޖެހުން ކޮންމެވެސް ވަރަކަށްފާޅުވެސް ކޮށްހަދާފައެވެ. އަދި ޚާލިދުގެ ފުރަތަމަ ދޯނިބަންނަން ފަށާ މުޅިން ނިމުމަކާއި ހިސާބަށް ނުގޮސްއުޅެނިކޮށް ޚާލިދުގެ ޢާއިލާގެ ތެރޭގައި މިޖެހުނު މައްސަލައާއި ގުޅިގެން ދެވަނަދޯންޏެއް ބަންނަ ޚިޔާލު އައިސްގެން ފުރަތަމަދޯނި ހަމަނިމުމާއިގުޅިގެން ޖެހިޖެހިގެން ކަހަލަގޮތަކަށް މިވަނީ ދެވަނަދޯނިވެސް ބަނެދެނިންމާލައިފައެވެ.
ފަހުން މިނިންމިދޯނީގެ ވަޑިންގެ މުސާރައަށް އެކަނިވެސް ލައްކައަކަށްވުރެ ގިނަރުފިޔާ ޚަރަދުވެއްޖެކަމަށް ޚާލިދާއި ޙަވާލާދީ އޭނައިގެ އަންހެނުން ބުނެއެވެ. ފުރަތަމަދޯނިވެސް ނިންމާލިހާ ފަސޭހަކަމާއި އެކު މަސައްކަތަށް އެއްވެސް މަޑުޖެހުމެއްނެތި ދެވަނދޯނިވެސް މިހާރު އެވަނީ ނިންމާފައެވެ. މާދަމާއަކު އަނެއްދުވަހަކު ބާލާނެއެވެ.
އަޅުގަނޑުމެން އެދެނީ މިފަދަހީވާގިމަސައްކަތްތެރިންގެ މަސައްކަތަށް އެއްދުވަހުން ކުރިއެރުމާއި ބަރަކާތް މިންވަރުކޮށްދެއްމުވެ.

0 ޚިޔާލު: