Thursday, 11 December 2008
ސަޕޯރޓަރުން ހޯދުމުގެ މަސައްކަތް ފަށައިފި
ލިޔުނީ : މޫސާ ޙުސެއިން / މިހާސްލަންދޫގެ ތާރީޚްގައި މިހާތަނަށް ބޭއްވޭނެ އެންމެފޯރިގަަދަ ފުޓްބޯޅަމުބާރާތުގައި ވާދަކުރާ ޓީމްތަކުން އެޓީމްތަކަށް ސަޕޯރޓްކުރާނެ މީހުން ހޯދުމުގެ މަސައްކަތްފަށައިފިއެވެ.
މިލިސްޓުގެ އެންމެކުރީގައި އުޅެނީއެންމެ ވަރުގަދަ ސްކޯޑަކާއިއެކު މިމުބާރާތައް ތައްޔާރުވަމުން އަންނަ " ކުލަބްޗެލެންޖާސްއެވެ." އެވެ.
ސަޕޯރޓަރުން ހޯދުމަށްޓަކައި މިޓީމުން 10 ވަރަކަށް ބެނާ ރަށުގެ ތަފާތުހިސާބް ތަކުގައި ދެމުމަށް ހަމަޖެހިފައިވާ އިރު 500 އެއްހާދިދަ ރަށުގެތެރެއަށް ބަހާލުމަށް މިޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. އެންމެޒުވާން ކުޅުންތެރިން ހިމެނޭމި ޓީމަށްވަނީ މީގެއަހަރުތަކެއް ކުރިން ވިދާލި މަޝްހޫރު ދެތިންކުޅުންތެރިންވެސް ގުޅިފައިވެއެވެ. މީގެތެރޭގައި ރިޒާ،މަޖޫ،ނާސިރާއަބޭ އަދި މާއްޓޭހިމެނެއެވެ. އެންމެގިނަ ސަޕޯރޓަރުންނާއިއެކު މިމުބާރާތައް ނިކުންނާނެ ޓީމަކަށްވެސް ބެލެވެނީހަމަ މިޓީމެވެ.
ޕަސަންޓް ސުޕޯރޓްސއަކީ މިލިސްޓުގެ ދެވެނައިގައި އުޅޭޓީމެވެ. މިޓީމުން މިހާރު އަންނަނީ ސަޕޯރޓަރުންހޯދުމަށްޓަކައި ބެނާއާއި ދިދަ ތައްޔާރުކުރަމުންނެވެ. މިޓީމުގެ ސްކޮޑްވެސްވަނީ މިހާރުވަރަށް ވަރުގަދަވެފައެވެ. މިގޮތުން ޒުކާއަދި އަޕީވަނީ ޓީމާގުޅިފައެވެ.
މިފަހަރު ފެވަރިޓުންގެ ގޮތުގައި ބެލެވޭ"ވެލޯސިޓީ" އުޅެނީ މިލިސްޓުގެ 3ވަނައިގައެވެ. ޒުވާންކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗައް ހިމެނޭމިޓީމަކީ މިމުބާރާތުގައި އެންމެވަރުގަދަ ސްކޯޑަކާއިއެކު ނިކުންނާނެ ޓީމްވެސްމެއެވެ.
ސަޕޯރޓަރުން ހޯދުމުގެ ލިސްޓުގެ އެންމެފަހަތުގައި މިއުޅެނީ އެފްސީ އޮކާޗީއެވެ. ކުރީގެކުޅުންތެރިންގެ މައްޗައް އެކުލެވިގެންވާ މިޓީމް އަދިމިހާތަނަށް މިކަމަށް އެއްވެސް މަސައްކަތެއްކޮށްފައެއްނުވެއެވެ. ނަމަވެސް މިޓީމާއިވެސް ވަނީވަރަށް ފަހުން 3 ކުޅުންތެރިއަކު ގުޅިފައެވެ. އެއީ އަޙްމަދް ޝަރީފް، ފަޔާޒް އަދި ބަރޭ(އިއްސޭ) އެވެ.
" ލިޔެސް ހޮލިޑޭކަޕް " ކާމިޔާބްކުރުމުގައި ސަޕޯރޓަރުންނަކީ ކިހާމުހިންމު ބައެއްކަމާއި އަދި އެންމެގިނަ ސަޕޯރޓަރުންނެއް ތިބީކޮން ޓީމެއްގައިކަން ކަނޑައެޅިގެން ނިންމަޏްއެގޭނީ މިމުބާރާތްފެށުނީމައެވެ. އަޅެބަލަން ތިބެމާހިގާށެވެ.
ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment