Monday, 22 December 2008
އެންމެއަގުބޮޑުމުބާރާތް
ލިޔުނީ : މޫސާ ޙުސެއިން / މިހާސް
ލަންދޫގެ ތާރީޚްގައި އަމިއްލަފަރާތަކުން
ޚަރަދުކޮށްގެން އަމިއްލައަށް އިންތިޒާމްކޮށްގެން މިހާތަނަށް ބޭއްވޭ އެންމެއަގުބޮޑުމުބާރާތް އިއްޔެ ފެށިއްޖެއެވެ.
ނިމިގެންދިޔަ ފޯރިގަދަ ލިޔެސް ހޮލިޑޭކަޕް ފުޓްބޯޅަމުބާރާތުގައި ވާދަކުރިހަތަރު ޓީމް ވާދަކުރާ މިމުބާރާތް ހުޅުވައިދިނުމުގެ ގޮތުން އިއްޔެ ބައްދަލުކުރީ ލިޔެސް ހޮލިޑޭކަޕްގެ ޗެމްޕިއަން އެފްސީ އޮކާޗީއާއި، ހޮލިޑޭކަޕްގެ 3 ވަނަޓީމް ޕަސަންޓް ސްޕޯޓްސްއެވެ.
މިމެޗް 2-0 ން ކާމިޔާބުކުރީ ޕަސަންޓް ސްޕޯޓްސް ގެ 2 ލަނޑުވެސް ޖަހައިދީ މެޗް މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ޕަސަންޓަށް ކުޅެމުން އަންނަ ކެނދިކޮޅުގެ 1 ނަމްބަރ ފޯވާޑް ސިމައްޓޭއެވެ.
ވައްސޭގެ ރީނދޫކަޕް 2008 ގެނަމުގައި ބޭއްވޭ މިމުބާރާތަށް ޓަކައި ޓީމްތަކުން ވަނީ ވަރަށްބޮޑަށް ވަރަށްފުރިހަމައަށް ތައްޔާރުވެފައެވެ. ޚާއްޞަކޮށް ލިޔެސް ހޮލިޑޭކަޕުން ނާކާމިޔާބުވި ޓީމްތައް ފާހަގަކޮށްލަން ޖެހެއެވެ.
ރީނދޫކަޕް 2008 ގެ އެންމެމޮޅުކުޅުންތެރިއަކަށް އެންމެޒަމާނީ ޓްރޮފީއަކާއިއެކު -/500ރ. ހުށަހެޅިފައިވާ އރިު އެންމެގިނަގޯލްޖަހާ ކުޅުންތެރިއަކަށް -/1500 ރ. އަށްވުރެ އަގުބޮޑު ރަންބޫޓަކާއި އެކު -/500ރ. ހުށަހެޅިފައިވެއެވެ. އަދި އެހެނިހެން މަޤާމްތަކަށް ވެސް ހުށަހެޅިފައިވާ އިނާމްތަކަކީ މިހާތަނަށް އަތޮޅުފުޓްބޯޅަ މުބާރާތް ތަކުގައި އަދި ފުރަތަމަ ޔޫތުކަޕްގައިވެސް ދެވިފައިވާއިނާމް ތަކަށްވުރެ މާ އަގުބޮޑު އިނާމް ތަކެކެވެ.

ޝާއިޢުކުރެވުނީ ރިޕޯޓް
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment