ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Wednesday, 24 December 2008

ބޮޑުގޮންޖެހުމެއް

ލިޔުނީ:މޫސާ ޙުސެއިން / މިހާސް




މިއަންނައަހަރުގެ ދިރާސީ އަހަރުގެ ކިޔެވުމާއިލަންދޫސްކޫލުން ކުރިމަތިލާނީ ވަރަށް އައު ގިނަކަންތައްތަކަކާއި އެކުގައެވެ. މިގޮތުން އެންެމެމުހިއްމުގޮތެއްގައި ފާހަގަކޮށްލަންޖެހެނީ މިހާތަނަށްލަންދޫއިން ދެވެމުންއައި ތަޢުލީމުގެ ފެންވަރުކަމުނުގޮސްގެން މާލެއަށްހިޖުރަކުރި ހުރިހާޢާއިލާތަކެއްގެ ކުދިންކަހަލަގޮތަކަށް އަންނައަހަރު ނިކުންނާނީ ލަންދޫސްކޫލްގެ ޔުނީފޯމުގައި ކަމެވެ.

މާލޭސްކޫލްތަކުގައި އުޅެފައިވާދަރިވަރުންތަކެއް ރާއްޖެތެރޭރަށެއްގެ ސްކޫލަކަށްކިޔަވަން ނުކުތުމަކީ އެސްކޫލަކަށްދިމާވާނެވަރަށްބޮޑުގޮންޖެހުމެކެވެ.
މާލޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ރާއްޖެތެރޭގެ ސްކޫލްތަކުން ދެވޭތަޢުލީމަށްވުރެ ފެންވަރު ރަނގަޅުތަޢުލީމެއްދެވޭކަމީ މިއަދުވެސް އަޅުގަނޑުމެން ޤަބޫލުކުރާޙަޤީޤަތެކެވެ. ހަމަމިއާއި އެކުއެކީގައި މާލޭގެ ސްކޫލްތަކުން ކިޔަވަމުންދާ ދަރިވަރުންގެ އަޚްލާޤަކީ ރާއްޖެތެރޭގެ ސްކޫލަކުން ކިޔަވަމުންދާދަރިވަރުންނަށް ވުރެދަށުގައިވާ އެއްޗެއްކަންވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ.
މިހެންމިކަންއޮތުމާއި އެކު މާލޭގެ ސްކޫލްތަކުގައި ކިޔަވަންއުޅެފައިވާ އެތައްދަރިވަރުންތަކެއް އެއްފަހަރާއި ސްކޫލާއިގުޅުންމިއީ މިފަހަރުލަންދޫސްކޫލަށް ކުރިމަތިވާނޭ ވަރަށްބޮޑުގޮންޖެހުމެކެވެ.
ލަންދޫސްކޫލަށް މިހާތަނަށްލިބިފައިވާނަމަ ލިބިފައިވާ ކާމިޔާބެއްގެ ސިއްރަކީ ލަންދޫސްކޫލް ކުދިންގެ ރިވެތިއަޚްލާޤާއި ސްލޫކެވެ. މިކަންދެމެހެއްޓުމަށް ބެލެނިވެރިން ގަދައަޅާ ކުރިމަސައްކަތެވެ. މިކަމުގައި މުޖުތަމަޢުއިން ލިބިފައިވާ އެއްބާރުލުމާއި ފުރިހަމަސަޕޯޓެވެ.
މިއަންނައަހަރުގެ ދިރާސީ އަހަރުގެ ކިޔެވުންފެށެންވާއިރަށް އެކިއެކިސްކޫލްތަކުގައި ކިޔަވަން އުޅުމަށްފަހު އަލަށްސްކޫލާއިގުޅުނު ދަރިވަރުންނާއި ބެލެވެރިން ނަށް ލަންދޫސްކޫލްގެ ކަންތައްތައް އޮޅުންފިލުވައިދިނުމަށް ބައްދަލުވުންތަކެއް ބޭއްވިއްޖެނަމަ މިކަމުން ސްކޫލަށް ދިމާވާނެގޮންޖެހުންތައް ކުޑަވެގެންދާނެކަމަށް އަޅުގަނޑުދެކެމެވެ.
ގްރޭޑް 1 ން ފެށިގެން 9 އާއި ހިސާބަށް ކޮމާންޑެޑް ރިޕޯޓާއި އެކު އޭ ރިޕޯޓާއި އެކު ދަރިވަރުންކޮޅެއް އަންނައަހަރު ގްރޭޑް 10 ގައި ކިޔަވަމުންދާނެކަމީ އަންނައަހަރަކީ ބައިނަލް އަޤްވާމީ ޓެސްޓްތަކަކުން ލަންދޫސްކޫލް ރަގަޅުކާމިޔާބެއް ހޯދާނެކަމަށް ކުރެވޭއުންމީދެވެ.
މިއުންމީދުޙާސިލް ކުރެވޭނީ ސްކޫލަށްދިމާވާ ހުރިހާގޮންޖެހުމެއް އެންމެފުރިހަމައަށް ހައްލުކުރެވިގެންނެވެ.

0 ޚިޔާލު: