ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 22 December 2008

މިފަހަރުގެ ލިޔެސް ހޮލޑޭކަޕްގެތަރިން

ލިޔުނީ:މޫސާ ޙުސެއިން / މިހާސް




މިފަހަރުގެ ލިޔެސް ހޮލިޑޭކަޕް ވެގެންމިދިޔައީ ކުރިންވެސްހީކުރިފަދައިން ގިނަކުޅުންތެރިންތަކެއްގެ ހުނަރުވެރި މޮޅުކުޅުން ފެނިގެންދިޔަ މުބާރާތެއްގެ ގޮތުގައެވެ. ކުރިންލަފާކޮށްލަން ނޭންގުނު ނުވަތަ މީގެކުރިންމާބޮޑަށް ފާހަގަނުކުރެވޭ އެތައްކުޅުންތެރިންގެ މޮޅުކުޅުން ފެނިގެންދިޔަމުބާރާތެއްގެ ގޮތުގައެވެ.

މުބާރާތުގެ އެންމެމޮޅުކުޅުންތެރިޔާގެ މަޤާމް މުބާރާތުގައި ޖަޖުކަންކުރިފަރާތުން ޖަވާއަށް ދިންނަމަވެސް މުބާރާތުގެ ބެލުންތެރިންގެ %95 މިފަހަރުވެސް މޮޅުކުޅުންތެރިއަކަށް ހޮވަނީ ޔޫއްޓޭއެވެ. މިލިސްޓްގެ ދެވަނައިގައިވަނީ ޔޫއްޓޭގެ ކޮއްކޮ ނާގޭ އެވެ. ލިޔެސްހޮލިޑޭކަޕް ފުޓްބޯޅަމުބާރާތުގެ ބެލުންތެރިން ނަޒަރުގައި މުބާރާތުގެ އެންމެމޮޅުގޯލްކީޕަރަކީ މުބާރާތުގައި އާދަޔާއި ޚިލާފުސޭވްތަކެއްކުރި އޮކާޗީގެ ކީޕަރު މުޙައްމަދު ވަސީމް ( ވައްސޭ ) އެވެ. ޑިފެންސަކީ އޮކާޗީގެ މައިތަނބު ޢަލީދާއޫދެވެ. މުބާރާތުގައި އަރިމަތިން ކުޅުނު ކުޅުންތެރިންގެ ތެރެއިން ބެލުންތެރިންގެ ނަޒަރުގައި އެންމެފާހަގަވެގެންދިޔަ ކުޅުންތެރިއަކީ ޕަސަންޓްގެ ޒުވާންކުޅުންތެރިޔާ އަޙްމަދު އާތިފް ( ކުޑައާތީ ) އާއި ކްލަބު ޗެލެންޖާރސްގެ ޒުވާންކުޅުންތެރިޔާ އަހްމަދު ޝިމާލު (ސިމައްޓޭ) އެވެ. ޑިފެންސިވް މިޑްފީލްޑަކަށް މިފަހަރު އެންމެމޮޅުކުޅުންތެރިއަކަށް ފާހަގަވެގެންދިޔައީ އެފްސީ އޮކާޗީގެ މުޙައްމަދު އަޙްމަދު (ރޯމާމޯޑް) އެވެ. އެޓޭކިންގ މިޑްފީލްޑަކަށް ފާހަގަވެގެންދިޔައީ ކުރިންވެސް މިމަޤާމަށް މޮޅަށް ކުޅޭނެކަމަށް ބެލެވުނު ނައުޝާދު ޢަބުދުއްރަޙީމް(ނާގޭ)އެވެ.
މިފަހަރު ލިޔެސްހޮލިޑޭކަޕް ގެ އެނެމެމޮޅު ފޯވާޑުންގެ ގޮތުގައި ބެލުންތެރިން ހޮވަނީ އެފްސީ އޮކާޗީގެ ޙުސެއިން ޖަވާދު ސ( ޖަވާ ) އާއި ކްލަބު ޗެލެންޖަރސްގެ ގުރައިދޫފޯވާޑު ރައޫފެވެ. މީގެ އިތުރުން މިމުބާރާތުގައި އާދަޔާޚިލާފު ހުނަރުވެރިކަމެއްދެއްކި ކުޅުންތެރިންގެ ގޮތުގައި ބެލުންތެރިން ފާހަގަކުރަނީ އެފްސީ އޮކާޗީގެ ޝަހިންޓޭ، ޕަސަންޓް ސްޕޯޓްސް ގެ ކެނދިކޮޅު ނޫހު އަދި ވެލޯސިޓީގެ ކައްޓި އެވެ.
ބެލުންތެރިންގެ ނަޒަރުގައި އެންމެމޮޅުކޯޗަކީ އެފްސީ އޮކާޗީގެ ކޯޗް ރެޓޭ އެވެ. އަދި މެނޭޖަރަކީ އެފްސީ އޮކާޗީގެ މެނޭޖަރ ޢަބުދުއްރައްޒާޤެވެ. ފަސްޓްއެއިޑަކީ އެފްސީ ޗެލެންޖާރސްގެ ޢަބުދުﷲ ޙަނީފެވެ
މިއީ މިބްލޮގްގެފަރާތުން ލިޔެސްހޮލިޑޭކަޕްގެ ބެލުންތެރިންގެ ތެރެއިން ފުޓްބޯޅައަކީ ކޮންއެއްޗެއްކަން ރަގަޅަށްދަންނަ ބައެއްފަރާތްތަކާއި ކުރެވިފައިވާ ސާރވޭއެއްގެ ނަތީޖާއެވެ.

0 ޚިޔާލު: