Thursday, 11 December 2008
ޗުއްޓީގެބޭނުން ހެޔޮގޮތުގައިހިފުން


މިއީ މަދަރުސާކުދިންގެ ބޮޑުޗުއްޓީގެ ދުވަސްވަރެވެ. ގާތްގަޑަކަށް 190 ދުވަސް ކިޔެވުމުގައި ހޭދަކުރާފަހުން ސިކުނޑި ހަމަޖައްސާލުމަށް ނުވަތަ ފްރެޝްވެލުމަށް ކުދިންނަށް ލިބޭދުވަސްކޮޅެކެވެ.
މިދުވަސްވަރާއިދިމާކޮށް ބެލެނިވެރިންދަނީ އެމީހުންގެ ދަރިންނަށް ތަފާތުޕްރޮގްރާމް ތައް ރާވައިދީ ހިންގައިދެމުންނެވެ.
އަޅުގަނޑުމެންގެ މިކުޑަކުޑަމުޖްތަމަޢުގައިވެސް ޗުއްޓީހޭދަކުރުމުގެ ވައްޓަފާޅިއަށް މިއަދުމިވަނީ ވަރަށް ބޮޑަތިބަދަލުތަކެއް އައިސްފައެވެ. ސްކޫލްނިމި ޗުއްޓީފެށުމާއި އެކުގައިކަހަލަގޮތަކަށް ރަށުގެބީޗުތައްވަނީ ސްކޫލްކުދިންނާއި ބެލެނިވެރިން ތަކުން ފުރާލާފައެވެ. ރަގަޅުއަދި އުފާކުރުން ރަގަޅުތަންކޮޅަކީ ޗުއްޓީގައިވިޔަސް ބެލެނިވެރިޔަކާއި އެކުގައިމެނުވީ ސްކޫލް ކުދިންބީޗުން ނުފެންނަކަމެވެ.
ޗުއްޓީއަކީ ކުދިން މަސްޣޫލްވެގެން އުޅުނު ކަންތައްތައް ފިޔަވާ އެހެންކަމަކަށް ނުވަތަ ކަންތައްތަކަކަށް އެކުދިންނަށް ފުރުޞަތުހޯދައިދީ ތަޖްރިބާކޮށްލުމުގެ ފުރުޞަތުހޯދައިދިނުމެވެ. ނުވަތަ އެކުދިންގެ މާހައުލު ކުޑަވަގުތުކޮޅަކަށް ނަމަވެސް ބަދަލުކޮށްލުމެވެ.
މިގޮތުން މިއަދު ރަށުގެ ވަރަށްގިނަގެތަކުން ވަރަށްގިނަހިސާބުގަނޑުން ތުއްތުކުދިން ( ގްރޭޑް 1،2 އަދި 3 ) އެކުދިންގެ ބެލެނިވެރިންނާއި އެކު ފަންގިވިނުމުގެ މަސައްކަތް ކުރާމަންޒަރު ފެނިގެންދެއެވެ. މީގެތެރެއިން ގިނަކުދިންނަކީ އެކުދިންގެ މުޅިޢުމުރުގައިވެސް ފުރަތަމަ ފަހަރަށް މިކަންތައް ތަޖްރިބާ ކުރާކުދިންނެވެ. މިކުދިން ފަންގިވިނުމަށްފަހު މިހިސާބުން އެކަންތައް ހުއްޓައިނުލާ އެކުދިންގެ މަސައްކަތުން ( ފަނުން ) ކުޑަގެ އަޅައިގެން " ބަތްކައްކާ" ކުޅޭތަން ފެނިގެންދިއުމުން ހިތަށްހިތްހަމަޖެހުމާއި، އުފާވެރިކަން އިޙްސާސްކުރެވެއެވެ. އަދި މިފަދަ ގޮތަކަށް ދަރިވަރުންނަށް ޗުއްޓީހޭދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވާ ބެލެނިވެރިންނަށް ޝުކުރުން ހިތްފުރިގެންދެއެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment