ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 25 December 2008

ވައްސޭގެ" ރީދޫ ކަޕް" ގެ ޗެންޕިއަންއަކީ ކޮބާ؟

ލިޔުނީ: މޫސާ ޙުސެއިން / މިހާސް




ލަންދޫގެ ތާރީޚްގައި އަމިއްލަ ފަރުދަކު ބާއްވާ އެންމެ އަގުބޮޑު މުބާރާތް ކަމުގައިވާ ވައްސޭގެ "ރީދޫކަޕް"ގެ ޗެންޕިއަންކަން ހޯދާނީ ކޮންޓީމެއްބާވައެވެ.
ފޯރިގަދަ "ލިޔެސް ހޮލިޑޭކަޕް" ގައި ވާދަކުރި ޓީމްތައް ވާދަކުރަމުންދާ "ރީދޫކަޕް" ގައިމިހާތަނަށް ހަތަރުމެޗް ކުޅުނުއިރު ކުޅުނު ދެމެޗްކާމިޔާބްކޮށް ޕަސަންޓްސްސުޕޯރޓްސް މިހާރު މިވަނީ ފައިންލްގެ އެއްޖާގަ ކަށަވަރު ކޮށްފައެވެ. ފައިންލްގެ އަނެއްޖާގައަށް ވާދަކުރަނީ ނިމިދިޔަ ލިޔެސްހޮލިޑޭކަޕްގެ ފައިންލްގައި ކުޅުނު ޗެމްޕިއަން އެފްސީ އޮކާޗީއާއި ރަނަރަޕް ކުލަބްޗެލެންޖާރސްއެވެ.

މިދެޓީމުން މިމުބާރާތުގައި މިހާތަނަށް ދައްކާފައިވާ ކުޅުމަށްބަލާއިރު ޕަސެންޓްސް ސްޕޯރޓްސްއާއި އެކުމިމުބާރާތުގެ ފައިންލްގައި ކުޅޭނެ ކަމަށް ބެލެވެނީ ލިޔެސް ހޮލިޑޭކަޕްގެ ޗެންޕިއަންޓީމް އެފްސީއޮކާޗީއެވެ.
ވައްސޭގެ "ރީދޫކަޕް" ގައިމިހާތަނަށް ކުޅުނު ހުރިހާކަމަކަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަނީ ލިޔެސްހޮލިޑޭކަޕް ފެށުނު އިރުއެންމެފުލަށް ދާނެ ކަމަށްބެލެވުނު ޕަސަންޓްސް ސްޕޯރޓްއެވެ. މިއަދުޕަސަންޓްސް ސްޕޯރޓްސްވަނީ އެޓީމްގެ ސްކޯޑް ރަނގަޅުކޮށް ކުޅުމުގެ ފެންވަރު އެހެންޓީމްތަކަށް ދައްކާލައިފައެވެ. މިޓީމްގައި އެންމެ ފާހަގަކޮށްލެވެނީ ކެނދިކޮޅު ނޫހްއާއި އާއި ސިމައްޓޭއާއި ކުޑަ އާތީއެވެ.
ވައްސޭގެ "ރީދޫކަޕް" ގައިވެސް އެންމެ ހައިރާން ކުރުވަނިވި ދަށްކުޅުމެއް ފެނިގެންދިޔައީ ލިޔެސްހޮލިޑޭކަޕް ފެށުނުއިރު ފެވަރިޓުންގެ ގޮތުގައިބެލެވި އެމުބާރާރުގެ ފުލަށްދިޔަ "ކުލަބް ވެލޯސިޓީއެވެ"ގެ ފަރާތުންނެވެ. ވެލޯސިޓީގެ ނާކާމިޔާބެއްކަމަށް ފާހަގަކުރެވިފައި ވަނީ ޓީމްގެތެރޭގައިވާ ދެބަސްވުންތަކެވެ. ވަރުގަޑަ ސުކޫޑެއް އޮތްނަމަވެސް ކޮންބިނެންސް ރަނގަޅުނޫންނަމަ ކާމިޔާބު ނުލިބޭނެކަން ވެލޯސިޓީއަށް މިހާރު އެގޭނެއެވެ.
ވައްސޭގެ "ރީދޫކަޕް" ގެ ޗެމްޕިއަންކަން ހޯދުން އެންމެ ގާތީ ޕަސަންޓްސް ސްޕޯރޓްސްއެވެ. އެއީ އެޓީމްމިހާރު ދައްކަމުން ދާކުޅުމަށާއި އަދި އެޓީމްގެ ތެރޭގައި ތަށިހޯދުމަށްޓަކައި އުފެދިފައިވާ ޖޯޝާއި ފޯރިއަށް ޓަކައެވެ. ނަމަވެސް ދެންއޮތް ދެޓީމަކީވެސް ( އެފްސީ އޮކާޗީ، އަދިކުލަބް ޗެލެންޖާރސް) ވަކި ދެރަޓީމްތަކެއް ނޫނެވެ.
ކަނޑައެޅިގެން ޗެމްޕިއަންޓީމެއް ދަންނަވަން އެގޭނީ ފައިނަލްމެޗް ކުޅެނިމަ ދޮގެއްތޯއެވެ.

0 ޚިޔާލު: