Thursday, 25 December 2008
މާފަރުސްކޫލްގެމައްސަލަތަކެއް ބައްލަވަން މިނިސްޓްރީގެ ޓީމަކުން އެރަށަށް އިއްޔެ އަތުވެއްޖެ
ޚަބަރު : އަޙްމަދު ދާއޫދު

މާފަރުސްކޫލްގެ ސްޕަވައިޒަރ ޙަސަން އިބްރާހީމް އާއިމެދު މާފަރު ބަޔަކު ހިތްހަމަނުޖެހިގެން މިނިސްޓްރީއޮފް އެޑިޔުކޭޝަނުގައި ޝަކުވާ ކުރަމުން ދާތާ ދުވަސްގަނޑެއްވެއްޖެކަމަށް ލަންދޫއިންފޯއަށް މަޢުލޫމާތުލިބިފައިވެއެވެ. "2007 ވަނައަހަރުން ފެށިގެން އެޝަކުވާތަކެއް އެމީހުން ކުރަމުން އެބަދޭ" މާފަރު ސްކޫލްގެ އިސްބޭފުޅަކު ވިދާޅުވިއެވެ .
ލަންދޫއިންފޯއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާފަރު ސްކޫލް މިހާރު ހިންގުމާއި ޙަވާލުވެހުންނެވި ސްޕަވައިޒަރ އަލްފާޟިލް ޙަސަން އިބްރާހީމް މާފަރު ސްކޫލަށް ޚިދުމަތް ކުރައްވާތާ މިހާރުމީ 16 ވަނައަހަރެވެ. ވޭތުވެދިޔަ އަހަރުތަކުގައި އަލްފާޟިލް ޙަސަން އިބްރާހީމް އެސްކޫލްގައި މަސައްކަތްކުރައްވާފައިވަނީ ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ލެވަލުގައެވެ.
އަލްފާޟިލް ޙަސަން އިބްރާހީމާއި ބެހޭގޮތުން މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން މުވައްޒަފުންނާއި މެދު މުޢާމަލާތު ކުރެއްވުމުގައި އަމިއްލަގޮތް ބަހައްޓަވާ މާހަރުކަށި އުޞޫލްތަކެއް ގެންގުޅުއްވާ ކަމަށާއި، ސްކޫލްކުދިންގެ އަޚްލާޤީމައްސަލަތަކާއި މެދު ސްކޫލުން އެކަށީގެންވާ ގޮތެއްގައި އަޅައިނުލާ ކަމުގެ ވާހަކައާއި، ދަރިވަރުންގެ ތަޢުލީމީފެންވަރު އެއްދުވަހުން އަނެއްދުވަހަށް ދައްވަމުންދާކަމުގެ ޝަކުވާއާއި، އަދި ދަރިވަރަކާމެދު ބަދުއަޚްލާޤީމައްސަލައެއް ވެސް ހަސަނަށް ނިސްބަތް ކޮށް މިނިސްޓްރީގައި ޝަކުވާ އުފުލާފައިވާކަމަށް ލަންދޫއިންފޯއަށް މައުލޫމާތު ލިބިފައިވެއެވެ.
މިނިސްޓްރީއޮފް އެޑިޔުކޭޝަނުގެ އެޑިޔުކޭޝަން އެންޑް ކޮލިޓީ އިމްޕްރޫމެންޓް ސެކްޝަނުން މާފަރަށް ޙަސަންގެ މައްސަލަ ބައްލަވަން ދުރުވި ދެބޭފުޅުންގެ ޓީމުން އިއްޔެ ވަނީ މާފަރު ސްކޫލްގެ ޓީޗަރުންނާއި ، އެސްއެމްޓީ އާއި، ދަރިވަރުންގެ ތެރެއިން ގިނަޢަދަދެއްގެ ކުދިންނާއި އަދި ރަށުގެ ކަމުވޮށިވެގެންވާ ބޭފުޅުންގެ ތެރެއިން ވަރަށް ގިނަބަޔަކާ ބައްދަލުކޮށް ޙަސަން އާއި ބެހޭގޮތުން މިނިސްޓްރީ އަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބެހޭގޮތުން ސުވާލުކޮށް ހައްދަވާފައެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment