ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Tuesday, 6 January 2009

ލަންދޫގައި އަލަށްހުޅުވާކެފޭ

މިމަސްނިމުމުގެ ކުރިންވެސް ކެފޭ ހުޅުވޭނެކަމުގެ އުންމީދެއްނެތް – ޑޭވިޑް


ލަންދޫގައި ފުރަތަމަފަހަރަށް ހުޅުވޭ ސައިހޮޓާ ނުވަތަ ކެފޭ ހުޅުވުމަށް މީގެ ދުވަސްކޮޅެއްކުރިން ލަންދޫ ޗާންދަނީގެ އިބްރާހީމް އަބޫބަކުރު ވަނީ މަސައްކަތްތަކެއްފަށާ އެމަސައްކަތްތަކުގެ ދަށުން ޢިމާރާތުގެ ބޮޑުބައެއްވެސް މިހާރު ނިންމާފައެވެ. މިހާރު ހަމައެކަނި ކުލަޔާއި ދަވާދުލުން ފިޔަވާ ހުރިހާމަސައްކަތެއްވެސް ހުރީ ގާތްގަޑަކަށް ނިމިފައެވެ.

މިދިޔަ ބޮޑުޢީދަށް ހުޅުވުމަށް ކުރިން ޓާގެޓް ކޮށްފައިވާ މިހޮޓާ ނުހުޅުވި މިހާލަސްވެގެންމިދަނީ ކީއްވެތޯ މިހޮޓާ ހިންގުމުގައި މުހިއްމު ދައުރެއްއަދާކުރާނެ ލަންދޫ ގްލްބާކާގެ އިބްރާހީމް ދާއޫދު (ޑޭވިޑް) އާއި ސުވާލުކޮށްލުމުން އޭނާ ބުނުއްވީ މަސައްކަތް ނުނިމި ލަސްވާ އެންމެބޮޑު ސަބަބަކީ ލޭބަރުންގެ ދަތިކަން ކަމަށެވެ. އަދި މިހާރު މިދާ ސްޕީޑްގައި ޢިމާރާތުގެ މަސައްކައް ގެންދެވޭނަމަ ކުރިއަށް އޮތް ދެހަފްތާއެއްހާދުވަހުގެ ތެރޭގައި ޢިމާރާތުގެ މަސައްކައް މުޅިންނިންމާލެވޭނެކަމަށެވެ. ޢިމާރާތުގެ މަސައްކަތް މުޅިންނިމުނަސް އަދި ހޮޓާ ހުޅުވެން ނެތްކަމަށް ވެސް އޭނާ ބުނުއްވިއެވެ. ސަބަބަކީ ފަރނީޗަރ ގެންނަން ޙަވާލުކޮށްފައިވާ ފަރާތުން އެތަކެތި އަދިވެސް ނުގެނެސްލަސްވަމުން ދިޔުންކަމަށް ބުނުއްވިއެވެ. ގޮނޑިޔާއި މޭޒް ގެންނަނީ އައުޓްޑޯރ ގައި ބޭނުންކުރާ ވައްތަރުގެ ތަކެތި ކަމަށާއި އެތަކެތި ގެންނަނީ ސީދާ އިންޑިޔާއިން ގަނެގެންކަމަށް ވެސް އޭނާ ބުނުއްވިއެވެ.
މިޢިމާރާތުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޙަވާލުކޮށްފައިވަނީ ލަންދޫގެ ކޮންސްޓްރަކްޝަން ގްރޫޕެއްކަމުގައިވާ ރިހިވެލި އާދަމްމޫސާގެ ގްރޫޕާއެވެ.
މިޒަމާނުގެ ފެންވަރަށް ޑިޒައިންކުރެވިގެން ހުޅުވަން ގާތްވެފައިވާ މިހޮޓާ ހުޅުވުމުން ލަންދޫގެ ތަރައްޤީގެ އައު ހަރުފަތަކަށް ވާސިލްވެވުނީ ކަމަށް ލަންދޫއިންފޯއިން ދެކެމެވެ.

0 ޚިޔާލު: