ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 25 December 2008

ވައިކަރަދޫގައި ބާއްވާ އެންމެ އަގު ބޮޑު މުބާރާތް ފަށަނީ......ސ


ލިޔުނީ: އަހްސަން

ވައިކަރަދޫގެ ތާރީހުގައި ބޭއްވޭ އެންމެ އަގު ބޮޑު މުބާރާތްކަމުގައިވާ 'ތުއްކޮއިބޭ ފުޓްސެލް ޗެލެންޖް 2008' މާދަމާ ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މުބާރާތް ހިންގާ ފަރާތުން ހާމަކޮށްފިއެވެ. ވިހި ހާސް ރުފިޔާގެ އަގު ހުރި 'ތުއްކޮއިބޭ ފުޓްސެލް ޗެލެންޖް 2008' ގެ ޗެމްޕިއަން ޓީމަށް 2000 ރުފިޔާގެ ފައިސާ އިނާމުގެ އިތުރުން ޗެމްޕިއަން ތައްޓާއި ކޮންމެ ކުޅުންތެރިއަކަށް ގޯލްޑް މެޑެލްއާއި ހަނދާނީ ލިޔުން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރަނަރަޕް ޓީމަށް ތައްޓާއި ކޮންމެ ކުޅުންތެރިއަކަށް ސިލްވާ މެޑެލްއެއް ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެއެވެ. އަދި މީގެ އިތުރުން ކޮންމެ މެޗެއްގެ 'މޭން އޮފް ދަ މެޗަށް' އިނާމް ހުށައަޅާފައިވާއިރު ފައިނަލް މެޗްގެ 'މޭން އޮފް ދަ މެޗަށް' ބޫޓެއް ހަދިޔާ ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މުޅި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށާއި އެންމެ މޮޅު ގޯލް ކީޕަރަށާއި އެންމެ މޮޅު 5 ކުޅުންތެރިންގެ އިތުރުން ފެއާރ ޕްލޭ ކުޅުންތެރިޔާއަށް ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް 'ތުއްކޮއިބޭ ފުޓްސެލް ޗެލެންޖް 2008'ގެ ހިންގާ ކޮމެޓީގެ ފަރާތުން ހުސެން ސަގީފް ހާމަކުރެއެވެ.

'ތުއްކޮއިބޭ ފުޓްސެލް ޗެލެންޖް 2008' އަކީ ވައިކަރަދޫގެ ޒުވާން ކުދިންތަކެއް އިސްނަގައިގެން ވައިކަރަދޫގައި 'ފުޓްސެލް'
ތައާރަފްކުރުމުގެ ގޮތުން ކުރިއަށްދާ މުބާރާތެކެވެ. މިމުބާރާތުގައި 21 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާއިރު މިމުބާރާތުގައި 7 ޓީމު ވަނީ ބައިވެރިވެފައެވެ.

'ތުއްކޮއިބޭ ފުޓްސެލް ޗެލެންޖް'ގައި އިސްކޮށް ހަރަކާތްތެރިވާ އަލީ އިބްރާހިމް ހާމަކުރައްވާ ގޮތުގައި 'މިއީ ފުޓްބޯޅައިގެ ހުނަރުތައް ޒުވާން ޖީލުތަކަށް ފޯރުކޮށްދީ އެކުޅިވަރަށްދޭ ސަމާލުކަން އިތުރުކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް އެންމެން
ގުޅިގެން ކަންތައްތަކުގައި މަސްޢޫލުވެ އުޅުމުގެ ރޫޙު އާލާކުރުމާއި މިމުބާރާތުގައި ބައިވެރިވާ ކުދިންގެ އަޚްލާޤީ ފެންވަރަށް ހެޔޮބަދަލުތަކެއް ގެނެވިދާނެކަމުގެ އުއްމީދުގައި ކުރިއަށްދާ މުބާރާތެއް ކަމުގައެވެ.

'ތުއްކޮއިބޭ ފުޓްސެލް ޗެލެންޖް 2008' އަށް ވައިކަރަދޫގައި މީގެ ކުރިން ބާއްވާފައިވާ މުބާރާތްތަކަށް ނުލިބޭހާ ތަރުހީބު ލިބޭކަމަށް ވައިކަރަދޫން ހަބަރު ލިބެއެވެ. މިމުބާރާތް ކުރިއަށްދާނީ ވަރަށް ގިނަ ފަރާތްތަކެއް ސްޕޮންސާރ ގެ އެހީތެރިކަމުގެ ދަށުންކަމަށް މުބާރާތް ހިންގާ ޓީމުން ހާމަކުރެއެވެ.

ތުއްކޮއިބޭ ފުޓްސެލް ޗެލެންޖް 2008 ގެ ރަސްމީ ވެބްސައިޓް

0 ޚިޔާލު: