ލަންދޫ އިންފޯ ވެބްސައިޓަށް ޒިޔާރަތް ކޮށްލެއްވުމަށް

Monday, 22 December 2008

ޗެލެންޖާރސް ވެލޯސިޓީ ގެ މައްޗަށް ކުރިހޯދައިފި



ރީނދޫކަޕް 2008 ގެ ދެވަނަމެޗްގައި ކްލަބު ޗެލެންޖާރސް އާއި ކްލަބު ވެލޯސިޓީ ބައްދަލުކުރި މުބާރާތުގެ ދެނަމެޗް 2-1 ން ޗެލެންޖާރސް ކާމިޔާބުކޮށްފިއެވެ. ފުރަތަމަހާފް ގައި ވެލޯސިޓީގެ ޖަރޒީނަމްބަރ 5 ނަސުރުﷲ ޖަހައިދިން ގޯލަކުން ވެލޯސިޓީ މޮޅުވެފައިވަނިކޮށް މެޗްގެ ދެވަނަހާފްގައި ޖެހިޖެހިގެންކަހަލަގޮތަކަށް ފަހަތުން އަރާ ޗެލެންޖަރސްގެ 2 ލަނޑުވެސް ބަޔަށް ކާމިޔާބުކޮށްދިނީ ޗެލެންޖާރސްގެ ޖަރޒީނަމްބަރ 77 ނައުޝާދު ޢަބުދުއްރަހީމް ( ނާގެ ) އެވެ.

މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީވެސް ދެލަނޑުޖަހައިދިން ނާގެ އެވެ. މޭން އޮފްދަމެޗްގެ އިނާމް ދެއްވީ ލަންދޫގެ ފުޓްބޯޅައިގައި ކުރިން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމުގައިވާ ލަންދޫސްކޫލްގެ އެސިސްޓެންޓް ހެޑްމާސްޓަރ އަލްފާޟިލް ޢަބުދުﷲ ޢާމިރެވެ.
މިމެޗްގެ ރެފްރީއަކީ އެފްއޭއެމް ގެ ރެފްރީ ލަންދޫ ބޮކަރުމާގެ އަލްފާޟިލް އިބްރާހީމް މުޙައްމަދު ( ފިއްޓޭ ) އެވެ.
މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ވެލޯސިޓީ އާއި އެފްސީ އޮކާޗީއެވެ.

0 ޚިޔާލު: