Wednesday, 17 December 2008
އަތޮޅުތަކުގެ އިދާރީހިންގުން ސަރަޙައްދީ ފެންވަރުގައި ހިންގުމުގެ މަސައްކަތް ހުއްޓަވައި ނުލައްވާނެކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

އަތޮޅުތަކުގެ އިދާރީހިންގުން ސަރަޙައްދީ ފެންވަރުގައި ހިންގުމުގެ މަސައްކަތް ހުއްޓަވައި ނުލައްވާނެކަމުގައި ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އިދާރީ ހިންގުން ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭނުންވާ ޤާނޫނު ފާސްކުރެވެންދެން ސަރުކާރުން އަތޮޅުތަކަށް ފޯރުކޮށްދެއްވާ ޚިދުމަތް ތައް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖްލީހުން މިހާރު ފާސްކުރައްވާފައިވާ ސަރުކާރުގެ ވުޒާރާތަކުގެ ތެރޭގައި ހިމެނޭ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި، މިނިޓްރީއޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިޔުރިޓީ ފިޔަވާ އެހެނިހެން ވުޒާރާ ތަކުގެ މުވައްޒަފުން ހިމެނޭ ގޮތުން ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ އޮނިގަނޑު ސަރަޙައްދީ ފެންވަރުގައި ޤާއިމް ކުރެއްވުމާއިމެދު ޤާނޫނީ ގޮތުން އިޢުތިރާޒް ކުރާނޭ ތަނެއްނެއްކަމުގައި އެޓަރނީ ޖެނެރަލްވަނީ ލަފާދެއްވާފައިކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ އިންތިޒާމްތައް ސަރުކާރުން އެސަރަޙައްދުގައި ހަމަޖައްސަވަމުން ގެންދަވާ ކަމަށްރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.
އަތޮޅުތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް އެއަތޮޅެއްގައި ހަމަޖެއްސެވުމަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ މަސައްކަތް ޕުޅުގައި މިމަހުގެ ކުރީކޮޅު ރައީސުލް ޖުމްހޫރިއްޔާ ވަނީ ފަސް އަތޮޅަކަށް ޒިޔާރަތްކުރައްވާ އެއަތޮޅުތަކުގެ ކަމުވޮށިވެގެންވާ ފަރާތްތަކާއި އެކު މަޝްވަރާތައް ކުރައްވާ ފައެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment