Thursday, 25 December 2008
އެފްސީ އޮކާޗީ ބަލިކޮށް ކްލަބު ޗެލެންޖާރސް ފައިނަލަށް ހިނގައްޖެ

ރީނދޫކަޕް 2008 ގެ ފައިނަލުގައި ޕަސަންޓް ސްޕޯޓްސް އާއި އެކު ކުޅޭނެ ދެވަނަޓީމެއް ކަށަވަރުވެގެންދިޔައީ މިމުބާރާތުގެ 5 ވަނަމެޗްގައި އެފްސީ އޮކާޗީ އާއި ކްލަބު ޗެލެންޖާރސް ބައްދަލުކުރިމެޗް 1-0 ން ކްލަބު ޗެލެންޖަރސް ކާމިޔާބު ކުރުމުންނެވެ.
މިމުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ޕަސަންޓް ސްޕޯޓްސް ކްލަބު ފައިނަލްގެ އެއްޖާގަ ކަށަވަރުކޮށްފައިވާއިރު އަނެއްކޮޅު މިކަށަވަރު ކުރީ ނިމިގެންދިޔަ ލިޔެސް ހޮލިޑޭކަޕްގެ ޗެމްޕިއަން އެފްސީ އޮކާޗީ ބަލިކޮށްފައެވެ. އެހެންކަމުން މިހާރުމިއޮތީ މިމުބާރާތުގެ ޗެމްޕިއަނުންނަކީކޮބައިކަމާމެދު ވަރަށް ބޮޑެތި ސުވާލުތައް އުފެދިފައެވެ. ހީވެސް ނުކުރާކަހަލަގޮތަކަށް މިމުބާރާތުން ވެލޯސިޓީ ކަޓާފައިވާއިރު އެފްސީ އޮކާޗީއަށް މިލިބުނީ މިމުބާރާތުގެ 3 ވަނަމަޤާމެވެ.
މިއަދު ގިނައަދަދެއްގެ ބެލުންތެރިންގެ ކުރިމަތީގައި ކުޅެވުނު މިމެޗްގެ ހަމައެކަނި ލަނޑު ޗެލެންޖަރސް އަށް ކާމިޔާބުކޮށްދިނީ ފަހުހާފުގެ 43 ވަނަމިނިޓްގައި އެޓިމުގެ އެންމެ އެންމެ މަޝްހޫރު އަދި މުޅިމުބާރާތުގައި މިހާތަނަށް އެންމެ ރަގަޅުކުޅުމެއްދައްކައިދީފައިވާ ހުނަރުވެރި ފޯވާޑް ޖ.ނަމްބަރ 77 ނައުޝާދު ޢަބުދުއްރަޙީމް (ނާގެ) އެވެ. މޭންއޮފްދަމެޗްގެ އިނާމް ހޯދީވެސް އޭނާއެވެ.
މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ޕަސަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލޯސިޓީއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment