Wednesday, 17 December 2008
ލިޔެސް ހޮލިޑޭ ކަޕްގެ ތިންވަނަ ޓީމަކަށް ޕަސަންޓް ސްޕޯޓްސް

ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) އިން އިންތިޒާމްކޮށްގެން ލިޔެސް ހޮލިޑޭ ކަޕްގެ ނަމުގައި ލަންދޫގައި ކުރިއަށް ގެންދާ މުބާރާތުގެ ތިންވަނަޓީމަކަށް ޕަސަންޓް ސްޕޯޓްސް ކްލަބު ހޮވިއްޖެއެވެ. ޕަސަންޓް ސްޕޯޓްސް އާއި ވެލޯސިޓީ ބައްދަލުކޮށް މިއަދު ކުޅެވުނު މެޗް 2-1 ން ޕަސަންޓް ސްޕޯޓްސް ކާމިޔާބު ކުރުމުން މިމުބާރާތުގެ ތިންވަނަޓީމެއްގެ ގޮތުގައި އެޓީމު ހޮވުނީއެވެ.
ޕަސަންޓްގެ ލަނޑުތައް ޖަހައިދީފަވަނީ ކެނދިކޮޅު ސިމައްޓޭއާއި ކުޑައާތިފް އެވެ. ވެލޯސިޓީއިން ޖެހި ހަމައެކަނި ލަންޑު ފަހުހާފުގައި މެޗް ނިމެން އުޅެނިކޮށް ކާމިޔާބު ކޮށްދިނީ ވެލޯސިޓީގެ ޢަބުދުﷲ ޢާރިފް ( އާރިއްޕޭ ) އެވެ.
މިމެޗްގެ މޭން އޮފްދަ މެޗަކަށް ހޮވުނީ ޕަސަންޓް ސްޕޯޓްސް ކްލަބުގެ އިސްމާއީލް ޝިމާޒް ( ކައްޓި ) އެވެ.
ރެފްރީ އެއްގެ ގޮތުން ހުންނެވއެފްއޭއެމް ގެ ތަޖްރިބާކާރު ރެފްރީ ނ.ލަންދޫ ބޮކަރުމާގެ އަލްފާޟިލް އިބްރާހީމް މުޙައްމަދު ( ފިއްޓޭ ) އެވެ.
މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. ފައިނަލްގައި ބައްދަލުކުރާނީ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޓީމެއްގެ ގޮތުގައި އޮތް ކްލަބު ޗެލެންޖާރސް އާއި ދެވަނަ ހޯދި އެފްސީ އޮކާޗީ އެވެ.
ލިޔެސް ހޮލިޑޭ ކަޕް ހަމަ ނިމުމާއި އެކު މެދަށް އެއްދުވަސް ދޫކޮށް ވަރަށް އަގުބޮޑު ޓްރޮފީ ތަކަކާއި ތަށި ތަކެއް އެމުބާރާތަކަށް ހުށަހެޅިފައިވާ "ރީދޫކަޕް 2008 " ވެސް ފަށާގޮތަށް ހަމަޖެހިފައިވާކަމަށް ލަންދޫ އިންފޯއަށް މަޢުލޫމާތު ލިބިފައިވެއެވެ. ރީދޫކަޕްގައިވެސް ބައިވެރިވެފައިވަނީ ލިޔެސް ހޮލިޑޭ ކަޕްގައިވެސް ބައިވެރިވި ހަތަރުޓީމެވެ. މިމުބާރާތަކީވެސް ވަރަށް ފޯރިގަދަވެގެން ދާނެ މުބާރާތެއްކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމިޓީއިން ހާމަކުރައްވައެވެ .
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment