ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 25 December 2008

މާޅެންދޫސްކޫލްގެ ހެޑްމާސްޓަރގެ މައްސަލަތަކެއް މިނިސްޓްރީގެ ޓީމަކުން ބަލަނީ

ޚަބަރު: އަޙްމަދު ދާއޫދު


މާޅެންދޫސްކޫލްގެ ހެޑްމާސްޓަރ އަމްޖަދު އާއި މެދު ހިތްހަމަނުޖެހިގެން މާޅެންދޫގެ ގިނަބަޔަކު މިނިސްޓްރީއޮފް އެޑިޔުކޭޝަނުގައި ޝަކުވާކުރަމުންދާތީ އެމައްސަލަތައް ބެލުމަށްޓަކައި މިނިސްޓްރީއޮފް އެޑިޔުކޭޝަނުގެ ޓީމެއް މާޅެންދުއަށް އަތުވެއްޖެއެވެ.

އަމްޖަދު އަކީ ވޭތުވެދިޔަ ތިންއަހަރު މާޅެންދޫސްކޫލް ހިންގުމާއި ޙަވާލުވެހުންނެވި ލަންކާއިން ހެޑްމާސްޓަރ ޓްރޭނިންގ ކޯސްހައްދަވާފައިވާ ތަޢުލީމީ ޒުވާން ބޭފުޅެކެވެ.
"އަމްޖޭ ސްކޫލާއި ޙަވާލުވިފަހުން ސްކޫލްގެ އެއްވެސް ކަމެއް ރަގަޅަކަށްނުދޭ" މާޅެންދޫ ޒުވާނުންގެ ތެރެއިން އިސްބޭފުޅަކު ލަންދޫއިންފޯއަށް ފޯނުން މިއަދު މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އިތުރަށް އެބޭފުޅާ ވިދާޅުވީ ސްކޫލްގެ %95 ބެލެނިވެރިންވެސް މިހާރުބޭނުންވަނީ އަމްޖޭ ބަދަލުކުރާށެވެ. ސްކޫލް ހިންގުން ކޮންމެވެސް އެހެންބޭފުޅަކާ ޙަވާލުކުރާށެވެ.
މާޅެންދޫ ގިނަރައްޔިތުންތަކެއްގެ ތާއީދާއި އެކު އަމްޖޭ ސްކޫލް ހިންގުމާއި ޙަވާލުވެ އަދި އަމްޖޭގެ އަންހެނުންވެސް ސްކޫލްގެ ޓީޗަކަށް ބަދަލުވީ އިރު މާޅެންދޫގެ ތަޢުލީމީ ޙާލަތު އޮތީ މާއެދެވޭ ޙާލަތެއްގައިނޫންކަމަށް މިއަދުވެސް މާޅެންދޫގެ ގިނަބަޔަކު އެއްބަސްވާއިރު މިހާރު އަމްޖޭ ބޭނުންނުވަނީ ކީއްވެތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން މާޅެންދޫއިން މަޢުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވީ އަމްޖޭ އަކީ ވަރަށްތަފާތު މިޒާޖެއްގެ ބޭފުޅެކެވެ. ޒުވާނުންގެ ފަރާތުން ކަމަކަށް އެދުނަސް އެއްވެސް ކަމަކަށް އަމްޖޭގެ ސައިޑުން ވެދިން އެއްވެސް އެހީތެރިކަމެއް ނޯންނާނެކަމަށެވެ. މިސާލަކަށް ޖަލްސާއެއް ، ފުޓްބޯޅަމެޗެއް އިންތިޒާމް ކޮށްފާ ޝަރަފްވެރިމެހްމާނަކަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އެރުވިޔަސް އެއްވެސް ޖަވާބެއްނުދެއްވާ ކަމަށް ވެސް އެބޭފުޅާ މަޢުލޫމަތު ދެއްވިއެވެ.
މިނިސްޓްރީއޮފް އެޑިޔުކޭޝަނުގެ އެޑިޔުކޭޝަން ކޮލިޓީ އިމްޕްރޫމެންޓް ސެކްޝަނުން މާޅެންދުއަށް އަމްޖޭގެ މައްސަލަ ބައްލަވަން ދުރުވި ދެބޭފުޅުންގެ ޓީމުން މިދިޔަ އަންގާރަދުވަހު ވަނީ މާޅެންދޫ ސްކޫލްގެ ޓީޗަރުންނާއި ، އެސްއެމްޓީ އާއި، ދަރިވަރުންގެ ތެރެއިން ގިނަޢަދަދެއްގެ ކުދިންނާއި އަދި ރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންގެ ތެރެއިން ވަރަށް ގިނަބަޔަކާ ބައްދަލުކޮށް އަމްޖޭ އާއި ބެހޭގޮތުން މިނިސްޓްރީ އަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބެހޭގޮތުން ސުވާލުކޮށް ހައްދަވާފައެވެ.

0 ޚިޔާލު: