ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Friday, 9 January 2009

ލަންދޫގައި ރޭ އަލިފާނުގެ ޙާދިސާއެއް ހިނގައިފި


ރޭ ގާތްގަޑަކަށް 11:30 އެހާކަށްހާއިރު ލަންދޫ އަތިރީމިސްކިތުގެ ހުޅަނގުން އޮންނަ ކުނިއަޅާ ގޮނޑުގައި އަލިފާން ރޯވެއްޖެއެވެ. ރައްޔިތުން ނިކުމެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގާތްގަޑަކަށް 12:00 ގައެވެ. މިއަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށްވެސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އަލިފާން ރޯވެފައިވާ ސަރަޙައްދުގައި ހުރި ބައެއްރުއްގަހުގެ ފަންތަކާއި ފަތްތައް ހިސާބަކަށް އަދާފައިވެއެވެ.

އަލިފާން ގަނޑުނިއްވަން ދިޔަ ގިނަމީހުން ތުހުމަތު ކުރާގޮތުގައި މިއީ ބަޔަކު ގަސްތުގައި ރޯކޮށްފާވާ އަލިފާނެކެވެ.
ގިނަބަޔަކު ޤަބޫލުކުރާގޮތުގައި އަލިފާން ރޯކުރި މިސަރަޙައްދަކީ ފަޅުކޮނުމާއިގުޅިގެން އަލިކޮށްސާފުކުރުމަށް ވަރަށްގިނަރައްޔިތުން އެެދެމުންދާ ސަރަޙައްދެކެވެ. ނަމަވެސް އަމިއްލަ މީސްމީހުންގެ ރުއްގަސް މިސަރަޙައްދުގައި ހުރެފާ އެތަކެތި ކެނޑުމުގެ ހުއްދަ އެތަކެތީގެ ވެރިން ނުދޭތީ އަދި މިތަން ސާފުކުރެވިފައިވާނުވަނީ އެވެ.
ގިނަބަޔަކު މިސަރަޙައްދު ސާފުކުރަން ބޭނުންވެފާތިއްބާ މިތަންސާފުކުރުމުގެ މަސައްކަތް ނުފައްޓާ ޖެޓީއާއިދިމާއިން އަރައިގެން އަންނަން އޮން މާވެވުމަގު ކިޔާ މަގުގެ ވެލިގަނޑު އެއްވަރުކޮށް ގާނަގާ ހެދުމަށް ޓަކައި ރައްޔިތުން ނަށް ގޮވާފާ އޮތް އޮތުން މިއަލިފާނާއި ކޮންމެވެސް ގުޅުމެއް ހުރިކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

0 ޚިޔާލު: