ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Thursday, 11 December 2008

މިއަތޮޅުގެބިއުރޯ ކީއްކުރާތަނެއްތަ؟

ލިޔުނީ: މޫސާ ޙުސެއިން / މިހާސް




އަތޮޅުތަކުގައި ޓީވީއެމްގެ ބިއުރޯތައް ޤާއިމްކުރެވޭ އަޑުއިވުމުން އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ވެރިވިއެވެ. އަޅުގަނޑުގެ އަޑުވެސް މުޅިރާއްޖެއަށް އިއްވާލުމުގެ ފުރުޞަތު ލިބިގެންދާތީއެވެ. ރަށަށްދިމާވެފައިވާ އިޖްތިމާއީ ތަފާތުމައްސަލަތައް ރާއްޖޭގެ އެންމެވަރުގަދަ އެއްމުވައްސަސާ ކަމުގައިވާ ޓީވީއެމް މެދުވެރިކޮށް ރާއްޖޭގެ އެންމެންނަށް ފޯރުކޮށް ދެވޭނެފުރުޞަތު ލިބިގެންދާނެތީއެވެ.

ނަމަވެސް ކަންތައް މިއަދާހިސާބަށް ވެގެންގޮސްފައިވަނީ އަޅުގަނޑުމެން ހީކުރިގޮތާއި މުޅިންޚިލާފަށެވެ. މިއަތޮޅުގެ ބިއުރޯމިހާތަނަށްވެގެންގޮސްފައިވަނީ އަތޮޅުވެރިޔާގެ ދަތުރުފުޅުތައް ކަވަރ ކޮށްދޭ މީޑިއާ ރިޕޯޓަރަކަށެވެ. އަޅުގަނޑުމެން ރަށްރަށުން ކިތަންމެ ބޮޑުކަމެއް ރާވާ އިންތިޒާމްކޮށް އަންގާލިޔަސް ބިޔުރޯއަށް އޮންނަނީ ނާދެވިފައެވެ. އަތޮޅުވެރިޔާއާއި އެކު ރަށްރަށަށް ކުރާމަދު ޒިޔާރަތް ޒިޔާރަތުގައި އާދޭސްކޮށްގެން ރިޕޯޓެއް ތައްޔާރުކޮށް ގެނެސްދޭށޭ ކިޔާއާދޭސްކުރުމުން ވީޑިއޯކޮށްލުމަށްފަހު އެދާތަނަކަށް ދިޔުމަށްފަހު ޚަބަރެއްދަބަރެއްނުވެއެވެ.
ޓީވީއެމް ޚަބަރު ގަޑީގައި ތަފާތުއަތޮޅުތަކުގެ ރަށްރަށާއި ގުޅޭގޮތުން ތަފާތުރިޕޯޓްތައް އަންނަތަން ފެނުމުން އަޅުގަނޑުމެންގެ މިއަތޮޅުގެ ބިއުރޯގެ ބޭނުމަކީ ކޮބައިބާވައޭ ހިތަށްއަރާލެއް އިތުރުވެގެންދެއެވެ.
" ޢަލީ ސުލައިމާން ޓީވީއެމް " ކުރުމުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ އެންމެންގެ އެންމެގާތް އެކުވެރިއަކަށް ވެގެންދިޔައީ އޭނައިގެ އަޑުގެ ހުރިޖާޒުބީ ކަމަކުން ނޫނެވެ. އޭނާ ޙަވާލުވި ކޮންމެބިއުރޯއެއްގައި ހުންނަވައިގެން އޭނާކުރެއްވި ޢާއްމުންނާއި ހިސާބަށް އޭނާގެނެސްދެއްވި އާދަޔާ ޚިލާފު ރިޕޯޓުތަކަކުންނެވެ.
މިއަތޮޅުގައި މަސައްކަތްކުރެއްވި ތަފާތުބޭފުޅުން އެހެން އަތޮޅުތަކުގެ ބިއުރޯތަކަށްގޮސް ތަފާތުރިޕޯޓްތައް މިއަދު ހުށަހަޅައިދޭންފެށުމުން މިއަތޮޅުބިއުރޯގައި މަސައަކަތް ކުރައްވާބޭފުޅުންނަށް އުދަގުލާއި ކުރިމަތިލާންޖެހޭކަމުގެ އިޙްސާސް ވެސް ބައެއްފަހަރު ކުރެވެއެވެ.
ކޮންމެގޮތެއްގައިވިޔަސް އަޅުގަނޑުގެ ނަޒަރުގައި އަތޮޅުރަށްތަކުގެ ތަރައްޤީއަށް އެއަތޮޅެއްގައި ހުންނަބިއުރޯއަކީ ވަރަށްމުހިއްމު ދައުރެއްއަދާކުރެވިދާނެ ތަނެކެވެ.

0 ޚިޔާލު: