Thursday, 11 December 2008
ބޭސްކުރުމުގެސީޒަން
ލަންދުއަކީ ދިވެހިރާއްޖޭގައިވާ އުތުރުގެ ރަށްތަކުގެތެރެއިން ދިވެހިބޭސްވެރިކަމަށް އަރާހުރި ރަށެކެވެ. މިކަންހާމަވެގެންދަނީ ދިވެހިބޭސްކުރުމަށްޓަކައި ރާއްޖޭގެއެތަންމިތަނުން މީހުންއަންނަމުންދާކަމެވެ.
ކޮންމެއަހަރެއްގެވެސް ސްކޫލްކުދިންގެ ބޮޑުބަންދުވެފައިވަނީ މިގޮތުންދިވެހިބޭސް ކުރުމަށްޓަކައި އެންމެގިނަޢަދަދެއްގެމީހުން އެއްފަހަރާ ޒިޔާރަތްކުރާދުވަސްވަރަށެވެ.
މިރަށުސޯސަންގެ އަލްފާޟިލް ޙުސެއިން އިބްރާހީމް ( ޙުސެންފުޅުބެ )ގެ ގާތަށް ދިވެހި ބޭސްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން މީހުން އަންނަމުން ދެއެވެ.
ޚާއްޞަކޮށް ރުއްގަލުބޭހަށް ފަރުވާ ކުރުމަށްޓަކައި ތަފާތު ވައްތަރުގެ ބޭސްތަކާއި ފަތްޕިލާވެލި ހޯދައިދީ ބޭސްގަނޑު ތައްޔާރުކުރުކޮށްދިނުމަށްޓަކައި ތަފާތު ގްރޫޕްތައްވަނީ މިއަދު މިރަށުގައި އުފެދިފައެވެ. މިކަމުގެ ސަބަބުން ރަށުގެ އެތައްބަޔަކަށް ނަފާލިބިގެންދެއެވެ.
މިރަށުންބޭސްކޮށް މުޅިންރަގަޅުވެފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭންބޭރަށްގޮސްއެތައް ޚަރަދުތަކެއްކޮށްގެން ރަގަޅުވެފައިނުވާ އެތައްބަޔަކާއި، ޑޮކްޓަރީބޭސްކޮށް ރަގަޅުވެފައިނުވާ އެތައްބަޔަކު ހިމެނެއެވެ.
ފުޓްބޯޅަކުޅުންތެރިންގެ ފަޔަށް ތަދުވުމާއި، ހުޅުންނެއްޓުންފަދަކަންތައްތައްކަށް ޚާއްޞާފަރުވާތަކެއް ލިބެމުންދާތީވެ މިދުވަސްކޮޅު ބޭސްވެރިކަމުގެ ޑިމާންޑް ބޮޑުވެފައިވެއެވެ.
މިދުވަސްކޮޅު މިރަށުން ދިވެހިބޭހުގެ ޚިދުމަތް ލިބިގަތުމަށްޓަކައި 20 ބޭކަލުން އެބައްތިއްބެވިއެވެ. މީގެތެރޭގައި އެންމެދެކުނުން ފޯއްމުލަކުގެ ބޭފުޅަކު ހިމެނޭއިރު އުތުރުން ށ.ފުނަދޫބޭކަލަކުވެސް ހިމެނެއެވެ. ހަމަމިއާއިއެކު މެދުރާއްޖެތެރެއިން ކ.ކާށިދޫ ބޭލަކުހިމެނޭއިރު މާލެއަތޮޅު ހިންމަފުށީގެ ބަޔަކުވެސް އެބައުޅެއެވެ. މާލޭގެ އެތައްބަޔަކު އުޅޭއިރު ހިންނަވަރު ނައިފަރު އެތައްބަޔަކުވެސް ހިމެނެއެވެ.
މިދުވަސްކޮޅު ދިވެހިބޭހަށް އަންނަންބޭނުންވާ އެތައްފަރާތްތަކެއް ތިބޭނެތަނެއްނެތިގެން ވެއިޓިންލިސްޓްގައި ތިބިކަމީ މިދުވަސް ކޮޅަކީ ދިވެހިބޭސްވެރިކަމުގެ ސީޒަންކަމުގެ ހެއްކެކެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment