Saturday, 27 December 2008
ލަންދޫގައި ދީނީނަސޭޙަތްދީފި

ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީއާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ލަންދޫގައި ދީނީނަސޭޙަތްދިނުމުގެ ޕްރޮގްރާމެއް މިއަދު ލަންދޫގައި ހިންގައިފިއެވެ. މިޕްރޮގްރާމްގައި ދީނީ ނަސޭޙަތް ދެއްވީ އައްޝެއިޚް އަބޫ ޢަބްދުއްރާޙްމާން އަޙްމަދު ސަމީރު އިބުރާހީމް ޙުސައިން، (ށ.ފޯކައިދޫ)އެވެ.
ޝެއިޚްގެ ވާހަކަފުޅުގައި ޢާއްމުކޮށް މުޖްތަމަޢުގައި މިދިމާވާ ނޭދެވޭ ހުރިހާމައްސަލަތަކެއްވެސް ފެށެނީ ހަރުދަނާ އީމާންކަމެއް ހިތުގައި ނެތީކަމަށް ވިދާޅުވަމުން މަސްތުވާ ތަކެތީގެ ނުރައްކަލުގެ މައްޗަށާއި، މާތްﷲގެ ކުޅަދުންވަންތަ ކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާ ނަސޭހަތްދެއްވިއެވެ.
ލިޔެސް ޖަމްޢިއްޔާއާއި ޕޮލިސް ގުޅިގެން މިހިންގިޕްރޮގްރާމްގައި ދީނީ ނަސޭހަތުގެ އިތުރުން މިއަދު މުޖްތަމައުގައި އޮތް އެންމެ ނުރައްކާތެރި ވަބާ މަސްތުވާ ތަކެއްޗާއިބެހޭގޮތުން މަޢުލޫމާތު ދެއްވުމުގެ ސެސަނެއްވެސް ކުރިއަށް ގެންދިއައެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގޮތުން މަޢުލޫމަތު ދެއްވީ މަނަދޫޕޮލިސް ސްޓޭޝަނުގެ އިންޗާޖް ކޯޕްރަލް އަލްފާޟިލް އަޙްމަދު އާތިފްއެވެ. މަސްތުވާ ތަކެއްތީގެ ކަންތައް ތައް މިއަތޮޅުގައި ހުރިމި
ންވަރުގެ މައްޗަށް ބައްލަވާލައްވާ މަސްތުވާ ތަކެތި ބޭނުން ކުރާމީހުންދެނެގަންނާގެ ގޮތާއި ބައެއްބާވަތްބާވަތުގެ މަސްތުވާ ތަކެތީގެނަންތައްވެސް އެބޭފުޅާ ވިދާޅުވެެދެއްވިއެވެ.
މިޝެސަންތައް އަޑުއެއްސެވުމަށް ޓަކައި ލަންދޫގެ ގިނަޢަދެއްގެ ދެޖިންސްގެ ރައްޔިތުންނާއި ސްކޫލް ކުދިންނާއި ޒުވާނުން ލަންދޫސްކޫލަށް ޙާޟިރުވެލެއްވިއެވެ.
މިޝެޝަންތައް ހިންގުމުގެ އިތުރުން މަނަދޫ ފުލުހުން ލަންދޫގައި ޓްރެފިކް ޙަރަކާތްތަކެއްވެސް މިއަދު ހަވީރު ހިންގެވިއެވެ. މިޙަރަކާތުގައި ސައިކަލް ބައިސްކަލް ފަދަ ދުއްވާތަކެތި މަޑުކުރުވާ ލައިސަންސް އޮތްތޯ ބަލާ ޗެކްކޮށް ހެއްދެވިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ގިނަމީހުން ގެ ލައިސަންސް ހިފައިގެން އުޅުމުގެ ބަދަލުގައި އޮންނަނީ ގޭގައި ރައްކާކޮށްފައެވެ. އަދި ޗެކްކުރެވުނު ގިނަމީހުންނަކީ ލައިސަންސް އޮތް މީހުންކަމުގައިވެސް ފުލުހުން ހާމަކުރެއްވިއެވެ.

ލަންދޫ ޔޫތުއެންކަރޭޖިން ސޮސައިޓީއާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ލަންދޫގައި ދީނީނަސޭޙަތްދިނުމުގެ ޕްރޮގްރާމެއް މިއަދު ލަންދޫގައި ހިންގައިފިއެވެ. މިޕްރޮގްރާމްގައި ދީނީ ނަސޭޙަތް ދެއްވީ އައްޝެއިޚް އަބޫ ޢަބްދުއްރާޙްމާން އަޙްމަދު ސަމީރު އިބުރާހީމް ޙުސައިން، (ށ.ފޯކައިދޫ)އެވެ.
ޝެއިޚްގެ ވާހަކަފުޅުގައި ޢާއްމުކޮށް މުޖްތަމަޢުގައި މިދިމާވާ ނޭދެވޭ ހުރިހާމައްސަލަތަކެއްވެސް ފެށެނީ ހަރުދަނާ އީމާންކަމެއް ހިތުގައި ނެތީކަމަށް ވިދާޅުވަމުން މަސްތުވާ ތަކެތީގެ ނުރައްކަލުގެ މައްޗަށާއި، މާތްﷲގެ ކުޅަދުންވަންތަ ކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާ ނަސޭހަތްދެއްވިއެވެ.
ލިޔެސް ޖަމްޢިއްޔާއާއި ޕޮލިސް ގުޅިގެން މިހިންގިޕްރޮގްރާމްގައި ދީނީ ނަސޭހަތުގެ އިތުރުން މިއަދު މުޖްތަމައުގައި އޮތް އެންމެ ނުރައްކާތެރި ވަބާ މަސްތުވާ ތަކެއްޗާއިބެހޭގޮތުން މަޢުލޫމާތު ދެއްވުމުގެ ސެސަނެއްވެސް ކުރިއަށް ގެންދިއައެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގޮތުން މަޢުލޫމަތު ދެއްވީ މަނަދޫޕޮލިސް ސްޓޭޝަނުގެ އިންޗާޖް ކޯޕްރަލް އަލްފާޟިލް އަޙްމަދު އާތިފްއެވެ. މަސްތުވާ ތަކެއްތީގެ ކަންތައް ތައް މިއަތޮޅުގައި ހުރިމި

މިޝެސަންތައް އަޑުއެއްސެވުމަށް ޓަކައި ލަންދޫގެ ގިނަޢަދެއްގެ ދެޖިންސްގެ ރައްޔިތުންނާއި ސްކޫލް ކުދިންނާއި ޒުވާނުން ލަންދޫސްކޫލަށް ޙާޟިރުވެލެއްވިއެވެ.
މިޝެޝަންތައް ހިންގުމުގެ އިތުރުން މަނަދޫ ފުލުހުން ލަންދޫގައި ޓްރެފިކް ޙަރަކާތްތަކެއްވެސް މިއަދު ހަވީރު ހިންގެވިއެވެ. މިޙަރަކާތުގައި ސައިކަލް ބައިސްކަލް ފަދަ ދުއްވާތަކެތި މަޑުކުރުވާ ލައިސަންސް އޮތްތޯ ބަލާ ޗެކްކޮށް ހެއްދެވިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ގިނަމީހުން ގެ ލައިސަންސް ހިފައިގެން އުޅުމުގެ ބަދަލުގައި އޮންނަނީ ގޭގައި ރައްކާކޮށްފައެވެ. އަދި ޗެކްކުރެވުނު ގިނަމީހުންނަކީ ލައިސަންސް އޮތް މީހުންކަމުގައިވެސް ފުލުހުން ހާމަކުރެއްވިއެވެ.
ޝާއިޢުކުރެވުނީ ޚަބަރު
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment