ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 24 December 2008

ނ.އަތޮޅުގެ ކައުންސިލަރ އަލްފާޟިލް މުޙައްމަދު ފަހީމް ލަންދުއަށް ވަޑައިގަންނަވައިފި



ނ.އަތޮޅު އޮފީސް ހިންގެވުމާއި އަލަށް ޙަވާލުވެލެއްވި ނ.އަތޮޅުގެ ކައުންސިލަރ އަލްފާޟިލް މުހައްމަދު ފަހީމް މިއަދު ހަވީރު ގެ ވަގުތެއްގައި ލަންދުއަށް ވަޑައިގެންފިއެވެ. ނ.އަތޮޅުއޮފީސް ހިންގުމާއި ހަވާލުވެލެއްވުމަށް ފަހު ފަހީމް އެންމެފުރަތަމަވެސް މިވަޑައިގަތީ ލަންދުއަށް ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

މިދަތުރުފުޅުގައި ނ.އަތޮޅވެރިޔާގެ މުޢާވިން އަލްފާޟިލް ޢަބުދުﷲ ޢަބުދުލްވާހިދާއި ، ނ.އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ އަލްފާޟިލް ސައީދު އިބްރާހީމާއި، ނ.އަތޮޅުހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލް އިބްރާހީމް ރަޝީދާއި، އަދި ނ.އަތޮޅުއޮފީހުގެ އިސްބައެއްމުވައްޒަފުން ފަހީމު އަރިހުގައި ލަންދުއަށް މިއަދު ވަޑައިގެންނެވިއެވެ.
ނ.އަތޮޅުގެ ކައުންސިލަރ އަލްފާޟިލް މުޙައްމަދު ފަހީމް މިއަދު ލަންދުއަށް މިވަޑައިގަތީ ލަންދޫގެ އިސްވެރިންނާއި ލަންދޫގެ ދެ ކޮމެޓީގެ ބޭފުޅުންނާއި ލަންދޫގެ ކަމުވޮށިވެގެންވާ ބޭފުޅުންނާއި ބައްދަލުކުރައްވާ މިހާރުންމިހާރަށް ލަންދުއަށް ބޭނުވެފައިވަނީކޮންކޮން ކަންތައްތަކެއްތޯ ބައްލަވާ ލެއްވުމަށާއި ، އާސަރުކާރުގެ ދަށުން އަތޮޅުގެ ކަންތައް ހިނގަމުންދާނެގޮތް ރައްޔިތުންނަށްއޮޅުންފިލުއްވައިދެއްވާ ރަށުގެ ޢާއްމުޙާލަތު ބައްލަވާ ލައްވަން ކަމަށް ފަހީމް ވިދާޅުވިއެވެ. އަދި މިދަތުރު ފުޅުގައި އެމަނިކުފާނަށް ވަގުތުންވަގުތައް ހަމަޖައްސަަވައިދެއްވެން ކަމެއްހުރިނަމަ އެކަމެއް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ދެ ކޮމިޓީއާއި ބައްދަލުކުރައްވަމުން އެމަނިކުފާނުވިދާޅުވިއެވެ.
ރަށުގެ ރކ.ކޮމިޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި
، ދެކޮމެޓީ އެއްކޮށް ލަންދޫ "ކަމަނާވެހި" ގައި ބޭއްވި މިބައްދަލުވުމުގައި ރަށަށް މިވަގުތަށް ބޭނުންވެފައިވާ މުހިއްމު 12 ކަމެއް އަތޮޅު ގެ އެންމެއިސްވެރިޔާ އަލްފާޟިލް މުޙައްމަދު ފަހީމަށް ލަންދޫރައްޔިތުންގެ ފަރާތުން ހުށަހެޅިގެންދިޔައެވެ. އޭގެ ތެރޭގައި ނަރުދަމާނިޒާމެއް ގެ ވާހަކައާއި، ފަޅުބޮޑުކުރަންބޭނުންވާ ކަމާއި، ކަރަންޓް ކޭބަލްނެޓްވާރކް ބައުވެ ހަލާކުވެފައިވާތީ ބަދަލުކުރަންބޭނުންވާ ވާހަކައާއި، ރަށުގެ ސިއްޙީމަރުކަޒުން ލެބޯޓްރީގެ ޚިދުމަތް ނުލިބޭތީ އެކަންބޭނުންވާ ވާހަކައާއި، ރަށުންޑޮކްޓަރީބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާތީ އެކަންހައްލުކުރަން ބޭނުންވާ ވާހަކައާއި ، މިވަތު ރަށުންގޯތިހޯދުމަށް އެދިފައިވާ 60 މީހުންނަށް ގޯތި ދޫކޮށްދެއްވުން އެދޭކަމަށް ވެސް މިހުށަހެޅުނު ކަންތައް ތަކުގެ ތެރޭގައި ހިމެނެއެވެ.
މިކަންތައްތައް ހުށަހެޅުމުން ފަހީމް ވިދާޅުވީ ހުށަހެޅިފައިވާ ހުރިހާކަމަކީވެސް ވަގުތުން ވަގުތަށް ނިންމައިދެވެން ހުރިކަންތައްތައް ނޫން ކަމުން އެކަންކަން ރައްޔިތުންނަށް ފުއްދަވައިދެއްވުމަށް އެމަނިކުފާނަށް ކުރެވެންހުރި ހުރިހާކަމެއް ވަރަށްއަވަހަށް ކޮށްދެއްވާނެކަމަށެވެ.
މިބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅުދައްކަވަމުން ފަހީމު އިތުރަށް ވިދާޅުވީ އެމަނިކުފާނު އަތޮޅުގެ އެންމެ އިސްވެރިޔާގެ މަޤާމާއި މިޙަވާލުވީ އަދުގެ ސަރުކާރުން އެމަނިކުފާނާއި އެކަން ހަވާލުކުރައްވާ ފޮނުއްވެވީމާ ކަމަށެވެ. މިމަޤާމަށް އެންމެއަކަށީގެންވާ ބޭފުޅަކީ އެމަނިކުފާނު ކަމުގައި އެމަނިކުފާނު ދެކިނުލައްވާ ކަމަށާއި ، ނަމަވެސް މިވަގުތަށް ﷲ ތަޢާލާ ގެ މިންވަރުފުޅުން މިމަޤާމަށް އެމަނިކުފާނު ހަމަޖެހިފައިވާތީ އަތޮޅަށް ވަޑައިގެންނެވީކަމަށް ވިދާޅުވަމުން އަތޮޅުގައި ތިއްބެވި ތަޢުލީމީ ޤާބިލް ހުނަރުވެރި ފަންނީ މޮޅު ބޭފުޅުން އެމަނިކުފާނާ އެއްބާރުލައްވާ އަތޮޅުގެ ކަންތައްތައް ކުރިއެރުވުމަށް އެންމެންއެކުގައިމަސައްކަތް ކޮށްދެއްވުމަށް އަލްފާޟިލް މުޙައްމަދު ފަހީމް އެދިވަޑައިގެންނެވިއެވެ.
މިދަތުރުފުޅުނިންމަވާލައްވާ އެމަނިކުފާނު މަނަދުއަށް ވަޑައިގެންނެވީ ދާދި އިރުއޮއްސިދާން އުޅެނިކޮށެވެ.

0 ޚިޔާލު: