ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 15 January 2009

ލަންދޫސްކޫލްގެ ސްކޫލްބޯޑު އުފެއްދުމަށް ބޭނުންވާ މަޢުލޫމާތު ބެލެނިވެރިންނަށް ދީފި


ލަންދޫސްކޫލްގެ ސްކޫލްބޯޑު 2009 ވަނައަހަރަށް އެކުލަވާލުމަށް ވާންޖެހޭތައްޔާރީތައްވުމަށާއި، މިބޯޑު ހިންގަމުން އައި ޤަވާއިދަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ގެންނެވި ބަދަލުތަކާއި ބެލެނިވެރިންނަށް ދޭންެޖެހޭ ކަމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު އެސްކޫލްގައި ބާއްވައިފިއެވެ.
ވަރަށްގިނަ ބާރުތަކާއި އިމްތިޔާޒު ތަކެއް ލިބި މިނިވަން މުއްސަސާއެއްގެ ގޮތުގައި އަދި ޤާނޫނީ ހައިސިއްޔަތެއްވެސް ލިބިދީގެން ސަރުކާރުގެ ހުރިހާ ސްކޫލެއްގައިވެސް މިއަހަރު އުފެއްދުމަށް ހަމަޖެހިފައިވާ ސްކޫލްބޯޑަކީ ސްކޫލުގެ އިސްވެރިއަކަށް ބަހައްޓާނެ ބޭފުޅަކު ހަމަޖެއްސުމުގައްޔާއި، ސްކޫލްގެ އިސްމަޤާމްތަކަށް މުވައްޒަފުން ހަމަޖެއްސުމުގައި މުހިއްމު ދައުރެއްއަދާކުރާނެ ބަޔަކަށް ވެގެންދާނެކަމަށް ލަންދޫސްކޫލުން މިއަދު ބެލެނިވެރިންނަށް މަޢުލޫމާތު ދެއްވަމުންބެލެނިވެރިންނަށް އޮޅުންފިލުވައިދެއްވިއެވެ.

މީގެކުރީގެ އަހަރުތަކުގައި ސްކޫލްބޯޑުގެ މެމްބަރުން ކުރައްވާފައިވާ ބުރަ އަދި އެހާމެ ޛިންމާބޮޑު މަސައްކަތްތަކަށް ޝުކުރުއަދާކުރައްވަމުން މިބައްދަލުވުމުގައި އެސްކޫލުން ހާމަކުރެއްވީ ވޭތުވެދިޔަ އަހަރުތަކުގައި ބޯޑުގެމެމްބަރުންނަށް އެއްވެސް އިނާޔަތެއް ނުވަތަ އެލަވަންސެއް ލިބިފައިނެތްކަމުގައިވިޔަސް މިއަހަރުންފެށިގެން ބޯޑުގެ މެމްބަރުނަށް އެކަށީގެންވާ އެލެވަންސެއް ސަރުކާރުންދެއްވާ ގޮތަށް ހަަމަޖެހިފައިވާ ކަމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް ފޮނުވައްވާފައިވާ ސްކޫލްބޯޑުއެފެއްދުމާއި ބެހޭ ޤަވާއިދުގައިވާ ކަމަށެވެ.
ކުރިމަތިލާ މީހުންގެ މެދުގައި ބޭއްވޭ އިންތިޚާބަކުން ( ސިއްރުވޯޓަކުން ) އަލަށް މިއުފައްދާބޯޑަށް މެމްބަރުން އިންތިޚާބުކުރަން ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން 5 ބޭފުޅުންނާއި ، ޓީޗަރުންގެ ތެރެއިން 2 ބޭފުޅުންގެ އިތުރުން މިނިސްޓްރީއިން ކަނޑައަޅުއްވާ 2 ބޭފުޅުންނާއި ، ޕީޓީއޭ ގެ ނައިބުރައީސާއި، ސްކޫލްގެ އިސްވެރިޔާއާއި އަދި ސްކޫލްގެ ކެޕްޓަނާއި އެކު ޖުމުލަ 13 މެމްބަރުން ކަމަށްވެސް އެބައްދަލުވުމުގައި ލަންދޫސްކޫލުން މަޢުލޫމާތުދެއްވިއެވެ.
މި 13 މެމްބަރުންގެ ތެރެއިން ބެލެނިވެރިންގެތެރެއިންނަގާ 5 މެމްބަރުންނާއި، ޓީޗަރުންގެ ތެރެއިން ނަގާ 2 މެމްބަރުންނަކީ ސިއްރުވޯޓުން އިންތިޚާބުކުރާ 7 ބޭފުޅުންނެވެ. އަނެއް 6 ބޭފުޅުންނަކީ އޮޓޮމެޓިކުން ބޯޑަށް އަންނަ ބޭފުޅުންކަމުގައި މިނިސްޓްރީގެ އާ ޤަވާއިދުގައިވާކަމަށް ވެސް ލަންދޫސްކޫލުން ހާމަކުރެއްވިއެވެ.
ލަންދޫސްކޫލަކީ ވޭތުވެ ދިޔަ 4 އަހަރުދުވަހުވެސް މެދުކެނޑުމެއްނެތި ސްކޫލްބޯޑުހިންގާ ، ކުދިންގެ އަޚްލާޤާއި ސްލޫކު ސީދާ އެބޯޑުގެ ދަށުން ބައްލަވާ އަދި ސްކޫލު ހިންގުމަށްބޭނުންވާ ފަންނީ މަޝްވަރާ ދެއްވާ ވަރަށް ހީވާގި ސްކޫލުބޯޑެއް އޮންނަ ސްކޫލެކެވެ. އަދި އެސްކޫލުން މަޢުލޫމާތުދެއްވާ ގޮތުގައި ލަންދޫސްކޫލްގައި ޕީޓީއޭ އުފައްދަވާ ކޮންމެ ދެއަހަރުން އެއްއަހަރު ޕީޓީއޭގެ އެގްޒެކްޓިވް ކޮމިޓީ އެއް އިންތިޚާބުކޮށް ޕީޓީއޭ ހިންގަމުން އަންނަތާ މީ 19 ވަނައަހަރެވެ. ވޭތުވެދިޔަ 18 އަހަރުދުވަހުގެ ތެރޭގައި ޕީޓީއޭގެ ފަރާތުން އެސްކޫލަށް ވެދެއްވާފައިވާ އަގުބޮޑުޚިދުމަތް ތައް އެސްކޫލުން އަބަދުވެސް ޝުކުރުވެރިކަމާއިއެކު ފާހަގަކުރައްވާކަމަށް ލަންދޫސްކޫލުން ވިދާޅުވެއެވެ.

0 ޚިޔާލު: