Thursday, 18 December 2008
ލަންދޫގެ ގިނަރައްޔިތުން ކުރިން އުންމީދުވެސް ނުކުރާ ފަދަ ފެންވަރެއްގެ ފަޅެއް
ލިޔުނީ : އަޙްމަދު ދާއޫދު

"ކުރިން އަހަރެމެން އުންމީދުވެސް ނުކުރަން މިފެންވަރުގެ ފަޅެއް ލަންދޫގައި ކޮނެވި ޚިދުމަތް ލިބޭނެކަމަކަށް " ލަންދޫގެ ތަރައްޤީގައި ވަރަށް ގިނަޚިދުމަތް ތަކެއް ކޮށްދެމުން އަންނަ ހީވާގި ލަންދޫ ރައްޔިތެއް ކަމުގައިވާ އަލްފާޟިލް ޖަމާލު އައްޔޫބު ލަންދޫބަނދަރު ސަރަޙައްދުގައި ހުރެފައި ބުނާތީ އަޅުގަނޑު އަޑުއެހީމެވެ.
ލަންދޫކަހަލަ އާބާދީ މަދު ރަށެއްގެ ފަޅު، މިފެންވަރުގައި ކޮނެވިގެން މިދިޔައީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ކެނޑިނޭޅި ކުރަމުން ދިޔަ ޕްރެޝަރެއްގެ ނަތީޖާކަމަށް ގިނަޔަބަޔަކު މިއަދު ޤަބޫލުކުރެއެވެ. އަދި މިފަދަ ފެންވަރެއްގެ ފަޅެއް ފަޅެއް ރައްޔިތުން އުފަލާއި އެކު ބަލައިގަންނަ ހިނދު އެމީހުން ޝަކުވާއަކަށް ވެފައި މިއަދު ވަނީ މިވަރުގެ ކުޑައާބާދިއަކަށް ވެސް މިވަރުގެ

ފަޅުކުޑަވުމުގެ ސަބަބުން މިއަދާ ހިސާބަށް ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާ ތަކުގައި އަޑުއުފުލާފައިވަނީ ކިހާވަރަކަށް ކަން އެނގޭނީ އެކަމުގައި އުޅުނު ރައްޔިތުންނަށެވެ. ހަމަގައިމުވެސް ހުސްއެކަނި ލަންދޫއިންވެސް މަދުވެގެން 10 ވަފުދު ކަމާބެހޭ އެކި ބޭފުޅުންެގެ އަރިއަހަށް ގޮސްފައިވާނެއެވެ. ޖަވާބަކީ ހަމައެންމެ ޖަވާބެކެވެ. ވަރަށް ސާދާ ކުރުޖަވާބެކެވެ. ތިޔައެދޭ ފަދަ ފަޅެއް ކޮނެ ދިނުމުގެ ޤާބިލްކަމެއް އަދަކު ސަރުކާރަކު ނެތެވެ.
ކޮންެމެއަކަށް 27/11/2008 ގައި ލަންދޫ ފަޅުކޮންނަން ވެގެން މިންޖަހަން އައި ސަރުކާރުގެ ޓީމް ލަންދޫ ޖެޓީއަށް އެރިދުވަހު އަޅުގަނޑުވެސް އެތާ ހުރީމެވެ. ދުވަސް ވަރަކީ ރައްޔިތުންގެ އެންމެ ލާނެއް ދުވަސްވަރުކަމުން މިއައި ވަފުދާ ދިމާއަށް ސީދާ މަލާމާތުގެ ގޮތުން ވަރަށް ގިނަބަސްތައް އަޑުއިވޭ ފަށުގައްޔާއި އަޑުނުއިވޭ ފަށުގައި ރައްޔިތުން ބުނަމުން ގެންދިޔައެވެ. ބައެއްމީހުން އެދުވަހު ބުންޏެވެ. ތިޖަހާ މިން ދެން ހޯދަން ޖެހޭނީ އެހެން ޖީލެއް ގެ ބައެކެވެ. ތިގޮތަށް ޖަހާފައިހުރި މިންތައް ރާއްޖޭގެ ކިތަންމެ ރަށެއްގައި ޖަހާފައި އެބަހުއްޓެވެ. ތިޔައީ ވޯޓުލާން ކައިރިވީމާ ވޯޓުހޯދަންވެގެން ކުރާކަމެކެވެ. އަހަރެމެންގެ ލޮލުގައި އަޅުވާ ލާ އަނދުނެކެވެ
ވޯޓަށް އެޅި އަނދުނެއް ކަމުގައިވިޔަސް އަދި ވޯޓަށް ޖެހިފުށެއްކަމުގައިވިޔަސް މިއަދު މިއޮތީ ރައްޔިތުންގެ އެދުން ޙާޞިލްވެފައެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment